މާލެ އިން އިތުރު 26 މީހުންނާއިއެކު ރާއްޖެ އިން ޖުމްލަ 127 މީހުން މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 79 މީހުން ފައްސިވިއެވެ. އަދި ރިސޯޓްތަކުން އިތުރު ހަމީހުންނާއި ހަދަމުންދާ ރިސޯޓްތަކުން ތިން މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 13 މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު 4641 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.74 މީހުންނެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 39 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 3227 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 21 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މާލެ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މެއި މަހު 2000 އާއި ކައިރި ކުރި ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ޖޫން މަހުން ފެށިގެން މަދުވާން ފަށާފައެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ 19 ވަނަ ދުވަހެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެގޮތުން ގދ.ތިނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ހއ.ދިއްދޫން ގިނަ ބަޔަކު އަންނަނީ ފައްސިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު