ކޮމިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން 4 ޖުލައި 2021 ގައި ފަށައިގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މިގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮމިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެކަމުގައި އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެން ދެއްވުމަށް ސަމާލުކަން ދެއްވުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓު ހަދައިގެން ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ އެޕޮއިންޓްމެންޓް ހަދައިގެން ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް ކޮވިޝީލްޑް ދެވަނަ ޑޯޒް ދިނުމަށް ރާއްޖެ އަށް މިހާރު ގެނެސްފައި ވަނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން މިފަށަނީ ވެކްސިންގެ އެއްޑޯޒް ގިނަ ބަޔަކަށް ދިން ފަހުން ވެކްސިން ރާއްޖެ އިން ހުސްވެ، އެތައް ބަޔަކަށް ވެކްސިން ނުޖެހި ގިނަ ދުވަސްތަކެއް ފަހަނައަޅައި ދިޔަފަހުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ވެކްސިން ނުލިބިގެން ވެކްސިން ނުޖެހިފައި ލައްކައަކައަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނ to

  ކީ ކުރަން ޖަހާ އެއްޗެއް .. ބޭކާރު އެއްޗެއް.. އކަކުވެސް އެޕޮއިންޓްމަންޓް ހައްދާނެކަމެއްނެތް!!!

 2. Happy

  ކީކުރަން ބޭކާރު އެއްޗެއް ޖަހާކަށް! 😡

 3. ދަންބެރު

  ބޭކާރު އެއްޗެއް ފައިދާއެއްނެތް އެއްޗެއް ސަރުކާރު ގަބޫލުނުކުރާ އެއްޗެއް މީހުންގެ މެދުގައި މަގުބޫލުކަމެއްނެތް ވެކުސިނެއް ތިޔަށްވުރެ މާ ފައިދާވާނެ ފައިވާނަށް ނާރާ ހުސްފަޔާ ރައީސް އޮފީހުގެ ކުރިމަތީ ހިނގިޔަސް..

 4. ޑީމަކްރަތީ

  މި ކެރަފާއިޒުރޭލު ނަސީމަކީ މަކަރާ ދޮގު ނުލަފާ ކަންދައްކާނެމޭކިފައި މިތަނައް ލީބޮޑުފަންޏެއް ؟ދެންއޮތީ ބާކީ ދެއަހަރު؟ ދެންތި ބައި މީހުން މިގައުމުގެ ރައްޔަތުން ވޯޓެއްނުދޭނެ؟ ބަލަޖިންސީ ފުރައްސާރަކުރިކަމްބުނާ އަލީ ވަހީދު މިހިރީއަދުލުވެރިކަން؟ ހިޔާނާތްތެރިން ވެންޓިލޭޓަރުގެ ބައިބެރިންކޮބައި؟ މިހެންވެ ދެހާސްތޭވީސް ޓާޓާއޭ ހަޒާނާކޮޑައްލާގެން ބަޗާއޯ؟؟

 5. ދެބޯގެރި

  ކޮން ދުވަހަކު ބާ ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ގެނައީ ކުރިން ނެތް އެއްޗެއް ލިބުނީ! ލޮލް