ވަކި ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނުނެގޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ލިބިދޭ ގޮތަށް އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި ރައްޔިތުންގެ މަޖިލިސް އެއްކޮށްގެން ބޭއްވި ކޮމިޓީން ފާސްކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީން އެ ބިލު ދިރާސާކޮށް އެކުލާވާލާފައިވާ ރިޕޯޓަށް މާ ބޮޑު ބަދަލެއް ނުގެނެސް ބިލު ފާސްކުރީ 27 މެންބަރުންގެ ވޯޓުންނެވެ. ބިލު އެ ގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގައި ޓެކްސް ނެގުން ޚާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނާފައިވެއެވެ.

މީގެ ތެރޭގައި ރައީސްއާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާނެ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރަ ހިމަނާފައިވެއެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ކާރުކޮޅާއި ގެކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި ޑްރައިވަރު މުސާރަ ވެސް ވަނީ ހިމަނައިފައެވެ.

އެހެންކަމުން މި މުސާރަތަކުންނާއި އިނާޔަތްތަކުން ޓެކްސްއެއް ދެން ނުނަގާނެއެވެ.

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އިތުރު ކޮށްފައިވާ މާއްދާއެއްގައިވެއެވެ.

މި ގޮތަށް ޓެކްސް ނެގުމުން އިސްތިސްނާ ކުރާނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވައިގެން ކަމަށް އެ ބިލުގައިވެއެވެ.

އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަން ޖެހެއެވެ. އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އެކުލަވާލާ ގަވާއިދާއި މީރާއިން އެކުލަވާލާ އޮޑިޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވެސް އެ ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެލެކްސް

    ތި ހުރިހާ ފައިދާއެއްް ސޭޓްއަށް އެކަމަކު އަދިވެ ސް ހަމަމު ސާރަ ނުދޭ

  2. މަބޭ

    އެންމެންގުޅިގެން ދައުލަތްކައި ހުސްކުރުމުގެ އާޕރޮގްރާމެއް ފަށަންގާތްވަނީ

    10
  3. ސަންގު

    އެރުންނޫންތަ އިންޑިޔާގެ އުނގުވިޔަފާރި ކުރާމީ ހުންނަށް މިގައުމުގަ ބޭނުންކަމެއް ކުރެވޭނީ. ތިޔާތިތިބީއެމްޑީޕީއަށް އިންޑިޔާއިން ގަނެފަދިންގަމާރު އިއްޒތްތެރިން. ގާނޫނުގައި ބުނާއެއްޗެއްފަހުމުނުވާ ސަންގޯރުން. ކަމެއްވެގެންތާ. ރައީސް ނާސިރު ވޯރާވިޔަފާރިވެރިން މިގައުމުން ފައްސާލާނީ. ދެން ބާރާށް އަތްޖަހަގަ.

  4. އޢ

    ޥަކިބައެއްގެ ޓެކްސް މާފުވާން ކައިރިވީ. ޜައީސް އޮފީހުގެ މިނިސްޓަރެއްގެ އާއިލީ ކުންފުންޏަކުންނޯ އެއްމެ ގިނައިން ޓެކްސް ނުދައްކާއޮތީ މީހުން ކިޔާތީ އަޑުއިވޭ.

  5. އަލީ

    ހޯރަ އިއްބެ އަށް މާފު ކުރި ގޮތަށް މިކަންތައްގަޑު ހިންގަން މިއުޅެނީ.

  6. Anonymous

    ކެނެރީ ނަޝީދާއޭ ތިޔަ ހުރިހާ ކަމެއް ހަވާލު ކުރަންވީ.