ނޫސްވެރިންގެ ސަބަބުން ގައުމީ ސަލާމަތށް ނުރައްކާވާ ހިސާބަށް ގޮސްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރާއި ގުޅޭގޮތުން "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ޚަބަރެއްގެ މައްސަލަ ބަލައިދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މީޑިއާ ކައުންސިލްގައި އެދުނު މައްސަލައިގައި އެޑިޓާސް ގިލްޑުން ކަންބޮޑުވުން ފާޅުކުރި ހަބަރާއި ގުޅިގެންނެވެ.

އެގޮތުން ޝިފާއު ވިދާޅުވީ، މީޑިއާ ކައުންސިލް ފެއިލްވެ ދިވެހި ނޫސްވެރިކަން ފާލުން ނައްޓައި ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދިޔައިރުގައިވެސް، މީޑިއާ ކައުންސިލް އޮތީ ފުރުސަތުގެ އިންތިޒާރުގައި ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖުލީހުގެ ގާނޫނީ ޒިންމާއަދާ ކުރުމަކީ ނުފޫޒު ފޯރުވުންކަމަށް މާނަކުރުމަކީ މަޖުލީހުގެ ޤާނޫނީ ހުކޫމަތަކަށް އަރައިގަތުން ކަމަށާއި އެއީ އިތުރު ނުރައްކަލެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.

"މިފަދަ ނާތަހުޒީބީ ފަރާތްތައް ތަންފީޒީ މުއައްސަސާތަކުގަ ތިބުމަކީ ދައުލަތަށްއޮތް ނުރައްކަލެއް." ޝިފާއު ވިދާޅުވިއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ގާތްގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއާއި ގުޅޭ ގޮތުން ނޫސްތަކުން ހަބަރުތައް ހިއްސާ ކުރަމުން އަންނާތީ، ނޫސްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ކަމުގައިވާ އެމްޑީޕީގެ އިސްވެރިން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ރައްޔިތުން

    އިންޑިޔާ ގެ ސަބަބުން ގައުމަށް ނުރައްކާ ވަނީ . ކޮންމެހެން ނޫސް ވެރިންނޭ ކިޔާ އޮޅުވާލަން މަސައްކަތް ކުރާނެ ކަމެއްނެތް . ކަލޭމެންގެ މަކަރުވެރިކަން ވަރައްސާފު

    65
    1
  2. ޢަލިބެ

    ނޫސް ނެރުންމަނާ ކުރޭ

    32
    4
  3. ހަސަނު

    ގައުމީސަލާމަތައް ނުރައްކާވަނީ ނޫސްވެރިންގެ ސަބަބުންތޯ؟ނުވަތަ ވަގުން ގިނަވެފައި ޚިޔާތްތެރިންގެ ސަބަބުން! ދުނިޔޭގެ އެހެންގައުމުތަކުގެ ނޫސަތަކަށް ފުޅާދާއިރާއެއްގައި މިނިވަންކަން ދީފައިވާއިރު އެގައުމުތަކުގެ ސަލާމަތައް ނުރައްކާވެގެނެއް ނޫޅޭ ނުކިޔަވައިތިބި ޖާހި މީހުންނާސް އެގޭނެ އެއްވެސް ކަމެއްނޯންނާނެ!އިހަވަންދޫ މެންބަރަކީވެސް ކަޑާލިގޮތައް މަޖިލިހަށް ވަތްމީހެއް އެގޭ އެއްކަމެއްވެސްނެތް!ރޯނުއެދުރެއް!

    52
  4. ޙހހހ

    ފާލުން ނެއްޓީ ކަލޭމެން ކަހަލަ ޤައުމީ ކުލުނެއް ނެތްބައެއް ، ކަލޭމެން ހީނުކުރާތި ތިގޮތުގައި ދާއިމަށް ތިބެވޭނެ ކަމަކަށް ، ފައިސާ އާއި މަޤާމުގެ ދަހިވެތިކަމުގައި އިންޑިއާއިން ފައިސާ ނަގާގެން ތިތިބެނީ ސަލާމަތް ނުވެވިފަ

    48
  5. ހުސޭނުބޭ

    ކަލޯމެން ހެއްދެވިހައި ދޮގެއް ހެދިއިރު ޤައުމީ ސަލާމަތް ކިޔާއެތި އޭރު ނުވިހަނީތަ؟
    ބުއްޅަބެ ގޮވާނެގި ރާއްޖޭގައި ޗައިނާ އަޝްކަރީ ބޭސްއެއް ހަދާފިޔޭ ވެސް.
    އަޅެ ކަލޯމެންގެ ވެރިކަމުގައި އެބުނާ ޢަޝްކަރީ ބޭސް ދައްކަންވީނު

    47
  6. އަހުމަދު

    ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ބަޔަކު އެންމެ ހަނގު ކުއްޖާވެސް ދަނޭ. ނޫސްވެރިންތަ އިންޑިއާ ސިފައިން މިތަނަށް ގެނެސް އިންޑިއާ ބުނާހަ ގޮތަކަށް ތެޅިފޮޅެނީ؟

    43
  7. Anonymous

    ތިކަހަލަ ގަމާރުން ބަސް ބުނަން ނިކުތީމަ ވާނެ ހައެތި މިވަނީ. ތަނެއް ދޮރެއް އެބަ އެނގޭތަ ކަލެއަށް

    38
  8. ޢިޔާބު

    މޑޕ ގެ ސަބަބުން ގައުމު ހަލާކިވަނީ. އޮރިއަރާފަ ހުއްޓަކަސް ވާނުވާއެއް ނޭގޭނެ

    39
  9. ކޮތަރު

    ކަލޯ ޔިޔާ ވަރަށް ތަހުޒީބު މީހެއްތަ. ތިމާއަށް ދެއްކޭވާހަކަ ވެސް ފަހުމުނުވޭ. އުޑެއްބުޑެއް ނޭންގޭ ގަމާރުންތަކެއް އިންޑިޔާބޭނުންވާގޮަތައް ގާނޫނޫތައް ހަދާފާސްކުރަން ގަނެލާފަތިބި ނާތަހުޒީބު ޢިއްޒަތްތެރި ގަމާރުން ތިޔާ. ނޫސްވެރިން ބޮލަށް ޖަހާކަށްލަދުކޮބާ. ޔާﷲމިމުނާފިގުންނާއި މިމީހުންނަށް އެހީތެރިވާ ޔަހޫދީންގެ ކިބައިން މިގައުމު ސަލާމަތްކޮށްދެއްވާންދޭވެ. އާމީން.

    35
    1
  10. ބޭބެ

    ކަލޭ ހަމަހޭގަތަ ތިހުރީ ނޫނީ ބުރާންތިވެފަތަ؟ ނޫނީ ބަނޑުގޮހަރަށް ލައްޑޫ ދިރުވާލައިގެންތަ؟ ނޫސްވެރިންގެ ސަބަބުންތަ ގައުމީ ސަލާމަތައް ނުރައްކާވަނީ ނޫނީ ރާއްޖޭގެ މިނިވަންކަމާ އަމިއްލަ ވަންތަކަމާއި އަމިއްލަ ފަސްގަނޑުގައި އަމިއްލަ ބާރު ނުހިނގާގޮތަށް ގާނޫނުތަކާ ޚިލާފަށް މިސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުންތޯ ގައުމީ ސަލާމަތައް ނުރައްކަވަނީ!! ނިކަން ވިސްނާލަބަލަ! އެއްބަސްވުންތައް ހަދާ ރައްޔިތުންނަށް އެފޮރުވައިގެން ރައްޔިތުންގެ މަޖްލީހަށްވެސް ނުދައްކާ އުޅެނިކޮށް އޭގެތެރެއިން ބައެއް އެއްބަސްވުންތައް ލީކްވެ ނޫސްތަކުން އެރައްޔިތުންނާ ހަމަޔަށް ގެނަސްދޭތީތޯ ތިއުޅެނީ މޮޔަވެގެން؟ އެއްބަސްވުންތައް ހާމަވީމަ މިއެނގެނީ ހަދާފައި ހުންނަ ގޯސްތަކާ ގައުމަށް ޣައްދާރުވެފައިވާ މިންވަރު! މިއެންމެނަށް ހައިކޮމިޝަނުން ލައްޑޫ ކާންދީފަ ދިވެހިންނާ ދެކޮޅަށް ދިވެހިން ނެރެގެން މިއުޅެނީ!

    33
  11. 2023ޔާން

    2023 ޔާމިން

    29
    1
  12. ހުދު ހުދު

    ދަންނައޭ ފާޑުފާޑުގެ ތަންދޮރުނުދަންނަ މިސް މީހުން ރައްޔިތުންގެ ބަސް އިއްވަން ނެރުނީމަ ވާނީމިހެން. ނޫސްވެރިނ ތިބި ކުރިންވެސް.. އެމީހުނގެ ސަބަބކުން ޤައުމަށް ނުރައްކަލެއްނުވޭ. ހިތައް އަރާ މިމީހުން ކިޔަވަން ދާނެނަމައޭ... މަވެސް ކިޔވަން އެބަމިހަަރު

    30
  13. ފަރޫ..

    ނޫސްވެރިންގެ ސަބަބުން ގައުމީ ސަލާމަތައް އޮތް ނުރައްކާ ފަޅާއަރަނީއޭ ކިޔާބަލަ....

  14. ޔަމަހާ

    ގައުމީ ބޯޑު ނުރައްކަލަކީ މޑޕ ނަށީޑުފެކްށަންގެ ސިޔާސީ ގައްދާރުން

  15. ހަސަންބޭ

    މީނަ ވައްތަރީ ވާރޭފެން ތިއްކަށްއެދި ކަރުމައްޗައް ޖަހައިގެން އޮންނަ މާކަނައަކާ!

  16. ޓަކިބެ

    ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ނޫސްވެރިންގެ ސަބަބުންނެއް ނޫން. ކަލޭމެން އިންޑިއާ އަތުން މިލިއަނުން ޑޮލަރު ހޯދައިގެން އިންޑިއާއަށް މިގައުމު ވިއްކާލަން އުޅުމުން ގައުމީ ސަލާމަތަށް ނުރައްކާވަނީ. އެކަންތައް އޮއްބާލަން ކޮންމެހެން ނޫސްވެރިންގެ ބޮލުގަ އިލްޒާމު އަޅުވާނެކަމެއް ނެތް.

  17. އަހްމަދު

    ދެއުޅިއެއްނުވާ ކޮންމެ ތަނަކަށް އަނގަބާނާ އަދި ނިޒާމީ ނުގުތާ ނަގަން ވަދެ ތިބިމެންބަރުންގެ ސަބަބުން ނުރައްކާ ނުވޭބާ!!

  18. ވަޓްއަޖޯކް

    ދެން ނެތޭނުން ޕަބްލިކުގައި އަނގަހުޅުވާލާ އެއްޗެއް ބުނެވޭކަށް އެ އަޑު އިވޭ ކޮންމެސް މޮޔައަކު ކުރާ ކޮންމެ ކަމަކަށް ބަސްބުނާ މީހާ ޒިންމާވާން ޖެހެންޏާ ، މި އުސޫލުން ވާހަކަ ދައްކަންޏާ ޔާމީނެއް އަދުރޭއެއް އިބޫއެއް އަންނިއެއް ގޯސްކޮށް އެއްގޮތަކައްވެސް ފާޑު ކިޔޭކަށް ނެތޭނުން ކީއްކުރާ ސިޔާސީ ޕާޓީތަކެއް ރަސްކަލަކު ހޮވާފަ އަނގަ ހިމޭނުން ލައިގެން ތިބެންވީނުން އެންމެން އެއްވެސް ހަމައެއް ގަބޫލުކުރާ ބަޔެއް ނޫން މީކީ އަބަދުވެސް މަގޭ އަމިއްލަ އެދުން އިސްކުރާ ފިކުރު ފިކުރަކީ

  19. އަބްދޫ

    ދިވެހި ސަރުކާރުން ސި އްރީޔާރުގަ ރަ އްޔިތުންގެ ލޯތަކަށް ސި އްރު ކޮށްގެން އިންޑިޔާ އާ އެކު ހިންގާ އަމަލު ތަކުގެ ސަބަބުން ގައުމެ އްގެ ގޮތުގަ ދިވެހި ރާ އްޖެ އޮތުމާ މެދު ސުވާލު އުފެދިފަ އިވާ އިރު ނޫސްވެރިންގެ ތެރޭ ހިމެނޭ މަދު ބަ އެ އް ގެ ހިންމަތްތެރި މަސަ ޢްކަތް ނެތްނަމަ ދިވެހި ރާ އްޖެ ކިޔާ ގަ އު މެެ އް ދުނިޔޭގަ ނެތީސް .ޢެކަމަކު ތިގޮތަށް ފެންނަނަމަ އަނދިރިކަމެ އް މެދުވެރި ވެފަ އިވާކަމަށް ވެދާނެ ހަމަ ވިސްނުން ކުރިޔަށް ނެރު އްވަވާ.

  20. Anonymous

    ދިޔަރެސް އުވާލާފަ އަޒާނު މަ އްޗަށް އުމުރުދުވަހުގެ ޖަލުހުކުމެ އް އި އްވާ

    1
    1
  21. ބަރަނި

    އެހެންނުވާނީ ދުނިޔެއިން ބޭރުންނޭ މިމިތިބަމީހުން ކިޔެވީ ވާއެއް ނުވާއެއް އެނގޭ އެއްޗެއް ނޭނގޭ އެއްޗެއް ނެތް ހުރިތާހުރި ބޮޑު ޅޮހެއް.

  22. އަލީ

    ހުރިހާ ސޯޝަލް މީޑިޔާއެއް ވެސް މަނާކުރަން ދެންފެންނަނީ. އޭރުން ސަރުކާރަށް ވެރިކަން ކުރެވޭނީ.

  23. މިމީހާ

    މީދެން އަޅެ ކާކުތަ . ރައް ޔިތުން ނަ އް ތިވާނީ ހަރާން ކޯރު . އިންޑިޔާ އައް ދެ ބަލަ ކަލޭ

  24. ނޫސްވެރިން

    އެމްޑީޕީ.އިން އަޑެއް ބާރު ލާފަ ބުނި މިނިވަން ނޫސް ވެރިކަން. މިހާރު ނޫސްތައް ފުނޑާލަން ނިކުމެ

  25. ކިޔުންތެރިއެއް

    ތިޔަ އިއްޒަތްތެރި ކަމަށް ދައުވާކުރާ މެންބަރުންނާހެދި އާންމު ރައްޔިތުންގެ މިނިވަންކަމާ އިސްލާމްދީނަށް އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް މާބޮޑަށްގޮސްފި. ވޯޓު ހޯދަންވީމަ ރައްޔިތުންފެނޭ ގޮނޑި ލިބުނީމަ ރައްޔިތުންގެ ކަރަށް ގޮނޑި އަމުނާގެން ރައްޔިތުންގެ ރުފިޔާއިން މުސާރަ ހިއްޕެވުންއޮތީ. ދުނިޔެ ތިއޮތީލިބިފަ.

  26. ޚަލާސް

    އެމްޑީޕީއަށް ވާގިދޭ ކޮންމެ އިންސާނަކީ މި ޤައުމަށް ހުރި ނުރައްކަލެއް،

  27. ހުސެންދީ

    ނޫސްވެރިންނަށް ބޭނުން އެއްޗެއްލިޔެވެން ޖެހޭނޭ ކަލޭމެން އެމްޑީޕީ މީހުން އިކޮޅުގައި ތިބޭއިރު. ވެރިކަމުގާ ތިބޭއިރު ނޫސްވެރިންގެ އަނގަމަތީ ޓޭޕް އަޅަން ޖެހޭނީ.

  28. Anonymous

    މިކަހަލަ އުޑެއް ބުޑެއް ނުދަަންނަ ދަންނަކަމައް ހެދިގެން އުޅޭ ލާދީނީ މީހުންގެ ފަރާތުން ހުރިހާ ނުރައްކަލެއް ކުރިމަތި މިވަނީ މިކަމެއްތި ރައްޔިތުންނައް. މިކަހަލަ ލާދީނީ ދޮޅުރޯނާއިން ބަކަރިކޮއްޓައް އިސްކުރީމަ ވާ ގޮތް މިފެންނަނީ.

  29. ނަސީ

    މީގެ ދުވަސް ކުރިން ނޫސް ވެރިކަމުގެ މިނިވަންކަމޭ ބަޑޭ ގޮވިހަދާ އެބަހުރި މިހާރު ހަމަ އެގަތަކުން މިހާރު ކޯޗެއް މިކިޔަނީ ، ދިވެހި ރައްއިތުން ވަރައް ބޯރަގަޅުވާނެ 2023 ގައި މޮޅުވާހަތައް ކިޔައިގެން އަޔަސް ވޯޓް ނުދޭނަން ، އިންޑިވިޖުއަލް ކެޑިޑޭޓް މިފަހަރު ހޮވާނީ އޭނާނުހުންނާނެ އެއްވެސް މީހަކައް ދަރާފަކައި ވެރިކަން ކޮއްލެވޭނުން އެއްވެސް ނުފޫޒެއް ނެތި

  30. ޢަހު

    މީނާ އަށް ނޭނގުނު ޤައުމަށް ނުރައްކާ އޮތީ ކޮން ބަޔެއްގެ ފަރާތުންކަންވެސް.. މިއީ ބީތާ އެއް