ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ބޯޓެއްގެ ވެރިފަރާތް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މި ބޯޓަކީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާ ބޯޓެކެވެ.

ފިޝަރީސް މިނިސްޓްރީން ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަމަސް ބޯޓުގެ ވެރިފަރާތުން އެމިނިސްޓްރީގެ ޤާނޫނުގެ ދަށުން ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިކަމާއި ބެހޭ އިތުރު މައުލޫމާތެއް އެ މިނިސްޓްރީން އާއްމު ކޮށްފައެއް ނުވެއެވެ.

ބޭރުގެ މަސްބޯޓެއްގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅޭ ގިނަ އަދަދެއްގެ ބޯޓުތަކެއް އެމްއެންޑީއެފްއިން ހުއްޓުވަނީ މަސްވެރިންގެ އެހީތެރިކަމާއި އެކުގައެވެ.

މިގޮތަށް ހުއްޓުވައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންނަ ގިނަ ބޯޓުތަަކީ މަސްވެރިކަމަށް ނުކުމެ އުޅޭ ބޯޓުތަކެއް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސީގަލް އޮން އެއަރ

    ތިޔަ ހަބަރުގައި ކޮން ރަށެއްގެ މަސްބޯޓެއް ކަމެއްވެސް ނޭންގޭ.

  2. ވައިކިންގ

    ޔަގީން އިންޑިޔާ މަސްބޯޓަކަށް ނުވާނެ. އިންޑިޔާ ބޯޓެއް މިސަރުކާރަކަށް ނުކެރޭނެ ޖޫރިމަނާ ކުރާކަށް. ފިނޑި ބައެއް.

    14
  3. އަސްލަމް

    ޖޫރިމަނާއެއް ނުކުރޭ. ސުރުހީ އަޅާލީ. އިންޑިއާ އަކާ ނުކުޅެވޭނެ

  4. ސޮބުރީ

    ރާ އްޖެ މީހުންނަކީ އެ އް ވެސްބަޔަކާ ޖަ އްސާލާ އިގެން އުޅެވޭ ވަރު ބަ އެށް ނޫން، އިންޑިޔާ، ލަންކާ، ޖަރުމަނެށް ކިޔާނެ ކަމެ އް ނެ އް. ރާ އްޖެ އަކީ އެ އް ވެސް ގަ އުމަކަ އް ބަރޯސާ ނުވެ އުޅެވޭނެ ގަ އުމެ އް ނޫން.

    1
    2
  5. ފެކްޓްސް

    އެއީ މިހާރު ދއއިލަތސއް ލށރި ހޯދާގޮތް. ލިބޭތާ ފެލައި ގަންނަނީ.. ނުލިބޭތާ ޖަހައިގަންނަނީ..

    އެކަމަކު އެއީ އިންޑިއާގެ އެއްޗެއްނަމަ ވާނެގޮތް ވިސްނާލާ!!

  6. Anonymous

    ރާއްޖޭއިން އަތުލާގަތް ބޭރުގެ މަސްބޯޓެއްގެ ވެރިޔާ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

    2 ގަޑިއިރު ކުރިން ( ޖުލައި 3, 2021 )

    # india out