ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅާ އިރު ސަރުކާރުގެ ފަރާތުން ފެންނަނީ މުނާފިގު ސިޔާސަތުތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ހަރުކަށިކަން ދައްކަނީ ހަމައެކަނި ދީނީ އިލްމުވެރިންނަށް ފިޔަވަޅު އަޅަންވުމުން ކަމަށް ވިދާޅުވެފައެވެ. އަދި ދީނާއި ފުށު އަރާ ވާހަކަތައް ދެއްކި އެމްޑީއެން އާއި އެ ފިކުރުގެ މީހުންނަށް ކޮންމެ ދުވަހަކުވެސް އިތުރު ފުރުސަތު ދޭ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ފިޔަވަޅު އަޅަންވީމައި ލަފާއަކާއި ނުލާވެސް ކަންކަން ކުރެވޭކަން ސަރުކާރުގެ އަމަލުތަކުން ހާމަވާ ކަމަށް ޑރޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ ވަޒީފާއިން ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފު، ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ ދީނީ އިލްމުވެރިންނާއި ބައެއް އާއްމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި މި ވަނީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކި މައްސަލައެއް ފެންމަތިި ފަހުންނެވެ. އޭގެ ކުރިންވެސް ޑރ.އިޔާޒް އަށް ޔުނިވަރސިޓީ އިން ވަނީ އިންޒާރުދީފައެވެ. .

މިކަމާއި ގުޅިގެން އިޔާޒް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިޔަސް އޭނާއަށް ނިކަމެތިކަމެއް ނާންނާނެ ކަމަށެވެ. އަދި އޭނާ އެމަގާމުން ވަކިކުރުމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން އޭނާގެ ބަހެއް ހޯދުމަށް ގުޅަމުން ގެންދާކަން މަށް އިޔާޒް ފާހަގަކުރެއްވިއެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ މީސް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާއި ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދީގެންވެސް އެކަންކަން އިސްލާހުނުކުރުމުން ކަމަށް ގައުމީ ޔުނިވަރސިޓީ އިން ވަނީ ބުނެފައެވެ.

އިޔާޒް ވަޒީފާއިން ވަކިކުރިއިރު، އެ ޔުނިވާސިޓީގެ ލެކްޗަރާ، ޝައިޚް އަލީ ޒައިދުވެސް އެ ޔުނިވާސިޓީން ފިޔަވަޅު އަޅާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވައްތަރީއޭ

    ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހަށް އިތުރުކުރީ އެއީ މިސަރުކާރު ވެއްޓިދާނެތީވެ ބިރުންނޭ އެންމެ ފަހުން ރޭމް އިން މާލޭގައި ކުރި މުޒާހަރާ ގައި ވެސް އެތައް ލައްކަ ބަޔަކު ބައިވެރިފައިވުމުން އެއިން ދޭހަވެގެން ދަނީ މިސަރުކާރަކީ އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ސައްހަ ވޯޓަކުން ހޮވިގެން ވެރިކަމަށް އައިސްފައިވާ ބަޔެއް ނޫން ކަމަަށޭ މިސަރުކާރަކީ އެއީ އިންޑިއާ އާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އައި ބަޔަކާއި އޭ ވައްތަރީ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ ވައްތަރީއޭ

  2. Anonymous

    ދޭބަލަ ނިއްކުރީގަ ތެޔޮވަށަން ބޭކާރުވާ ހަކަނުދައްކަ