ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް ދެ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ނުރައްކާ އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް 12 އިން ފެށިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ނަމަވެސް ރާއްޖޭގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.

އެހެންވެ، މާޗް 12، 2020 ގައި އިއުލާން ކުރި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމާއި އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ނަސީމްގެ ގަރާރުގައިވެއެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމި ކަން ހާމަކޮށްފައެވެ.

ސިއްހީ ނުރައްކަލުގެ ހާލަތު އަނެއްކާވެސް ދަންމާލިއިރު، މިހާރު ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ދަށަށް ގޮސްފައެވެ. އަދި އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މި ވަނީ ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަންދީ ޒިލޭބި

    2ދުވަހު ރައްޔިތުން ހަމަޖެހިލައިގެން ބޭރު ތެރޭ އެއްބައި ވަންތަކަމާ އެކި އުޅޭތަން ފެނުނީމަ މިލާދީނީ ސަރުކާރާ އޭގެ ބޮޑުން ނަށް ކެއްނުވި.. ހުސް މަކަރާ އޮޅުވާލުން ނޫން ކަމެއް ނުކުރ

    17
    1
  2. ގަދަ

    2023 ގެ އޮގަސްޓްއަށް ހަދާލިނަމަ އަދިމާސަޅިވާނެ

    11
  3. Anonymous

    ލަދިނިި ވެރިކަމުގައި ކޮވިދުރަގަނުވަނެ