ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސްގައި އެޕާޓީގެ ނައިބު ލީޑަރުންނާއި ރައީސް އިންތިޚާބު ކުރަން ވޯޓް ލުން ފެށިތާ ގިނައިރުތަކެއް ނުވެ ވޯޓް ލުން ހުއްޓިއްޖެއެވެ.

ނައިބު ލީޑަރުންގެ ވޯޓް ލުން ހުއްޓުނީ އެމަގާމަށް ކުރިމަތިލާފައިވާ އަބްދުﷲ ކަމާލުއްދީންގެ ނަން ވޯޓް ކަރުދާހުގައި ނެތުމުންނެވެ. ރައީސް އިންތިޚާބު ކުރުމުގެ ވޯޓް ލުން ހުއްޓުނީ ވެސް ވޯޓް ކަރުދާހުގައި މައްސަލައެއް އުޅޭތީ ކަމަށް މައުލޫމާތު ލިބެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ހަތަރު ބޭފުޅުން އިންތިޚާބު ކުރަން ހަމަޖެހިފައި ވާއިރު އިންތިޚާބުގައި ފަސް ބޭފުޅުން ވާދަކުރައްވައެވެ. އެއީ ޑރ.ހުސައިން ރަޝީދު ހަަސަން އާއި އަބުދުﷲ ކަމާލުއްދީން އާއި މުހައްމަދު ފަޔާޒު (އެފްއޭ) އާއި އަބުދުﷲ އަމީން އަދި އަމީން އިބްރާހިމް އެވެ.

ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ އަލީ ވަހީދު އެކަންޏެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ހުސްވެފައިވާ 32 މަގާމަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ވޯޓް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން ބައެއް މަގާމުތަކަށް މިހާރު ވަނީ ވޯޓް ލުން ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮބާ

  ކޮބާ ސޭޓާ ތީވެސް ރަންރީނދޫ ޓްވިޓަރޭ މެންގެ ރޭވުމެއް ކަން ތަމެންނަށް ނޭނގެނީތޭ.

 2. ޙަސަން

  އެޕާޓީގައި ހުރީ ވަރަށްމޮޅު ސެކްރެޓަރީ ޖެނެރަލެއް. ކިޔެވި ސްކޫލެއް ހުރިކަމެއް ނޭނގޭ.

 3. Anonymous

  ސޭޓްގެ ކޮސްޕާޓީ

 4. އަލިބެތަ؟؟؟

  މުޅިންވެސް ސޭޓު ފެލަންވެގެން އުޅޭ މީހުން.. ހެހެހެހެ

 5. 3ނިރު

  ތީއަމިއްލަ އެދުމަށް އުޅޭބައެއް ސަރކާރަށް އުދަގޫ ކުރާށާ

 6. ކެކެކެކެ

  މިތާ ބޮންދުންވެސް އެބަތިއްބެވެ.