ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ވިދާޅުވެއްޖެއެވެ.

މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ސާފުކޮށްދޭން ޕީޖީން އޭސީސީގައި އެދުނީ މިދިޔަ 18 ވަނަ ދުވަހުއެވެ.

ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަމަދު ޝަފީއު "ވަގުތު" އަށް މިއަދު ވިދާޅުވީ، މި ހަފްތާގެ ތެރޭގައި ލިޔެކިޔުންތައް ދިރާސާކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ދައުވާކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

އެކަމަކު ސީދާ ތާރީހެއް އޭނާ ވިދާޅެއް ނުވެއެވެ.

އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.

އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ. މިއީ ސިޔާސީ ގޮތުން އޭނާ "ކަތިލަން" ކުރާ ކަމެއްގެ ގޮތުގައި މަހްލޫފް ސިފަ ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ވަކީލް

  އެއީ ތެދެއް ދެން ލަހެއް ނުވާނެ، ނިންމާނެ ގޮތަކީ ދައުވާ ނުކުރެވޭކަން، ދައުވާކުރެވޭވަަރަށް ހެކި ނެތްކަން. އެމް.އެމް.ޕީ.އާރް.ސީ.ގެ ދިފާއީ ވަކީލް ވަރަށް ރަނގަޅަށް އެ މަސައްކަތް ކުރޭ.

  14
 2. އަހުމަދު

  ބަލަންތިބޭ ތިނިމޭގޮތް. އުންސުރު ހަމަނުވެގެން އުޅޭހެން ހީވަނީ.

  13
 3. މުހަންމަދު

  ބަލަ، ތިވެރިންނަކަށް ނުކެރޭނެ މަހުލޫފާއި ކުޅޭކަށް.

 4. ހުސޭނުބޭ

  ގޮތެއް ނިންމަން 2 އަހަރު. އަދި ދަޢުވާކުރަން. 10 އަހަރު ނަގާނެ. ޝަރީޢަތް ނިންމާ ޙުކުމްކުންކުރަން 60 އަހަރު. އޯކޭ ވަރަށް ސަޅި ތިގޮތް.
  ރިހާކުރުފުޅި ވަގަށްނެގި ސޮރު ނަމަ މިހާރު އޮތީހީ އެކޮޅުކޮޅުން އެލުވާ އިދިފުށަށް ހަންދަމާފައި

 5. ޓަކަފިރޯށި

  އަވަސްކުރޭ! އަވަސްކުރޭ! މުޖުތަމައުއަށް ދޫވެފަ ހުރެގެންނުވާނެ!

 6. ޑރޯގާ

  އުންސުރުލިޔާ ފަންސުރުގެ ތުނޑު ބިނދިފައޮތީމާ ވާގޮތްއެއީ