ބަޔަކު ދައްކާ ބިރަކަށް މޯލްޑިވިއަން ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އަޑު ކެނޑިގެން ނުވާނެ ކަމަށް ބުނެ އެ ޖަމިއްޔާއަށް، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

އެމްޖޭއޭއަށް ސައީދުގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ އަލީ ވަނީ "ދިޔަރެސް" ނޫހުގެ ކޯ ފައުންޑަރ އަދި ޗީފް އެޑިޓަރ އަޙްމަދު އަޒާންއަށާއި އެނޫހަށް ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ވެރިކަން ކުރާ އެމްޑީޕީން ބިރުދައްކާ، އިންޒާރުދީ ގޮންޖެހުންތައް ކުރިމަތި ކުރަމުން ގެންދާ މައްސަލަ އެ ޖަމިއްޔާއިން މިހާތަނަށް ކުއްވެރިކޮށްފައި ނުވުމުންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކިބަޔަކު ވެރިކަމަށް އައުމުން ނޫސްވެރިކަމުގެ މިނިިވަން ގަލަންތަކުން ދެލލި ހުސްވުމަކީ ޑިމޮކްރެސީއަށް ކުރާ މަލާމާތެއް ކަމަށެވެ.

"ލިބިފައިވާ އިލްމާއި ތަޖުރިބާއަށް އިހްތިރާމް ކުރައްވާ. ވަކި ބަޔަކު ވެރިކަމަށް އައީމަ މިނިވަންކަން ގަަންތަކުން ދެލި ހުސްވުމަކީ ޑިމޮކްރެސީއަށް ކުރާ މަލާމާތެއް. އެމްޖޭއޭގެ އަޑަކީ ގަންނަ ބިރަކަށް ކެނޑޭ އެއްޗަކަށް ނަހައްދަވާ" ސައީދު ވިދާޅުވިއެވެ.

މިއަދު މެންދުރު އެމްޖޭއޭއިން ވަނީ ކްލަބް ހައުސްގައި ބައްދަލުވުމެއް ބާއްވާފައެވެ. މި މައްސަލާގައި މި ޖަމިއްޔާއިން މިހާތަނަށް ބަޔާނެއް ނެރިފައި ނުވާއިރު، މީގެ ކުރިން މީޑިޔާތަކަށް ކުރިމަތިވާ އެކި ކަންކަމުގައި ބަޔާން ނެރެއެވެ.

"ދިޔަރެސް" އިން އިންޑިއާ އާއި ގުޅޭ ގޮތުން ލިޔަމުންދާ ލިޔުންތަކުގެ މައްސަލަ ހޫނުވީ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރާއި ގުޅޭ ގޮތުން ގެނެސްދިން ރިޕޯޓަށް ފަހުއެވެ. އެރިޕޯޓަށް ފަހު އިންޑިއާގެ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ނޫސްތަކާއި އަދި ދިވެހިން މީސް މީޑިއާގައި އިންޑިއާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓުވައިދޭން ދިވެހި ސަރުކާރުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަލްޖިބްރާ

  ކަލޭމެން ވެރިކަމުގައި ތިބިއިރު މީޑިއާތަށް ހިތުހުރި ވަރަކުން ޖޫރިމަނާކޮށް ތަންތަނުގައި އަލިފާން ޖެއްސުވީ ކޮންބައެއްގެ އަޑު ކަޑުވަންތަ ؟

  3
  7
  • ކޮވިޑް

   މި ޤައުމުގާ ހުޅުޖެހީ ކޮންބައެއްކަން އަލްޖިބްރާ އަށް ނޭންގެންޏާ 2012 ފެބްރުއަރީ 08 އިން 12 އާއިހަމަ އަށް މީޑިއާގެ އާކައިވް ބަލާލަން އެދެން. އަދި ތި ޖޫރިމަނާ ކުރި މީޑިއާ އޭރު މީޑިއާގެ މިނިވަން ކަން ހޯދަން އުޅުނު ގޮތް ބަލާލާ، ކުރީގެ ރައީސް ނަޝީދު އޮންނާނެ ބުނެފަ ތިބުނާ މީޑިއާ އަކީ ފިތުނަ އުފައްދާ ހާއްޔެކޭ ބުނެފަ އެވެސް ބާލާލާ؟އެވަރުން ޖޫރިމަނާ ކުރަން ނުވަނީތޯ؟

 2. ޢަހޫ

  ފިނިފެންމާ ސަ އީދު ހަމަހޭގަތޯ. ކޮންބަ އެ އްތޯ މީޑިއާ ހުޅުޖެހީ.

 3. ރާގޮޑިރާޖަ

  ދިހަމިލި އަން ރުފިޔާ އަށް ޕާރޓީ ބަދަލުކުރި ފިނިފެންމާ މޮޔަފުޅުވީތޯ.

 4. މަރީ

  މި ރާއްޖޭގެ ނޫސްވެރީންނަކީ އަޖައިބެއް ފަދަ ބަޔެއް. އިސްލާމްދީނާ ޚިލާފަށް މީހުންގެ އަބުރާ ބެހުން މަނާކޮށް ހަގީގަތާ އެއް ގޮތަށް ޚިޔާލުފާޅުކުރުން ހުއްދަކުރާ ގޮތަށް ޤާނޫނަށް އިސްލާޙޫ ގެނައުމުން ނޫސްވެރީން ހީވީ ހަޔަށް ހިނިއަރައިގެން އުޅުނުހެން. ނަމަވެސް ރާއްޖޭގެ މިނިވަންކަން ގެއްލި، ނޫސްވެރިންނާއި އިސްލާމް ދީނުގެ އަޑު ކަނޑުވައިލުމަށް ޓަކައި "ގާނޫނުއަސާސީ"އާ ޚިލާފަށް "ނަފުރަތުގެ ބިލް" ހުށަހެޅުމުން، އިންޑިއާގެ އެންބަސީގެ ސިޓީއުރައަށް ވިކިފައި ތިބި ނޫސްވެރީންނާއި އިންޑިއާއިން ގޭކުލި ދައްކައިދޭ ނޫސްވެރީން ތިބި ހަނު. ޓްރާންސްޕޭރެންސީއޭ ކިޔައިގެން އުޅޭ އެމްޑިޕީގެ މައުތުޕީސް މުޅި ސަރުކާރުގައި ކޮރަފްޝަންގެ ހާއްޔަކަށް ވާއިރު، މުޅި ރާއްޖެ އިންޑިއާއަށް ހިބައިދޭ އިރު، ދައުލަތުން ހަދާ ނުރައްކާތެރި އެއްބަސްވުންތައް ސިއްރުކުރާ އިރު، އޮތީ ގައިގައި ރަޖާ އޮޅައިގެން ނިދައިފައި. ތިޔަ އެންމެންނަކީ ވެސް ދިވެހި ޤާއުމުގެ ޚާއިނުން. ޣައްދާރުން. އަމިއްލަ އެދުން ފިޔަވައި އެހެން ކަމެއް އިސްނުކުރާ ބޮޑެތި މުޖުރިމުން. ސައީދުމެން އެ ފާޅުކުރަނީ އިޚުލާސްތެރި ވަޠަނީ އަޑު. މާވަށު ދާއިރާގެ މެންބަރު އެއީ މުޅި މަޖިލީހުން ވެސް ފާހަގަކޮށްލެވޭ ފަދަ އިޚުލާޞްތެރި، ހުނަރުވެރި، ސާބިތު، ކެރޭ، ޤާބިލު، ތަޢުލީމީ ބޭފުޅެއް. އެ މަނިކުފާނާމެދު މާވަށު ދާއިރާގެ މެންބަރުން ފަޚުރުވެރިވޭ