ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަމުންދާ ގިނަ މީހުންނަކީ ބަޔަކު "އަޑީގައި" ތިބެގެން ސިޔާސީ ބޭނުންތަކަކަށް ކުލީ ފައިސާ ދީގެން ގެންގުޅެމުންދާ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީ އެ ގޮތަށް ވިދާޅުވީ އިންޑިއާ އެމްބަސީ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ޓްވީޓް ކުރި މީހާ ހޯދައި ހައްޔަރު ކުރުމުން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުންނެވެ.

މި މައްސަލާގައި ހައްޔަރު ކުރީ މުހައްމަދު އިނާދު ކިޔާ މީހެކެވެ. އެއީ އެމްޑީޕީގެ ދަފްތަރުގައި އޮތް މީހެކެވެ. އޭނާ ވަނީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވެސް ކުރިމަތިލައިފައެވެ.

މި ޚަބަރު ޚިއްސާ ކުރައްވަމުން ދީދީ ވިދާޅުވީ، ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ ގިނަ މީހުންނަކީ ބަޔަކު ކުލީ ފައިސާ ދީގެން ގެންގުޅޭ ބައެއް ކަން ފެންނަން އެބަ އޮތް ކަމަށެވެ. އަދި އެ ބަޔަކީ ރާއްޖެއަށް ސިޔާސީ އަދި ފިކުރީ ގޮތުން ބަދަލުތަކެއް ގެންނަން ބޭނުންވާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރާއްޖޭގައި އުޅޭ ހަރުކަށި ގިނަ މީހުންނަކީ ބަޔަކު ސިޔާސީ އަދި ފިކުރީ ގޮތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ރާއްޖެއަށް ގެނައުމަށް ބާރު ދީގެން ގެންގުޅޭ ކުލީ ބައެއް ކަން މި އޮތީ ފެންނަން، މާތްވި އިސްލާމް ދީނާ ގުޅުމެއް ނެތް ނެތް ފިތުނަ،" ދީދީ ލިޔުއްވާފައިވެއެވެ.

އޭނާ އިޝާރާތް ކުރައްވަނީ ކޮން ބަޔަކަށް ކަމެއް ނޭނގެއެވެ. އެ ކަމުގެ ތަފްސީލް ހޯދަން ގުޅުމުން ދީދީ "ވަގުތު" އަށް ވިދާޅުވީ ޓްވީޓްގައި އޭނާ ދެއްވާފައިވާ މެސެޖަށް ވުރެ އިތުރަށް ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

ދީދީ ވިދާޅުވީ، ހަރުކަށި ފިކުރު ފެތުރުމަކީ އިސްލާމް ދީނާ މެދު ފިތުނަ އުފެއްދުމުގެ ވެސް ބޭނުމުގައި އެއް ބަޔަކު ރާވަމުންދާ ކަމެއް ކަމަށެވެ. އެއީ ދިވެހި ކޮންމެ ރައްޔިތަކު ވެސް މިއަދު ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާތްވެގެންދާ އިސްލާމް ދީނާ ގުޅުވައިގެން ރާއްޖޭގައި ނުރައްކާތެރި ދެ ހަރަކާތެއް ހިނގަމުންދާ ކަން ފެނެއެވެ. ދީނުގެ ނަމުގައި ނިރުބަވެރި ހަރަކާތްތައް ރާވަމުންދާ "ހަރުކަށި" ވިސްނުމުގެ ބަޔަކު އުޅޭއިރު، އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ "ލާދީނީ" ވިސްނުމުގެ މީހުން ވެސް އެބަ އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ތޫނިސާ /މަރަދޫ

  ސިފައިންގޭގައި ނުހަނު ޝަރަފްވެރިކަމާއެކު އިޚްލާޞް ތެރިކަމާއެކު ޚިދުމަތް ކުރެއްވި މިފަދަ ޢިއްޒަތްތެރި ބޭފުޅަކު މިފަދަ ހެޔޮބަހެއް ވިދާޅުވުމަކީ ޤައުމުގެ އެންމެން ފިކުރު ހިންގަންޖެހޭ ކަމެއް ކަމަށް ފެނެއެވެ.

  14
  1
 2. ނައުޝާދު

  ދީދީ އަށް ސެލިޔުޓް ކުރަންޖެހެއެވެ. އޭރުވެސް މިހާރު ވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯތްބަށްޓަކައެވެ.

  13
  1
 3. ޙސsh

  ޑީޑީ ތިވިދާޅުވީ ތެދުފުޅެއް. ރާއްޖޭގެ ވަރަށް ގިނަ މީހުންނަށް އެނގޭ ކަމެއްތީ. ތިކުޅި އެންމެ ފުރަތަމަ ފެށުނީ މައުމޫނުގެ ވެރިކަން ނިންމަން މަސައްކަތް ފެށި ހިސާބުން. ފުރަތަމަ 100 ޑޮލަރަށް ތުނބުޅި ބަހައްޓާފަ ފައިކުރި ކުރުކޮށްފަ ދީނުގެ ނަމުގަ ތަނެއްދޮރެއް ނޭނގޭ ބަޔަކު ލައްވާ ފަތުވާތައް ނެރެން ފެށީ. ޢެއީ މިކަމުގެ ފެށުން. ޑޮޓް ކިޔާބަޔަކު އުފެދުނީ އެޒަމާނުގަ. އަދިވެސް އެގުރޫޕަށް އެކި ކުށުގެ ރެކޯޑްސް އޮންނަ މީހުންގެ ބްރެއިން ވޮޝްކޮށްގެން ވައްދާފަ އެމީހުން ލައްވާ ޖަރީމާ ހިންގަންފެށީ. މިކަންކުރާ މީހުން ހުއްޓުވަން އިޚްލާސްތެރި މަސައްކަތެއް އެއްވެސް ސަރުކާރަކުން ކުރިތަނެއް ނުފެނޭ. ސީދާ ވަކި ބަޔެއްގެ ބޮލުގަ މިކަން ނާޅުވާ އެކަން ކުރާ ބަޔަކު ހޯދުން އެއީ އެންމެ ބުއްދިވެރި ގޮތަކީ. އޭރު މައުމޫނުގެ ވެރިކަމާ ދެކޮޅަށް އުޅުނީ އެންމެ ބަޔެއްނޫން އެހެންވީމާ ވަކި މިވެނި ބަޔެކޭ ބުނުން އެއީ ތަހުޤީގަކާނުލާ ރަނގަޅު ކަމެއްނޫން. އަޅުގަނޑުގެ ދިރާސާއިން ދައްކާ ގޮތުގަ މިކަން ފާޅުކަންބޮޑު ގޮތެއްގައި ފެށުނީ އިސްވެބުނެވުން ހިސާބުގަ. ޢަޅުގަނޑަކީ ގައުމުގެ މަސްލަހަތާ ގުޅެކަންކަމާ ވިސްނާ ފިކުރުކުރާ މީހެއް. އާދައިގެ ދިވެއްސެއް. މިފަދަ ކަންކަމަކީ ކޮންމެ ބަޔަކު ކުރި ކަމުގައި ވީނަމަވެސް އެކަމެއްގެ ހިތި ހުދު އެބަޔަކާއި އެބަޔެއްގެ އާއިލާތަކަށްވެސް ކުރާނެ ކަމެއް. ޥީމާ މިކަންކަން ހުއްޓުވަން އެންމެންވެސް އިޚްލާސްތެރި މަސައްކަތެއް ނުކުރިއްޔާ އަފްޤާނިސްތާނާ ސީރިޔާ ޔަމަން އަދި އިރާޤަށް ވީހެން ވުމަކީ މާދުރުގަވާ ކަމެއްނޫން.

  ޔާﷲ މިފަދަ ނޮބައި ޢަމަލްތައް ހިންގާފަރާތްތައް ފަލީހަތްކުރައްވާ އެމީހުން ބިމުގައި ނިކަމެތިކުރައްވާ އެބައިމީހުންގެ ކިބައިން އެންމެހާ މުސްލިމުން ސަލާމަތް ކުރައްވާ މުސްލިމުންގެ ވެރިކަމެއް ދުނިޔޭގައި ލައްވާންދޭވެ. ޢާމީން.

  10
  1
 4. މާމަ

  ކެރަފާ އިބުރާހިންދީ މިހާތަނަށް ބުނި ހަމަޖެހޭ ވާހަކަ....

  4
  1
 5. Anonymous

  ލާދީނީ އެމްޑީޕީން ބޭނުންވަނީ މިގައުމުގަ ފިތުނަ އުފައްދަން. އެހެންވެ ރާވައިގެން ލާދީނީ އެމްޑީޕީއިން ވަނީ ފިތުނަ އުފައްދާފަ ދީނީ މީހުންގެ ބޮލުގައި މިކަންތައް އަޅުވައި ހަރުކަށި ނަމުގައި ދީނައް އުޅޭ މީހުން ހިފާ ހަްޔަރުކޮއް ޖަލައްލައި ލާދީނީ ކަންކަން މެކުހައް ޖެހޭތޯ

 6. އަބްދޫ

  ރާއްޖެއަކު ހަރުކަށި އަދި ކަށި ހަރު މީހުނެއްވެސް ނެތް. ހަރުކަށި މިކިޔަނީ ނަސީދު އެއީ ނަސީދު އުޅޭ ގޮތަށް އުޅެން ބޭނުންނުވާ ބަޔަކު ރާއްޖޭގަތިބީމާ. އިންޑިޔާއަށް ދެވިއްޖެ ނަމަ ސޫލާ ސިރާ ތައްޓެއް އތަށްލައިގެން އުޅޭކަށް އެމީހުން ބޭނުން ނުވީމަ މިކިޔަނީ ހަރުކަށި މީހުން. އަރިއަތޮޅު ހިމެންދޫމީހުން ވަކި މިސްކިތެއްހަދައިގެން ނަ،މާދުކުރާތީ އޭރުގެ ސަރުކާރުން ހަރުކަށި ފިކުރޭ ބުނީމަ އެފަިކުރަށް ތާއީދު ކޮށްގެން އެސަރުކާރާ ދެކޮޅަށް މީހުންނެރެން މަސައްކަތް ކުރީ ވެސް ނަސީދު. މާލޭގެ މަިސްކިތެއްގަ ވަކިޖަމާއަތެއްހަދައިގެން އުޅެންފެށީމަ ސަރުކާރުން އެކަންހުއްޓުވަން މަސައްކަތް ކުރިމަ އެކަމަދެކޮޅަށް ނިކުމެ އެމީހުނާއިގެ މަސައްކަތް ކުރީވެސް ނަސީދު . ވީމާ ހަރުކލަށި ފިކުރު ދިރުވަން މަސައްކަތް ކުރީ ނަސީދު ކަންއެންމެ ރަނގަޅަށް އެގޭނެ އެކަކީ ނަސީދު ކަން އެންމެ ރަނގަޅަށް ދަންނާނީ ވެސް ހަމަ ދިދީ

  5
  1
 7. ސސ

  ދީދީ އަކީ ބޮޑުތަކުރުފާނު ފަދަ ޤައުމީ ބަތަލެއް ރަގަޅު ވާހަކަ ދައްކާ ާާުާާުާާުާާުާާުާާުާާުާާާާުާާުާާުާާުާާުާާުާާުާގައުގެ ދަރިއެއް !

  3
  1
 8. އަބޫ

  މިފަހުގެ ތާރީޚްގަވެސް މީހަކަށް ބުނެވޭނެ އެންމެ ރަގަޅުބަސް ޑީޑީ ތި ވިދާޅުވީ. ﷲ ބަރަކާތް ލައްވާށި. އާމީން

  5
  1
 9. Anonymous

  މިކަލޭގެ ނުބައި އެޖެންޑާއެއް އެބޮތް. ހަރުކަށި މީހުން ނޫޅޭ ކަމަށް ބުނާން ތިއުޅެނީ. މީނާއަށް ފާރަވެރިވުން މުހިއްމު ނޫނީ މީނަ އަފްގާނި ސްތާނު ހޮހޮޅައަކަށް ފޮނުވަންވީ އޭރުން އެނގޭނެ ކުލީ މީހުންތޯ ނޫންތޯ

 10. މިނިކަށި ފިކުރު

  ސަލްޓަންޕާކު ބޮން ގޮއްވުމުން ޓޫރިސްޓުންނަށް ނުރައްކާތެރި ތަނެއްކަން ދައްކާ ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ ގެނުވާ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވަން އިސްވެ ހުރީކާކު. ހިންމަންދޫ މިސްކިތުގަބުރުގެ ވާހަކަ ބޮޑުކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލައްވާ ޓެރެރިސްޓުންނަށް މާފުދިނީ ކާކު. ދަރުމަވަންތަ މިސްކިތުގައި ވަކިޖަމާއަތްހައްދާ ޑޮޓްމީހުނަށް މެގަފޯނާއި އަޑުގަދަ ކުރާ ފޯރުކޮށްދިނީ ކާކު. ޓެރެރިސްޓުން ތަމްރީނުކުރާ މަރުކަޒުތައް ހުރިކަމަށް ބުނެ ރާއްޖެއަކީ ޓެރެރިސްޓުންގެ ހާއްޔެއްކަމަށް ދުނިޔެއަށް ސިފަކޮށްދިނީ ކާކު. އަންނި.. އަންނި.. އަންނި..