ކޮވިޑް-19ގެ ސަބަބުން އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކަކާއި އެކީ ހިތަދޫގެ ހާލަތު ގޯސްވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި ކޮވިޑް ވޭދަނަތައް މަދުވުމާއި ގުޅިގެން ކައުންސިލުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައެވެ. އެގޮތުން ކާފިއު ވަގުތހ ގަޑި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކުރު ކުރުމާއި، ޖަމާއަތް ނުހަދާ ނަމާދުކުރުމަށް މިސްކިތްތައް ހުޅުވާލުން ހިމެނެއެވެ.

މިލުއިތަކާއި އެކީ ހިތަދޫގެ ހާލަތުވަނީ ގޯސްވެފައެވެ. އެގޮތުން އިތުރު 14 މީހަކު ފައްސިވެފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

އެސެންޓަރުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ފައްސިވު މީހުންގެ ތެރެއިން ތިން މީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހުންނެވެ. ދެން ފައްސިވެފައިވާ މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންނެވެ.

ހިތަދޫ ފިޔަވައި ދެން ކޮވިޑްގެ ހަރަކާތްތެރި ވޭދަނަތައް އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 10 ވޭދަނަ އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫން މިހާތަނަށް ފައްސިވި މީހުންގެ އަދަދު 484 އަށް އަރާފައިވާއިރު، ހަރަކާތްތެރި ވޭދަނަތަކުގައި މިވަގުތު އުޅެނީ 59 ވޭދަނައެވެ. އައްޑޫން މިބަލި ޖެހުނު 423 މީހަކު ރަނގަޅުވެފައިވާއިރު، ދެ މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފައެވެ.

ފިޔަވަޅުތަކަށް ލުއިތައް ދިން ނަމަވެސް މާސްކު އެޅުމާއި، ގައިދުރުކަމަށް އިސްކަންދިނުން ފަދަ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިސާބު

    ފިޔަވަޅު ތަކުގެ ނަތީޖާ ފެންނަން ފަށާނީ ދިހަ ދުވަސް ފަހުންނެވެ. ދޭ ލުއިތަކުގެ ގެއްލުންވެސް ފެންނަން ފަށާނީ ދިހަ ދުވަސް ފަހުންނެވެ.
    ކިހިނެއް ހިސާބު ހަދާބައެއްތަ؟

  2. ޙާލަތު

    ދެން ތިބުނަނީ މިސްކިތްތައް ހުޅުވާލީމައޭތަ ޙާލަތު ގޯސްވީ؟!!! އެހެނެއްނޫން ވަނީކީ ދެކޮޅު ނުޖެހޭ ނިންމުންތައް ނިންމޭ ކަމެެއް ނޭނގޭދޯ!!! ބަލާބަލަ ކަރަންޓީން ނުވެ ކިޔަތައް މީހުން ރަށަށް އެރިތޯ އެޗްޕީއޭގެ ލުއިތަކާއެކީ.

  3. ާއަނދޫ

    ވަރަށް ހަރުދަނާކަމާއެކު ކަންކަން ބަލަންއެބަޖެހޭ
    ދެވޭ މައުލޫމާތު ވަރަށް ސައްހަ ވާންޖެހޭ

  4. އަބޫބަކުރު

    ލުއިދިނީ ވަކިކަމަކަށް ޓަރގެޓް ކޮށްގެން! އަނެއްކާވެސް އިންޑިއާގެ ކަރަންޓީން ހަބު ހުޅުވާލަނީ މިޖުލައި މަހުގެ 15އިގަ! މިއަންނަންއުޅެނީ އިންޑިއާގެ ގެސްޓުންނޯލަ! އެކަމަކު އެޖެންޓް ވިއްކާ ތަޢާރަފުކުރާ ޕެކޭޖަށް ކިޔަނީ ކަރަންޓިން ޕެކޭޖް. 15 ދުވަސް ވާންދެން ރިސޯރޓެއްގައި ނޫނީ ގެސްޓުހައުސް އެއްގައި ތިބެފައި މިމީހުން ފުރައިގެންދަނީ ޢަރަބި ޤައުމުތަކަށް. މިއީ ޢަރަބި ޤައުމުތަކުގައި މަސައްކަތް ކުރާ 3 މިލިއަނެއްހާ މީހުން. މިމީހުންނަށް ސީދާ އިންޑިއާ ފުރައިގެން އަރަބިއެއްވެސް ޤައުމަކަށް ދެވޭކަށް ނެތް. ލުއިތައް ނަގާ! މުޅީންވެސް އޮޅުވާލުން މަކަރާއި ޙީލަތުން ރައްޔިތުން މަގުފުރައްދައިގެން ސަރުކާރުން މިއުޅެނީ!