މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ބޭރަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދާމާ ފޮނުވުމަށް ނިންމާފައިވާ ކަމަށާއި ޕޯސްޓޯމޯޓަމް ހެދުމަށް ނިންމާފައިވަނީ އިންޑިއާއިން ކަމަށެވެ.

ރަޙީނުކުރުމަށް ފަހު ބޮޑެތި އަނިޔާތަކެއްދީ މަރާލާފައިވާ، އޮއްވާ ފެނުނު އުމުުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ނަމަވެސް ދައުވާކުރަން ފޮނުވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

ތަހުގީގަށް ލިބިފައިވާ ބައެއް ކުރިއެރުންތަކަށް ބަލާއިރު، ކުއްޖާ ފެނުނުތާ މާ ގިނައިރުތަކއއް ނުވަނީސް މައްސަލައިގެ ތުހުމަތަށް 27 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންދާ ޤާނޫނު

    ކޮބާތަ ބޭނުމަކީ ހެޔޮނުވާނެ އެކުއްޖާޔަށް އަނިޔާ ނުދީ ވަޅުލަބަ. ދިވެހި ދައުލަތަކަށް ހޯދާ ދެވޭނެ އެއްވެސް އިންސާފެއް ނޯންނާނެ . ހަމަ އިތުރަށް އަނިޔާދޭނީ. ނިކަމެތި އާއިލާއެއްގެ ކުއްޖެއް. އިންސާފު ހޯދުނުނަމަ އަފްރާޝީމް މަރު ކޮބާ؟ ޜިލްވާން މަރު ކޮބާ ؟ ސޮލާހުގެ މަރު ކޮބާ؟ ކިތައްއަހަރު ފާއިތުވެގެން ހިނގަޖެއްތޯ؟