ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ އިސްލާހުތަކަށް ތާއިދު ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއިން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ވަނީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައެވެ.

އާންމުންގެ ތެރޭގައި ކަންބޮޑުވުން އުފެދިިފައިވާ މި ބިލް ވީހާވެސް އަވަހަކަށް ފާސްކުރަން ބޭނުން ކަމަށް މަޖިލީހުގެ ސުޕާމެޖޯރިޓީ އޮތް އެމްޑީޕީއިން ދާދި ފަހުން ބުނެފައިވެއެވެ.

އެމްއާރްއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ޤާނޫނުލްޢުޤޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް ތާއީދު ނުކުރެވޭ ކަމަށް ޕާޓީގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"އެ ބިލުގައި ހުރިކަންބޮޑުވުންތައް ސަރުކާރާއި ޙިއްސާ ކުރުމަށް ވަނީ ނިންމާފައި" އެމްއާރްއެމް އިން ބުންޏެވެ.

ބިލަށް ކޮމިޓީން ގެނައި އެއް އިސްލާހަކީ އާގީދާއާ ގުޅިގެން މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް އޮތް އިސްލާހެވެ.

އޭގެ ބަދަލުގައި ވަރަށް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވާ މާއްދާތަކެއް ބިލަށް އިތުރުކުރިއެވެ. މި ގޮތުން އިސްލާމް ދީނުގައި ހިމެނޭ ކަންކަމުގައި އިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ ކަމެއްގައި ވަކި ގޮތެއް މީހަކު ނެގުމުން އޭނާ ކާފަރު ކުރުމުގެ ތުހުމަތުކޮށް އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ކުށެއް ކަމުގައި ލިޔުނެވެ.

ބިލުގެ ފުރަތަމަ މާއްދާގައި އޮތީ އާންމު ތަނެއްގައި އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމަށް ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް މީހަކާ ދިމާއަށް ބުނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތުމެވެ.

އެހެން އޮތުމުން އާންމުންނާއި އިލްމުވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތެވެ. އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ދީނީ ނަސޭހަތް ދިނުމާއި މުންކަރާތްތައް ނަހީ ކުރުމާއި ދީނާ ޚިލާފު ކަންކަން މީހަކު ކުރުމުން އެ ކަން ހުއްޓުވަން ބާރު އެޅުމާއި ޚިޔާލު ފާޅު ކުރަން ހުރަސް އެޅިދާނެ ކަމުގެ ކަންބޮޑުވުން އުފެދުނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލޫޓުވާ

    އިސްލާދީންދެކެ ލޯބިވާ މީހެއްނޫންތީ. ދުނިޔޭގެ ކަންތައްތަކުގަ ހައްދުން ނެއްޓިފަ،

    17
    1
  2. ވިސްނާލުމަށް އެދެމޭ

    މައުމޫނުގެ ސްޕީޑް...އަދި ކިރިޔާ ބިލު ރަގަޅަށް ކިޔާލެވުނީ...ނަސީބު 2023ގެ ކުރިން ކިޔާލެވުނު ކަން...

    24
    3
    • ހޭލީދެންމެ

      އޭތް އެއީ ކޮން ބިލެއްގެ ވާހަކައެއް އެދައްކަނީ. އަޑުއެހިތާ މިހުރީ.

  3. ހުދު ހުދު

    ނުދަންނަން އެ އާރު އެމްއެއް. އެއީ ކޯޗެއްތަ؟ އަހަރުމެން މާމަ ކާފަ މެން މުސްކުޅިވީމަ އިހައްދުވަހުވެސް އެންގި އެމް އާރު އައި ކިޔާ އެއްޗެއްހަދަން..

  4. މަސްއޫދު

    މިނުލަފާ މީހާ އަދި ދީނުންވެސް ބޭރުވާނެ! ދަންނަވަންތޯ މިއީ ހައިރާންވާންޖެހޭ ކަމެއްނޫނ! އަންހެނުން ހިޅާބުގެ ތެޜގައި ތިބުމްކީ ކޮންމެހެން ބޭނުން ކަމެއްނޫނޭ! ދަރިއަކުވެސް އބިބިމީހާވެސް ހުންނަނީ އޮރިޔާން ހާލުގައި! މީނާ ކުރާކަމަކީނުޖީމޫ އިލްވެރިން ކުރާކަންތައް!

  5. .....

    ކަލޯގެވެރިކަމުގައިކަންކުރިީކިހިނެތް

    2
    1
  6. ބާޠިލު

    ތިޔަ ބިލަކީ އުފެދުމުގައިވެސް ބާޠިލުވެފައި އޮތް ބިލެއް. ރައްޔިތުން ބަލައިނުގަންނަ ގާނޫނަކުން ރައްޔިތުންނަކަށް އަދަބެއް ނުދެވޭނެ. ލާދީނީ ވެއްޖިއްޔާ ލާދީނީ ކިޔާނެ.

  7. ޢބްދުއްﷲ

    ނަފްރަތުގެ ބިލްގެ އިސްލާހުތަކަށް އެމްއާރްއެމްގެ ތާއިދެއް ނެތް!

    ( ޖުލައި 4, 2021 )

    އީމާންތެރިކަން ނަމާދަށް މުނާފިގުން ތެދވާ ގޮތާ ވަރައް ކައިރި ކޮއްފިތާ؟

    إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا [ البقرة : 9 ]

  8. ރަނާ

    ބުރުގާ ނާޅާ އުޅުމަކީވެސް އިސްލާމް ދީނާ ޚިލާފުކަމެއް،
    އެހެންވީމާ މީނައަކަށް އެއަކަށް އެއްޗެއް ބުނެވޭކަށްނެތް.

  9. .....

    ކަލޭވެރިކަމުގައިކިހިނެއް ކަންތައްކުރީ

  10. އާސިދާ

    ސާބަސް މަ އުމޫން ތިޔައ އީ ގަ އުމުދެކެލޯބިވާ ވެރި އެއ އް ހިކުމަތް ތެރިކަމާ އި އެކު ބަސް ބުނު އްވާތި ދީނުކުރާތި ...ތިޔަ އީ ސަމާސާ ކަމެ އްނޫން ފަ އިސާ އަކީ ހުރިހާ އެ އްޗެ އްނޫން...

    1
    1
  11. ަަަަަަަަަައަބުދު

    ކަލޭތީ މިގައުމުގެ އަސްލު ހަލާކު ރިސްވަތު' ރައްޓެހިންނަށްބެހުން' މިނިވަންކަމުގެ އަގުވަޒަން ނުކޮށް ސަލާންޖަހައިގެން އިމާރާތްކުރުން ނާއިންސާފު ' ދީނޭ ގައުމިއްޔަތޭ ދުލުން ކޮއްމެދުވަހަކު ކިޔަމުން ކޮއްމެ ދުވަހަކީ ދީނާ ގައުމިއްޔަތާ ދުރަށް އަމަލީގޮތުން ގެންދިޔަމީހެއް.

  12. ބުރުގާ

    ޕާޓީގެ ބޮޑުނަށް ދީފައިވާ ބިޔަ މަޤާމްތައް ގެއްލިދާނެތީ ކުޑަކޮށްވެސް ޖެހިލުމެއް ނުވޭތަ މައުމޫން

  13. ަަަަަަަަަައަބުދު

    މީނަޔާ މީނަ ކާރީގަ އުޅޭ މީހުންނާ ހަގީގަތް އިހުސާސް ވުމާދުރުވެފަވާ މިންވަރަކީ މިމީހުން ހީކުރަނީ ިމިގައުމުގެ މީހުންނަށް މިމީހުންގެފަރާތުން މިގައުމު ވެއްޓިފަ މިއޮތް ބޮޑު ފުން ކަރެޕްސަންގެ ސުންޕާ އަނދިރި ވަޅުގަނޑު ނުފެންނަކަމަށާއި އަދިވެސް ތިމަންނަމެންނައް ރައްޔިތުން ގަދަރާއި އިހުތިރާމް ކުރާކަމުގަ.