ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރޭގައި ދިވެހި ފިރިހެނަކު ވެސް ހިމެނޭ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ދަނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެއްޖެ އެވެ.

މި މައްސަލާގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ކުއްޖާ އިސްތިހާރުކޮށް ވިއްކުމަށް ވެބްސައިޓެއް ހަދައި ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެއްގެ އިތުރުން ދިވެއްސެކެވެ. މިހާތަނަށް އެކި ތުހުމަތަށް 32 މީހަކު މި މައްސަލާގައި ހައްޔަރުކޮށްފައި ވެއެވެ. ކުއްޖާގެ މަންމަ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އޭގެ އިތުރުން ބޯޓެއްގެ ކެޕްޓަނަކާއި ކުރޮޅި ޑްރައިވަރަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ އަށް ކުރާ ތުހުމަތުތަކެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށިވިއްކުވުމުގައި ކުއްޖާގެ މަންމަގެ ބޮޑު ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހްގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.

"މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ވެބްސައިޓަކާއި މީސް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަން އިސްތިހާރުކޮށް ކުއްޖާ ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދިޔަ" ފުލުހުން ވިދާޅުވިއެވެ.

ލަންކާގެ ނޫސްތަކުން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނީ މި ބޮޑު ކުށުގެ ތުހުމަތަށް އިތުރު 12 މީހަކު ހައްޔަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިސް

    ދިވެހިން ނަކީ ވަރައް ކުޅަދާނަ ބައެއް

    17
  2. ހުސެން

    މިވެސް ކިހާ ހަރުކަށިކަމެއް

    13
    1
  3. ބަކުރުބެ

    މިރާއްޖޭގައި ނަމަ ތިޔަމީހަކު ގަދަރާ ޢިއްޒަތާއެކު އެމީހެއްގެ ގައުމަށް ފޮނުވާދޭނީއެވެ ޚާއްޞަކޮށް ބަންގާޅީންނެވެ

    25
    1
  4. ރަން ރީނދޫ

    ސަރުކާރަށް ނާންގާތި،ދީފާނެ މިނި ސްޓަރުކަންވެ ސް.

  5. ރޮވިއްޖެ

    ވަރަށް ހިތާމަވެރި ލަދުވެތި ޚަބަރެކެވެ. އެފަދަ ނުބައި ޢަމަލުތައް ކުރަން ހެޔޮނުވާނެއެވެ. މައުޞޫމް ކުއްޖެއްގެ ޢިއްފަތްތެރިކަން ނީލަމުގައި ވިއްކުމުގައި ބައިވެރިވީ ދިވެހި މީހާއަށް ވެސް ޙައްޤު އަދަބު ލިބުމަށް އެދެމެވެ.

  6. Anonymous

    އުމުރު ޙަމަނަމަ އޯކޭކަމެއްތަ އެއީ😳

    1
    1
  7. އަބޫބަކުރު

    ލަންކާގައި ތިހާވަރު ކަމެއްކޮށްލެވޭނީ ފުދޭވަރަކަށް ލިންކް އެޅިގެން! ތިކަމުގައި ނެތެއްނޫން ދެން އިތުރަށް ބުނެވޭނެ އެއްޗެއް! އަމާ ބާޒާރަށް ދަރިވިއްކަން ނިކުތީމާ ބްރޯކަރުން އެކަން ކޮށްދޭނެ! ފައިސާހޯދާކަށް މިހާރަކުނެތް ގޮތެއްފޮތެއް. ތިޔަކަހަލަ ކިތަންމެ ބަޔަކު ލަންކާގައި ދިރިއުޅެމުން އެބަދޭ! އެހެންނަމަވެސް ހިތާމަޔަކީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީމަ! ތިފަދަ ދަށުދަރަޖައިގެ ކަންތައް ކުރާ މީހުން ރަގަޅުވާނީ އެތަނެއްގައި އޮންނަ ޤާނޫނެއްގެ ތެރެއިން ލިބެންވާ އަދަބު ލިބެން ދޫކޮށްލީމާ! އެހެންނޫނިއްޔާ ސަރުކާރުގެ ޚަރަދުގައި އެތައް ފައިސާއެއް ޚަރަދުކޮށްފަ ދެންޖެހޭނީ ޢިއްޒަތާއެކު އަނބުރާ ޤައުމަށް ގެންނަން.