ރާއްޖޭގައި ހަދާ ފުރަތަމަ ސެޓެލައިޓް ސްކޫލް ވާވު އަތޮޅުގައި ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރަނީ ވ. ރަކީދޫ އަދި ވ. ތިނަދޫ ސްކޫލް ކަމަށާއި އެކަމާއި ބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

ވާވު އަތޮޅުގެ ދެ ސްކޫލެއް ސެޓެލައިޓް ސްކޫލަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު، މި މަޝްރޫއުއަކީީ 4.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެގޮތުން ރަކީދޫ ސްކޫލްގެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާ ކޮށްފައިވަނީ 2.8 މިލިއަން ރުފިޔާއެވެ. އަދި ތިނަދޫ ސްކޫލްގެ މަޝްރޫއުއަށް ހަރަދުވާނެ ކަމަށް ލަފާ ކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއެވެ.

ވ. ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ވ.‏ ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިލްވާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުތަކުގައި މިއަދު ސޮއިކޮށްފައިވާއިރު، މަޝްރޫއުތައް ނިމޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ނ

  ތިޔަ އިސް ކޫލް ތަކ ކުގައި 50 ކުދިން ނުތިބޭނެ
  ޙެ ހެ

  • ޜަ

   ޜައްޔިތުންގެ ލޮލުގަ އަނދުނެއް އެޅުވިއްތާ ކަމެއް ނުވިޔަސް.

 2. ސަމްޕަތު

  ދެ ސްކޫލް އެއްކޮށްގެންވެސް 30 ކުދިން ހަމަވިޔަސް ސާބަސް. ދެން ތިވެސް އޯކޭ ދޯ . ތިނަދޫ ، ރަކީދޫ އޮންނަކަން އިނގުނުކަން ރަންގަޅު. ކަތީބުންގެ ހުދުމުހުތާރުކަން ތީގެންވެސް އިންގެން އޮތީ..... ވަރަށް ވާހަކަ

 3. ޢާބާދީ

  ޜަށުގެ އާބާދީ އިންތިހާޔަށް ކުޑަ ތަނެއްގައި ބޮޑެތި ހަރަދު ކުރުމުގެ ބަދަލުގައި އެ އަތޮޅުގެ އެއްރަށް ބިން ބޮޑުކޮށްލާފަ އެންމެން އެރަށަކަށް އާބާދުކޮށްފަ ދެން ތިކަހަލަ ކަންކަން ކުރީމާ ދެމެހެއްޓެނިވި ގޮތެއްގައި މުސްތަގުބަލުގައި ސަރުކާރާ ލުއިތަކެއް ވާނީ.

  3
  1
 4. އައްބެ

  ސެޓެލައިޓް ސްކޫލް، މޯބައިލް ސްކޫލް، ވަޔަލެސް ސްކޫލް، ރިމޯޓް ސްކޫލް، ޑިޓެންސް ސްކޫލް، އޮންލައިން ސްކޫލް މިހިރީ ކިޔަން ރީތި ނަންނަން. މި ކޮވިޑުގެ ސަބަބުން އެންމެން މިޔަވަނީ އޮންލައިންކޮށް އިންޓަރނެޓް ނޫނީ ފޯން މެދުވެރިކޮށް. ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް. މާދަމާ އަނެއްކާ ޓެލެމެޑިސިން ހޮސްޕިޓަލް ނުހުޅުވާނެބާ؟؟

 5. ސޮނިބޭ

  ސެޓެލައިިޓް ސްކޫލަކީ ކޮންވައްތަރެއްގެ ސްކޫލެއްތޯ؟ ތިޔަ ދެތަން ހަދަނީ އެއްބައެއްގެ ދެކުންފުނިން.

 6. މިތުރާ

  ސެޓުލަޢިޓު ސްކޫލް އެ އްތަ؟! ގަ އުމުގެ ޖީލު އުޅެނީ މިހާރުވެސް ސެޓުލަ އިޓުގަ، އެމީހުން ނަ އްހާސްސަކޮށްގެން އިސްކޫލެ އް އަޅާބަލަ، ހުކުރު 7ދުވަސް ވަކިކުރަން އެގޭ ތޯ!