ދިވެހި ސިފައިންގެ މެދުގައި ހިއްވަރާއި އެކުވެރިކަން އާލާ ކުރުމަށް ބާއްވާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް "ހެސަ ވާދަ 2018" މިރޭ ފަށައިފިއެވެ.

މާލެ އިންޑަސްޓްރިއަލް ޒޯނުގައި ބާއްވާ މި މުބާރާތް މިރޭ ރަސްމީކޮށް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު އެވެ.

މި ރަސްމިޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ދިވެހި އަސްކަރީޔާގެ އިސް އޮފިސަރުންނާއި ދިވެހި އަސްކަރީޔާއަށް ގިނަ ދުވަހު ހިދުމަތް ކޮށް ރިޓަޔާ ކޮއްފައިވާ ބޭފުޅުންވެސް ބައިވެރިވިއެވެ.

ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި މުބާރާތް ފެށުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ ދިވެހި އަސްކަރީޔާއިން ބާއްވާ މުބާރާތަކީ ދިވެހި ރާއްޖޭގެ ގައުމިއްޔަތާއި ދިވެހި ސަގާފަތް ދައްކާލުމަށް ބާއްވާ ވަރަށް ބޭނުންތެރި ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

"ގައުމެއްގެ ގައުމީޔަތުގެ އެންމެ މުހިންމު އެއްޗަކީ އެމީހުން ދިރިއުޅުނުގޮތާއި އެމީހުންގެ އާދަކާދައާއި، އެބައެއްގެ ސަގާފަތް, އަޅުގަނޑުމެންގެ ކާބަފައިނާއި ކާބަފައިން ދިރިއުޅުނު ގޮތާއި, ކާބަފައިން ދިރިއުޅުމުގައި ގެންގުޅެފައިވާ މަސަކަތްތެރިކަން މިރޭ ދިވެހި ސިފައިން ދިރުވާ އާލާކުރަމުން ދިޔުމަކީ ދިވެހި ގައުމިޔަތު ދިރުވާ އާލާކުރުމަށް ދިވެހި ސިފައިން ދެއްވާ އަހަމިޔަތު ފެނިގެންދާ ކަމެއް" މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިނިސްޓަރ އާދަމް ޝަރީފު ވަނީ މި މުބާރާތް ފެށުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑަސްޓްރިއަލް ޒޯނުގައި ކޮންމެ ރެއެއްގެ 8-12 އަށް ބާއްވާ މި މުބާރާތް ބެލުން އާންމުކޮށް ވަނީ ހުޅުވާލާފައެވެ. މިރޭ މި މުބާރާތް ފެށުމުގެ ގޮތުން ވަނީ ދެ ޓީމެއް ވާހަދަކޮށްފައެވެ.

މިއުޒިކާއި ސަގާފީ ނެށުމުގެ ހަރަކާތްތަކާއި އެކު މިރޭ ފެށި މި މުބާރާތުގައި އެންމެ އަވަހަށް މަސައްކަތް ނިންމާ ޓީމަކަށް ވަނަ ދޭ އިރު މި މުބާރާތުގެ ޓީމްތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ދޯނި އެހެލުމާއި ގަސްކެނޑުމުގެ އިތުރުން ރުކަށް އެރުމާއި ވަޅުދިޔަ ހިއްކުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި އޭގެ އިތުރުން ކާށި ހެހުމާއި ޖޯލިގެތުން ފަދަ މަސައްކަތްތައް ވެސް ކުރަންޖެހެ އެވެ.

ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ސިފައިން ކުރިއަށްގެންދާ ދިވެހި މަސައްކަތްތެރިންގެ މުބާރާތް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވާއިރު ކޮންމެ ޓީމެއްގައި ހިމެނެނީ ސިފައިންގެ ހަމީހުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވާދަވެރި ރޫޙެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ޘަޤާފަތް ރަމްޒުކޮށްދޭގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޔާމު

    ކޮންމެވެސް އެއްޗެކޭ ކިޔާފަ ސައިން އެންގޭޗްކޮށްފަ ބަހައްޓަންވެގެން ޖަހާ ސަކަރާތެއް ތީ، މިކަހަލަ ކަންކަމަށް ހަރަދު ކުރެވޭ އެކަނު ޔުނިޓްތަކުގެ ކަންކަން ކުރުމަށް ލާރިއެއް ނުހުރޭ

  2. ހުކުމް

    ތިއިން ކޮންމެ މީހަކީ އޯންލައިފްގަ އެވްރީޑޭ އެވްރީޓައިމް އެމީހެއްގެ ރަށުގަ ކުރާކަން
    ކަން ނުވާނެތިކަންކަން އަލެއް މާރަގުވާނެ އޮއްވަލުގޮޑި ނޫނީ 5ސްއޮއްކުޅުނިއްޔާ!!!!!!!