އިންޑިއާ އަށް ޒާތީވެގެން ބަސް ރައްދު ކުރަން ފަށައިފިނަމަ އޭގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ދަތިތައް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާއި ސަފީރުގެ ނައިބު ރޯހިތު ރާތިޝްއަށް ފާޑުކިޔައި ބައެއް ނޫސްތަކުގައި ލިޔުން ޝާއިއު ކުރަމުންދާތީ ހައި ކޮމިޝަނުން ވަނީ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކަން ހުއްޓުވައިދޭން ދިވެހި ސަރުކާރުގައި އެދިފައެވެ.

ދިވެހި ސަރުކާރުން ވަނީ ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާނެހެން ޚަބަރުތައް ނުލިޔަން މީޑިއާތަކަށް އަންގައިފައެވެ.

މި ކަމާ ގުޅިގެން ބައެއް ނޫސްވެރިންނާއި އިންޑިއާގެ އަމަލުތަކާ ދެކޮޅަށް ވާހަކަ ދައްކަމުންދާ މީސް މީޑިއާ އެކްޓިވިސްޓުންގެ އަޑުތައް އަނެެއްކާ ވެސް މީސްމީޑިއާގައި ގަދަވެފައެވެ. "އިންޑިއާ އައުޓް" ގެ މީސްމިޑީއާ ކެމްޕޭން ފަށައިގެން ކުރިއަށް އެބަ ދެއެވެ.

މި ކަންކަމާ ގުޅިގެން ރީކޯ ވިދާޅުވީ، ސަރުކާރާ ދެކޮޅުވުމަށް އަދި ސަރުކާރު ވައްޓާލަން ބޭނުންވެގެން ވެސް ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާ ފަދަ ވާހަކަތައް ނޫން ވާހަކަތަކެއް އިޚްތިޔާރް ކުރަން ވެއްޖެ ކަމަށެވެ.

"ދިވެހިންގެ ފުދޭ ވަރެއްގެ އާބާދީއެއް އިންޑިއާގައި ދިރިއުޅެމުންދާއިރު މި ތަނުގެ ބަޔަކު ކުރާ ކަމަކުން މި ގައުމުގެ ބަޔަކަށް އިންޑިއާގައި ދަތިތަކާ ކުރިމަތިލާން ޖެހުން އެއީ ގާނޫނުއަސާސީން އެ މީހުނަށް ލިބޭ ހައްގަށް އަރައިގަތުން،" ރީކޯ ލިޔުއްވާފައިވެއެވެ.

ޕީޕީއެމްގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔައިރު، ޗައިނާއަށް ރައްދުވާ ގޮތަށް އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރީކޯ ވިދާޅުވީ އެ ދުވަހު ވެސް ވަކާލާތު ކުރެއްވީ ޗައިނާއަށް ޒާތީ ބަސްތައް ރައްދު ނުކުރެއްވުމަށް ކަމަށެވެ. މިއަދު ވެސް ވަކާލާތު ކުރައްވާނީ އިންޑިއާއާ ވެސް ޒާތީ ވެގެން ބަސްތައް ރައްދު ނުކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ނަތީޖާއެއްގެ ގޮތުން ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ އެހީގައެވެ.

މިފަދަ މަޝްރޫއުތަކުގެ ފަހަތުގައި ވަނީ އިންޑިއާގެ ޖާސޫސީ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މި ވާހަކައަކީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. އަން

    ސަރުކާރުން ފުލެޓް ހޯދާގެން، އެފުލެޓް ބޮޑުއަގުގަ ކުއްޔަށްދީފަ އަރާމުގައުޅެން އިންޑިޔާއަށް ގޮސްތިބި މީހުންގެ ހައްގުގައި މިގައުމުގެ ހަލާކުކޮށްލަންވީތަ

    80
    3
    • ދިވެހިރާއްޖޭގެ

      ދިވެހިރާއްޖޭގެ ދިރިއުޅޭ ދިވެހިންނަށް ކޮންމެ ގޮތެއް ހެދިޔަސް އޯކޭ

      27
      1
  2. ޏަޖަނ

    މޯޑީ އައިފަހުން ދިވެހިންނަށް ޖެއްސުން ނުކުރާއިރެއް ދިޔަތަ. މަނިކުފާނު އިންޑިޔާ ގެ ދަށުވެފަ އޮވޭ.

    65
    1
  3. ބޮޑުގޮހޮޑާ

    މީދެން ކާކު ހިހޫ ތަނުންކާ ކުރޮޅިމޫސަ.

    64
    2
  4. މާމީ

    ކޮންއިރަކު ތަ އިންޑިއާގައި އުޅޭ ދިވެހިންނައް ފަސޭހަވީ؟ ބުނެބަލަ ބޭސްފަރުވާ އަކައް ދިޔައަސް އެހާ ދުއްތުރާ ކުރޭ....

    70
    1
  5. ކޮވިޑް

    ޝަޓްޔޯމައުތު ރީކޯ

    59
    1
  6. ސަމްސިއްޔާ

    ކަލޯ ރިސޯޓްގެ ކުލި ނުދައްކާދޯ ތިއުޅެނީ..

    59
  7. އުގުރި

    ބަލަގަ މޫސާ އަހަރުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އެމީހުންގެ ވިޔަފާރިތަކާއި އަދި އެމީހުން އެތައް ބާވަރު މަސައްކަތްތަކެއް މިގައުމުގައި އެބައޮތެވެ. އެމީހުން ވެސް ރަގަޅުވާނީ އެމީހުންގެ އިމުގެ ތެރޭގައި ތިބީޔާ.

    63
  8. އިއްބެ

    ކޮންވާހަކައެއްތިޔަދައްކަނީ އެތަނައްގޮސް ހިލޭކޮންކަމެއްތަ އެމީހުންކޮއްދެނީ އަހަރެމެން އެމީހުނަކާ މައްސަލައެއްނެތޭ އެކަމަކު އަހަރެމެންގެ ގޭގެކަންކަމުގެތެރެއައް އެމީހުން ވަންނަ ހިސާބައް ހިގައްޖެ ދުވަހަކު ތި އިންޑިޔާއައް ނުދެވުނަސް މިނިވަންކަން ނަގާލާކައްފުރުސަތު ނުލިބޭނެ ގާވެސް އުކާނަން ކުރެވެންހުރި ހުރިހާކަމެއްކުރާނަން ބަލަ ހުޅުމާލޭބީޗުގަ މިހާރުވެސް މާސްކުނާޅާ އެބަ އުޅޭ އިންޑިޔާމީހުން އެކަމަކާ އަދި އެމީހުނަކާ މައްސަލައެއްނެތޭ އެކަމަކު މިނިވަންކަންގެއްލި ގެންދާއިރު މޫސަމެންކަހަލަގެ އްކާ މީހުން ބިރުހަތަކަސް އެންމެން ބަލަންނުތިބެ ވޭކަން މީގެކުރިންވެސް ސާބިތުކޮއްދީފައޮންނާނީ އަދިވެސް ފަހާލާނަން އިންޑިޔާމިލިޓަރީ އައުޓު

    43
    1
  9. ތަކުރާހެރައި ވަޒީރު

    މަނިކުފާނު ފައިސާ އަށް އަޅުވެތިނުވޭ! އިންޑިއާއިން ދިވެހިންނަށް ދޭލުއިފަސޭހަ ފެންނާނެ މަނކުފާނު ކޮންމެދުވަހަކު ފަރިކޮށް ފެންވަރައިގެން ފަތިހުގެ އިރޮއަރާމަންޒަރު ދެކެން ނިކުންނަވާ އިންޑިއަން ހައިކޮމިޝަން ކުރިމަތީގައި މަޑުމަޑުން ކޮފީއެއްބޯލަ ބޯލައިންނެވީމާ! އަދި އިންޑިއާ މިދަނީ ބޭސްވެރިކަމުގައި ދާމީހުން މިހާރު. ތިބުނާހާ ބަޔަކު މިހާރު ދަތިކުރަމުންގޮސް އިންޑިއާއިން ފައިބައިގެން އަތުވެއްޖެ ކިތަންމެ ބަޔަކު. ދިވެހިންނަށް އިންޑިއާ އިން ކުރާ ދުއްޕާން މަނިކުފާނަށް ހަމަރަގަޅަށް އެނގިހުންނަވައިގެން ސަރުކާރުން މަނިކުފާނުގެ ދަރަނިފައިސާ މިނިވަންކޮށް މަނިކުފާނާއި ދޭތެރޭދެކެވޭ ޚިޔާނާތުގެ ފައިސާގެ ކަންތައް ފޫބެއްދުމަށް މީހުން މަގުފުރައްދަން ނޫޅުއްވިއްޔާ އަދިވެސް ރައްޔިތުން ކޮންމެވެސް ވަރަކަށް އިތުބާރުކުރާނެ. އިންޑިއާއަކަށް ބުރަބަހެއްނުބުނޭ ދިވެހިންނެއް އެހެންނަމަވެސް ޤައުމު ބަޔަކަށް ވިއްކާލައި ޤައުމުގެ މިނިވަންކަން ދޫކޮށްލީމާ އެވާހަކަ ދައްކަނީ! މިރީދޫވެރިކަމުގައި ކުރީންވެސް ބުނި ތިމަން މިވެރިކަން ދަމަހައްޓަންޏާ ބޭރުގެ އެހީއައިލައިގެންނޭ ކުރެވޭނީ އެހެން ކުރަންބޭނުންނުވާ ވާހަކަ. މިފަހަރު ވެރިކަން ދަމަހައްޓަން ހަމައެކަނި އޮތްހައްލަކީ މިއީ.

    39
    2
  10. ޝާކިރު

    މޮޅު އިނގޭ! ދިވެހިރާއްޖޭ އިންޑިޔާގެ އަޅުވެތިކަމަށް ގޮސް ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާއިރުވެސް ހަމަ ޗުޕްކިޔައިގެން ތިބެންވީތަ ދަތިވެދާނެތީ؟ ކަލޭގެ ތިހުރީ ދިވެހިލެޔެއްނޫންތާ ދޯ؟

    48
    1
  11. ހުޖޭ

    އަހަރެން މިދަނީ އިޒްރޭލުގަ އުޅެން. އެއީ މަގޭ ހައްގެއް

    25
  12. ރަހުމަ

    ރީކޯމޫސަ. މޮޔަނުގޮވާ ތީމާމޮޅުމީހެއްނޫން ތިހެންނުބުނެވޭނެ މޫސައަކަށް. އިންޑިއާގަ އުޅޭހިތުން ގޮސް އުޅޭ މީހުނަށްވުރެ މާތްވެގެންވާ އިސްލާމްދީނާ ދިވެހިޤައުމާ ރައްޔިތުން. މާބޮޑު ވަރަށްސާފް މިކަންކަމުގެ ހަށްޤުގަ އިންޑިއާ މީހުން ބާލަން މަޖުބޫރު ވާޖިބެއް އެއި

    38
    1
  13. އަލީ

    ގޮވާނަން!! ކީކުރެވޭނީ؟؟؟ އެހާ ހިތްހެޔޮ ބަޔަކު އަހަރުމެނައް ދަތި ކޮއްފާނެތަ؟؟؟؟ މޮޔަވެބަލަ!!! މިވަތަނައް ލޯބި ނެތިއްޔާ ދޭބަލަ ވާގިވެރިވާ މީހުންގެ އަރިހައް ދިރިއުޅެން އަހަރުމެނައް މިތަން ދޫކޮއްފަ...ބަޔަކު ޗައިނާއްށްވެސް އެތިވަރު ގޮވި! އެކަމަކު އެމީހުން ނޫޅުނު ހޭބަލިވެގެނެއް. ހެހެ

    35
    1
  14. އިބިލީސް

    މީ ހާދަ ބޮޑު ޖޯކެކޭ ދޯ. ބަޔަކު އެއްޗެކޭ ބުނާއިރަށް އެ ޤައުމަކަށް ގޮސް ތިބޭ އެހެން ޤައުމުތަކުގެ މީހުންނަށް ދުއްތުރާ ކުރާނީ ތަންދޮރު ނުދަންނަ ނާތަހުޒީބު ބޯދާ ވިސްނުން ހުންނަ ޤައުމެއް. ތިވަރު ބަޔެއްގެ ފަހަތުން ސަރުކާރެއް ދާނީ ހާދަ ކައްޕަޅި ވެގެންނޭ. އެމެރިކާ އާ ދިމާލަށް އެއްޗެހި ނުގޮވާ މީހަކު މަދުވާނެ. އެމީހުންތާ އެންވީމަ އެމީހުންތާ އެންމެ ގިނައިން އެގައުމުގައި ތިބޭ ބޭރު މީހުންނަށް އެއްޗެހިކިޔާތީ ދުއްތުރާ ކުރަން ޖެހޭނީ

    36
    2
  15. ވިސްނާލުމަށް އެދެމޭ

    މޫސަ ބޮލުގަ ނުރަޖަ ހާފަ މި ހުރީ އަވީގައުޅެގެންތަ.. ދެން މޫސަބުނާގޮތުން އަ ހަރެމެންގެ ގޯތިގެދޮރާ އަނބިފިރިން ދަރިންވެސް ދީފަ އިންޑިއާގެ ރު ހުން ހޯދަންތިބެންވީ... މީ ފިލްމެނޫން ޑައިލޮގް ބޭނުންގޮތަކަށް ބަދަލުކުރަން.. ދިވެ ހިންމީ މީކޮމެޑީ އެއްވެސްނޫން..ދިވެ ހިންގެ މިނިވަންކަން ދިވެ ހިންގެ ބިން ދިވެ ހިންގެ ސިޔާދަތު ގުރުބާންކޮއްފަ ހޯދަންބޭނުންވާނެ އެއްޗެއޮވެގެން ނުވާނެ..ތިޔަށްކިޔަނީ ވަތަނަށް ގައްދާރުވުން..

    33
    1
  16. މައުލޫމާތައްޓަކައި

    މި ޤަޢުމުގައިވެސް އިންޑިއާ ރައްޔިތުން އުޅޭކަން މޫސާ މަނިކަށް ހަނދާންކޮއްދެން. އިންޑިއާ ގަ ދިރިއުޅޭ ދިވެހިންނަށް ދެރަގޮތެއް އިންޑިއާ އިން ހަދާނަމަ އެ ނާޅިން އަހަރެމެނަށްވެސް މިނޭނެކަން ހަނދާކޮށްދެއް. ތިކަހަލަ ދިއުޅިއެއްނުވާ ވާހަކަ ނުދެއްކުން ބުއްދިވެރި. އިންޑިޢާ ސިފައިން އައުޓް.

    34
    1
  17. ރީކޯއަމާ

    ކަލޯ މޫސާ . ތިޔަ ބުނަނީ ދިވެހިން އަޅުވެތި ކުރަމުން ދާ އިރު އިންޑިޔާގާ އުޅޭ ދިވެހިންނަށް އިންޑިޔާ ސަރުކާރުން ގޯނާއެއް ކޮށްފާނެތީ އިންޑިޔާ މީހުންނަށް ބަދުބަހެއް ނުބުނުމަށޭ. ކަލޯ ތިޔަ ދެނީ އިންޒާރެއްހޭ؟؟ ދިވެހިން އިންޒާރަކަށް ބިރެއް ނުގަންނާނޭ ކަލޯ އެންގޭހެއްޔޭ؟ އިންޑިޔާގާ އުޅެ ދިވެއްސަކަށް 20 އިންޑިޔަ މީހުން މިދީބުގާ އުޅެނުންހޭ ރީކޯ މޫސާ.

    25
    1
  18. އަލީ އަހުމަދު

    ތިވިދާޅުވަނީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގަޔޭތޯ ދިވެހިރާއްޖެ މިހާރު މިއޮތީ، އެވެރިން ރުޅިއަތުވެދާެތީ އެވެރިން ބުނާހާ ކަމެއް ބުނާހާގޮތަކަށް ކުރަން ޖެހޭތޯ؟

    26
    2
  19. މާލެ

    އިންޑިއާ ކުރާ ކަންކަމުގެ ނުރައްކާ ދިވެހިންނަށްވެސް އަދި އިންޑިއާއަށްވެސް މި ކުރިމަތިވަނީ. ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ބޯ ނުކޮށްޕުމަށް އިންޑިއާއަށް ގޮވާލާކަށް ރީކޯއަކަށްވެސް ނުކެރޭނެ. ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ބޯ ނުކޮށްޕުމަށާއި ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމް ކުރުމަށާއި ޗައިނާއާ ކުރިމަތިލާން އިންޑިއާ ބޭނުންވާ ހަނގުރާމައިގެ މައިދާނަކަށް މިތަން ނުހެދުމަށް އިންޑިއާައަށް ގޮވާލާތީ އޭގެ ބަދަލުގައި އިންޑިއާއިން އިންޑިއާގައި އަމިއްލަ ޚަރަދުގައި އުޅޭ ދިވެހިންނަށް ޖެއްސުން ކުރުމަކީ ޑިމޮކްރަސީގައިވެސް އިންޑިއާ އަދިވެސް ތަސައްރަފް ނުފުދޭކަން ހާމަވާކަމެއް. އަދި އިންޑިއާއަކީ އަދިވެސް ބޯދާ ނާތަހުޒީބު ގައުމެއްކަން ސާފުވާކަމެއް

    24
    2
  20. ސަމާސްދެ

    ރައީށް ވަހީދު ވެރިކަމުގައި އިންޑިއާމީހުން ކުރި ދުއްޕާނުން އެތާ ނޫޅެވިގެން އަހަރުމެން އެތަނުންބޭރުވެ މިހާރު ދިރިއުޅެނީ މެލޭގައި.
    ދުވަހަކުވެސް އެއްވެސް ކަމެއްގައި އެތަނަކަށް ނުދާނަން. މިހާރު ތިބި ދިވެހިންވެސް އެތަނުން ބޭރުވާންވީ.
    މިގައުމުގެ މިނިވަންކަމާއި އެތަނުގައި ފައިސާދީފައި ތިބޭތިބުމާއި ޓްރޭޑެއް ނުކުރެވޭނެ.
    #އިންޑިއާއައުޓް

    27
    1
  21. ކައުންސެލަރު

    ކަންތަކާ ޖެހުނީ. ބަލަ އަމިއްލަ ޤައުމުގަ މިއުޅެނީ ދަތިނުވެތަ. އަމިއްލަ ގައުމުގަ މިތިބީ ގާތްގަނޑަކަށް މިނިވަންކަން ގެއްލިފަ. ތިޔަހެން ފާޑެއްގެ ބަޔަކު އަދި ހަމ ފިތާލިޔަސް އެކައްޗެކޭވެސް ހިޔެއްނުވާނެ. ދަތިވަންޏާ އާދެ ރާއްޖެއަށް. ރާއްޖޭގަ އުޅެވޭނެ. ހަމައެކަނި ދުނިޔޭގައޮތް ގައުމަކީ އިންޑިޔާއެއްނޫން. ޗައިނާވެސް އެބައޮތް. ހަނދާން ބަހައްޓާތި އެކަން.
    އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް

    27
    1
  22. ކަހުރަބު

    އަހުރެމެން ވިސްނާނީ މި ދިވެހި ފަސްގަނޑުގަ އުޅޭ ދިވެހީންނަށް ކަލޭ ރިޒޯރޓް ހޯދައިގެން ކޮންމެ ވެރިކަމަކަށް ދޮލަނގު ވެދުންކޮށްގެން އުޅުނަކަސް ޢާއްމު ދިވެހި ރައްޔިތުން އުޅެނީ ވ ޙާލުގަ ، އިންޑިއާ އައުޓް

    25
  23. ދުންމާރި

    ޤައުމީކަންކަމުގަ ބަސްބުނަން މީ ދެން ކާކުތަ؟ ރަނގަޅުވާނީ މޫނޭތީ ހިން އެދޭކިޔަން ދިޔާމަ ރޯނު އެދޔރަކު މާކަންކަން ދަންނަ މީހަކަށް ހެދިގެން މި ތެޅިބާލަނީ މިކަހަލަ ރޯނު އެދުރުން ގިނަވެ ސިޔާސީ ރަންޑިން މިޤައުމުގަ ގިނަވެގެން ޤައުމު ހަލާކުވެގެން މި ދިޔައީ މިކަހަލަ މީހުން ދައްކާ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީގަ ޖަހާތީވެސް ލަދުގަނޭ

    24
    1
  24. ހުސޭނުބޭ

    ދިވެހިންގެ މިނިވަންކަން ގެއްލުނަސް ހަމަ ތިބެންވީ ދޯ! ކަލެޔަށް ދެކޮޅުން ކެވެޔެއްނު!

    19
    1
  25. ރައްޔިތުން

    އިންޑިޔާ އިން މިގައުމު ހިފާ އަޅުވެތި ކުރާއިރު ބަލަހައްޓައިގެން ތިބެން ވީތޯ؟؟؟ ނުވާނެ ތި ކަމެއް

    20
    1
  26. ވަޒީރެއާލާ

    ހަމައެގޮތަށް ރާއްޖޭގައި އުޅޭ އިންޑިޔާ މީހުނަށްވެސް ދަތިކުރެވޭނެ. ޒިޔާރަތުންބުނީ ގޮނަކަށް ގޮނެއް ކަމަށް.

    21
  27. މަބޭ

    އިންޑިޔާސަފީރު ހާދަގިނަގިނައިން މޫސަގެރިސޯޓައްދެޔޭ

    19
  28. ރާކަނި މޫސަބޭ

    މޫސަމެންކަހަލަ މީހުންގެ ބަލާވެރިކަން މިޖެހެނީ ހުރިހާ ކޮޅަކުން ކާލައިގެން އުޅޭތީ މިގައުފަނާވަނީ މުޅި ކަނޑުގެ ސަރަހައްދުވެސް ދިރުވާލި ވާހަކަ މިއަދު މިފަޅާއެރީ ކިހިނެއްތޯ ހެޔޮވާނީ މިފަދަ އެއްބަސްވުންތައްހަދަން ، ވެރިކަށް ގެނައިމަ ހީވަނީ ގައުމަކީ އަމިއްލަ މުދާގަނޑެއްހެން ، ބަލަ 5 އަހަރު ރައްޔިތުންނަށް ހިދުމަތްކުރާށޭ ހޮވީ ގައުމު ވިއްކާ ކާލާކަށްނޫނެ ..

    25
  29. ޢަހުމަދު1

    ރީކޯ ހަމަ ބުއްދިން ވިސްނަބަލަ. ދިވެހިން މިއުޅެނީ ދިވެހިންގެ މިނިވަންކަމާ ބެހޭތީ އެކަމާއި ދެކޮޅަށް އަޑު އުފުއްލަން. ރީކޯގެ ވާހަކައިން ހީވަނީ ރާއްޖޭގައި މިވަގުތު އުޅޭ އިންޑިއާ މީހުންނަށް ދިވެހިން ގޯނާކުރާހެން.

    12
    2
  30. އަބްދޫ

    އިންޑިޔާ ގައުޅެނީ ކީެއްކުރަން އަންނަންވީނުން.

    11
  31. އައްޑޫ މީހާ

    ޔާމީނުގެ ވެރިކަމުގައިވެސް އިންޑިއާއިން ދިވެހިންނަށް ފުރައްސާރަކުރި އެހެން ދިމާއަކަށް ބޭސްފަރުވާ ޑައިވަރޓްކުރީމަ އިންޑިއާ ރައްތިތުންގެ ވިޔާފާރިއަށް ގެއްލުންވީ ބަލަ ދިވެހިންނޭ އެމީހުންނަށް ކާންދެނީ ކިޔަންޖެހޭ އެއްޗެއް ކިޔަން ޖެހޭނެ ރީކޯމެން ބިރުން ތިބޭ

    13
    1
  32. ޙުދުހުދު

    މާދަ މާ ރާގު ބަދަލުވާނެ މިބޭފުޅާވެސް

    13
  33. ރައްޔިތު މީހާ

    ޢޭ މޫސާ ކީކޭތަ ތިކިޔަނީ؟

    13
  34. މުރުއްބި

    ޙާދަހާވާ ނާތަހުޒީބު ވާހަކަ އެއް ތީ. ޢޭ މޫސާ ތިކަހަލަ ނާތަހުޒީބު ވާހަކަ ދައްކަނީ އެއްވެސް ތަނެއް ދޮރެއްނޭގި ތިބޭ ގަމާރުން. ޢެތިކޮޅެއް ދޭންް ބުނެގެން ދޯ؟ ޙައް ހައް

    12
    1
  35. ނާދިރާ

    އެއްޒަމާނެއްގަ ކަމެއް ލިބުނަސްް ތިދެން ބޮޑުވަރު

    15
    2
  36. ކިނބޫ

    ކަލެއަކަށް ނޭނގޭނެ ގޮވަންވާ އެއްޗިހި ބުނެދޭކަށް!

    13
    1
  37. އިބްރާހިމް

    އިންޑިޔާގަތިބި ރާއްޖޭގެ މީހުނަށްވުރެ އެތަ ކެއްގުނަ އިތުރު އިންޑިޔާމީހުން ރާއްޖޭގައި އުޅޭ ކަން މޫސާމަނި ކަށް އެނގި ނުލައްވަނީތޯ

  38. ެއަރު

    ރާއްޖޭގެ މިނިިވަންކަމާއި ރާއްޖޭގެރައްޔިތުންގެ ހައްގުގެވާހަކަވެސްބުނެލަންޖެހެއެ

  39. މެން

    ބާގީ މޫސާ ކަލޭ މޮޔަނުވޭ

    5
    1
  40. ެއަރު

    ރާއްޖޭގެ މިނިިވަންކަމާއި ރާއްޖޭގެރައްޔިތުންގެ ހައްގުގެވާހަކަވެސްބުނެލަންޖެހެއެވެ

  41. ޙހހހ

    ދަތިވިޔަސް މިއަދު ކެތްތެރިވެ މިޤައުމު ސަލާމަތްކުރަން އެބަޖެހޭ ، ދިވެހިންގެ ޤައުމު ހިމާޔަތްކުރުމުގެ ވާހަކަ ދިވެހިންނަށް ދެއްކެންޖެހޭ ، ހަމައެކަނި އިންތިހާބެއް އާމައެއްނޫން ޤައުމު އިސްކުރަންވީ

  42. ހުތި

    ވަރައް ރަނގަޅު ވާހަކައެއް!

  43. ނަމަވެސް.....

    ލޮބުވެތި ދިވެހި ޤައުމާއި ރައްޔިތުން އެއްވެސް ބައެއްގެ އަޅުވެތި ކަމަށް ދާ ކަށް ބޭނުމެއް ނޫނެވެ. ﷲގެ އިރާދަފުޅާއިއެ ކު، މިލޮބުވެތި ވަޠަން އޮންނާނީ އަބަދުމެ މިނިވަން ކަން މަތީގައެވެ. ޒަމާނުއްސުރެ އެ ކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިވާ، އަވައްޓެރި އިންޑިއާ އަށްވެސް ފުރައްސާރަ ރައްދުވާން ނޭދެނީ، ޝު ކުރުވެރިވެ، އިޙުސާންތެރިވާތީ އެވެ. ތަނަވަސް މަދުބަޔަ ކު ފިޔަވައި، ބާ ކީ ތިބި ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ ކޮންމެ މީހަ ކަށް ވިޔަސް، މާދަމާވެސް ބޮޑު ބައްޔެއްވާ އިރަށް، ފަރުވާ ހޯދަން ދާންވެސް އޮތީ ހަމަ އިންޑިއާ އެވެ. ކަންމިހެން އޮތްއިރު ސިޔާސީ ވާދަވެރި ކަމުގެ އަވައިގައި ޖެހި، އެޤައުމެއްގެ މަދަދު، ބޭނުންވާ ޤައުމަ ކަށް ތަފާތު ދޮގު ތުހުމަތު އަޅުވައި، ފުރައްސާރަ ކޮށް ނަފްރަތު އުފެއްދުމަ ކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެފަދަ ވާހަ ކަ ދައް ކާ މީހުނަށް ވެސް، ބޮޑު ބަލިމަޑު ކަމެއް ދިމާވެއްޖިއްޔާ، ހަމަ ދާން އޮތް ތަނަ ކީ އިންޑިއާ އެވެ.

    4
    2
  44. ރީތި މޫސަ

    ބޮލުރޮދި ކެނޑުނީމަ ތިހުރިހާ ވާހަކައެއްވެސް ދައްކާނެ

  45. ޙުސެން

    ބަލަ އިންޑިޔާގަ އުޅޭ ދިވެހިން ނާއް ވުރެއް އަހަރެމެންނައް މުހިމީ މި ރާއްޖެ

    ވަރިހަމަދޯ މިރާއްޖެ ފުނޑު ފުނޑު ކޮއްލިޔަސް