ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީންވުމަށް ހޮޓެލް، ގެސްޓްހައުސް ފަދަ ތަންތަން ހަމަޖެއްސުމަށް ބޭނުންވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ޝައުގުވެރިވާ ފަރާތްތަކުން ހޯމަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 14:00 އާއި ދޭތެރޭ ޕްރޮޕޯސަލް ހުށައެޅޭނެއެވެ.
ޕްރޮޕޯސަލް ހުށައަޅާން ޖެހޭނީ ދަރުބާރު ގޭގައި ގާއިމްކޮށްފައިވާ ހެލްތް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށެވެ.
އިތުރު މައުލޫމާތު އެޗްއީއޯސީ އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ބޭރުން އަންނަ ފަރާތްތައް ކަރަންޓީނުވާން ހޮޓާ/ގެސްޓު ހައުސް ހޯދަން ހުޅުވާލާފައި ވާއިރު މި މަހުގެ 15 އިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފައެވެ.
ނައްސި ޕީސީއާރްގެ ނަތީޖާއާއެކު ކަރަންޓީނު ނުވެ ފަތުރުވެރިންނަށް ރާއްޖެއަށް އާދެވޭނެއެވެ.
ވޯކް ވިސާ ހޯލްޑަރުންނަށް ރާއްޖެ އެތެރެވެވޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރާ ގޮތަށެވެ. މި ސަރަހައްދުގެ ގައުމުތަކަށް ބޯޑަރު ބަންދުކުރީ އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވުމުންނެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވާން މިހާރު ވަނީ ފަށާފައެވެ. ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 150 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މުޅި ޖުމްލަ ފައްސިވި މީހުންގެ އަދަދު އުޅެނީ 74،224 ގައެވެ.
ކޮން ނައްސި ރިޕޯޓެކޭ ކިޔާ އޮޅުވާލާ ކައް. ދިވެހި މީހާއަށް 2 ޒޯޑް ޖަހާ ނައްސި ސެޓްފިކެޓް ހިފާގެން އުފަން ދަށައް ނުދެވޭ. ެ. އިންޑިޔާ މީހާ އެއްވެސް ވެކްސިނެއް ނުނަގާ ފޭކް ނައްސި ސެޓު ފިކެޓުގަ ބޭނުން ތަކައް.. އަޅެ މިގައުމު ގެ ސަރުކާރައް މުހިން މީ އަންޑިޔާ ތަ
ރައްޔިތުންނަށް ކުރާޖެއްސުމެއްތަމީ. އާއްމު ހާލަތު ރަނގަޅު ވާންދޭ ފުރުސަތަކީ އިތުރު ވޭރިއެންޓެއް ފަތުރައި ކުރިއަށްވުރެ ތައްޔިތުން ނިކަމެތި ކުރަން ގެސްޓްހައުސް ހޯދަނީ. އެއްވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއް ޔިޔަތަންތާނގަ ނާޅާ. ދެން ތެޅިގަންނާނެ ބަލިފެތުރިގަތީމާ. މީތަ އެބުނާ ހެޔޮވރިކަމަކި. ހައްގުމިން ވަރަކީ. ކުރިއަށް އެއްވިޔަވަޅު. ފަހަތަށް ދިހަފިޔަވަޅުއަޅަމުން ރައްޔިތުން ޖޫރިމަނާކޮށްގެން ސަރުކާރު ހިންގަން. ލަދުކޮބާ.ޔާﷲމިމުނާފިގުންނާއި މިބައިމީބުންނަށް ވާގިވެރިވާ ޔަހޫދީންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާންދޭވެ. އާމީން.
ޑިވެ ހިންނަށް ޕީސީއާރު ހަދައިގެން ރަށަށް ނުދެވެނީ ކީއްވެ؟
ކުރީގަ ވެސް ތިޔަ ގޮތަށް އިންޑިޔާ މީހުންގެ ކަރަންޓީން ހަބަކަށް ރާއްޖެ ހަދާ މުޅި ޤައުމުގަ ހުރިހާ ގެސްޓް ހައުސް އެއް ފުރާ އެއެއްޗެހި ބޭތިއްބީ. ނަތީޖާ އަކަށްވީ މުޅި ޤައުމުގައި ބަލި އިތުރުވެ އެތަށް ބަޔަކު ދުނިޔެ އަޅާ ދިއުން. ހެލްތު މިނިސްޓަރު އޮތީ ހިއްން ހޭނަރާ.
އިންޑިއާ މީހުން ގެންނަން ވެގެން ހަދާހާ ދޮގު