ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި އެކަކަކީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަން "ވަގުތަށް" ކަށަވަރުވެއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ކުރިން ހިންގެވި އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައެވެ. އަޝްމަލީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.

ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ "ވަގުތަށް" މިއަދު ވިދާޅުވީ އަޝްމަލީ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކޮލަމްބޯ ތިނެއްގައި ހުންނަ ބަގަތެލެ މަގުގައި ހުންނަ އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. އޭނާ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އުމުރުން 15 އަހަރުގެ ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލައިގައި މިހާތަނަށް ލަންކާ އިން 32 މީހަކު ހައްޔަރުކޮށްފައިވާ އިރު، އިތުރު 12 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އަޖިތް ރަހަނާ ވެސް ވިދާޅުވީ ހައްޔަރު ކުރި މީހުންނަކީ ހަށި ވިއްކުވި މައްސަލައިގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ކަމަށެވެ. ކުއްޖާ ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނަގައި، އެކުއްޖާ ވިއްކަމުން ދިޔައީ ވެބްސައިޓަކާއި މީސް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަން އިސްތިހާރުކޮށް ކުއްޖާ ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަސް ދުވަސް ވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ވެބްސައިޓާ ގުޅުން ހުރި ދެ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައިވާ އިރު ހޮޓަލެއްގެ މެނޭޖަރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ކުއްޖާގެ މަންމަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރިކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބޮޑު ދެލޯ

    ސާބަހޭ! އަޝްމަލީ! ތި އީ ފިރިހެނުންންކީ! ވާހ! ފައިސާލިބެއްޏާ ކޮއްމެފަދަ ކަމަސް ވަރިހަމަ! ކޮއްމެ قوم އެއްގައި ހުއްޓަސް "ވަރިހަމަ" ވާނެ!😺😥🤪

    59
    1
  2. ކަލlOގަޔާ

    މީކޮންކަމެއް. ލޖބޓ މީހުން ވެސް މިހެން ހައްޔަރު ކުރަނ ޖެހޭ

    32
    6
  3. ޖަވާދު

    މިއީ މުޙައްމަދު ނަޝީދު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓް ވެއްޓުމަށް ބަދު ދުޢާ ކުރި މީހާ! އެންމެ ފަހުން އެ ވެއްްޓުނީ ޢުމުރު ދުވަހުގެ ޖަލުގޮޅިޔަކަށް

    68
    12
  4. ޕީޓުރަލް ބޭބެ . މާލެ

    ހަށި ގަންނާނެ މީހުން ވަންޏާ ހަށި ވިއްކާ މީހުންވެސް ބައިވަރު ތިބޭނެ

    34
    13
  5. ވައިކިންގ

    މީނާގެ ހުނަރުވެރިކަން އަދި ޢިލްމު އެހެންބަޔަކަށް ހެޔޮގޮތުގައި މަންފާއެއް ލިބޭގޮތަށް ބޭނުނުންކުރިނަމަ ހާދަ ރަގަޅުވީހޭ ހިތަށްއަރަނީ.

    45
    1
  6. ތެދު

    ނަސީދު އެއީ ވަރައް ރަނގަޅުބޭގުޅެއްތޯ..ޑެންމާކް އަދި އެހެންތަންތަނުގަ ދައްކާފަހުރިވާހަކަ..މުޅިގައުމު ދުވަސްދުއްވާލީ އެއީވެސް އުމުރައް ޖަައްލައްދާންޖެހޭމީހެއް...ކޯޗެކޭކިޔަންތިއުޅެނީ.

    24
    8
  7. ސަންގު

    މީނާ ކިޔެވި ސްކޫލް ކޮލެޖްތަކަށް ފިޔަވަޅުއަޅަން ޖެހޭ

    21
    10
  8. މަހޭޝް

    ބަލަގަ ކޯޓްފަޓުލޫނުގައެއްނޫން އެއިނީ ދެން ކޮންކަމެއް.

    26
    1
  9. މޮޔަގޮލާ

    ހަށި ވިއްކުމަކީ ލަންކާގައި އާއްމު ކަމެއް ނޫންބާ؟ މިމަންޖެ އެކަނި ތަ ހަށިވިއްކަނީ ލަންކާގަ؟

    27
    16
    • ޜަނާ

      ދުނިޔޭގެ ހުރިހާ ތަނެއްގައިވެ ސް ހަށިވިއްކުމަކީ މަނާ ކަމެއް .ދެން ތިބުނާ އަޝްމަލީ އަދި އެކަންކުރި ކަމެއް ނޭނގެ އެއްނު ހޮޓަލެއްގެ ތެރޭން މީހުން ހައްޔަރު ކުރިއިރު އޭނަވެ ސް ތުހުމަތަށް ހައްޔަރު ކުރީ. މިބުނީ އެފަދަ ކަމެއް ނުކުރާނެއެކޭ ނޫން.އަހުން ނުވެ ސް ދަންނަ މީހެއް ،މައް ސަލަ ނިމުނީމަ ދޮއްތަ އެނގޭ ނީ ބައިވެރިވިތޯ ނޫންތޯ.

      11
      3
  10. ބެގް، ބޮރޯ، ސްޓީލް

    ހަގީގީ "ލާދީނީ" މީހުން... މިމީހުންނަކީ ޔަހޫދީންނަށް ވުރެ ނުބައި ކަން ބޯޑުބައެއް. މިމީހުން ޓްރެއިން ވެފަހުރީވެސް މިކަމުގެ ބޮޑު ފާދިރީއެއް ކައިރިން.

    9
    2
  11. އަޒްމީ

    މިމީހުން ހިތުން މާތް ރަސްކަލާނގެ ހަޒްރަތައް ރުޖޫއަނުކުރެވޭނެކަމުގަ ދެކެނީބާ.؟

    13
    1
  12. ފަރުދީ ޒިންމާ

    މީ އަހަރެން ބުނާވާހަކަ. އެގައުމެއްގަ އުޅެންވާނީ އެގައުމެއްގެ ހުދޫދުތެރޭން. ހުދޫދުން ބޭރުވީމަ ވަކިގައުމެއްގެ މީހަކައްވީތީ ސަރީއަތައް މައް ސަލަ ނުފޮނުވާ އެގަައުމުން ފޮނުވާލުމަކީ ގައުމުގެ މު ސްތަގިލުކަން އަތުންބީވެދާނެ ކަމެއް.

    14
    1
  13. އަލްޖިބްރާ

    މީ ޔާމީނުގެ ބެ ސްޓް ބަޑީ ޔާމީނަށް މަރުދަން ޖެހޭ މީހުންގެ ވައްޓަފާޅި ހުންނަގޮތް

    12
    19
    • ހަސަނު

      ރަނގަޅަށް ކިޔާލަބަލަ ނަން ޔާމީނު އޭތަ އޮތީ ލިޔެފަ؟؟ ޔާމީނަށް ސަޕޯޓުކުރުން ޕީޕީ އެމްގަ އުޅުން އެ އީ އެމީހުން ކުރާހުރިހާކަމެ އް ޔާމީނުގެ ބޮޅުގަ އަޅުވަން ޖެހޭސާބަބެ އް ނޫން..ތިގޮތަށް އަންނި ކުރާހުރިހާ ކަމެ އް ޕާޓީމީހުންގެ ބޮލިގަ އަޅުވަ އިގެން ތިބެންވީތަ؟؟ އަންނި އުޅެނީ އަދި ފަރަންޖީން ނަށްވުރެ ވެސް ނުބަ އިކޮން ...ތިމާހެ އްދެވިފަރާތަށް ގޮންޖަހާ ފުރަ އްސާރަކޮން..ނަބި އްޔާ އަށ
      ފުރަ އްސާރަ ކުރަމުން ދުވަނީ..އެވަރުވެސް އޯކޭދޯ؟؟؟

  14. ނާނީ

    މީހުން ކުރަާ ޒިނޭގެ ވާހަކަ ދައްކާ ފަޟީހަތް ކުރުމަކީ އެޒިނޭ ކުރިމީހާ ކުރިޒިނޭއަށް ވުރެ ބޮޑުފާފައެއް

    5
    10
    • Anonymous

      ޙިތުން ވަރަށް މޮޅު ބަހެއް ތިބުނެވުނީ .

  15. އާތިފް

    This bitch needs to be flogged in public

  16. ހަފުސްވިކަލޯ

    ތިޔަ ލަންކާ އަކީ ތިޔަ ފާޑުގެ އުފާ ހޯދަން ބައެއް ދިވެހިން ފައިބާ ތިބި ތަނެއް. ތިތާނގައި ބަލިކުއްޖަކަށް ފަރުވާ ހޯދަން ދަރިންނާއި އަނބި މީހާ ބޭންދީމާ ތިތާނގެ ކާރެއް ގެންގުޅޭ ދިވެހިން ގޮވައިގެން ދަތުރުކޮށްދީ ހަދާ މީހަކުދެކެ އަނބިމީހާ މަންޖޯޅި ޖެހިގަތީ. ޑްރައިވަރ ގާތު ތިކުޅިގަނޑު ހުއްޓާލަދޭށޭ ބުނީމަ ބުނީ ތިމަންނައެއް ނޫޅެމޭ ދައްތަ އަހަރެންނަށް ގުޅަނީޔޭ. ފަހުން ފަޅާ އެރިއިރު އެކުޅިގަނޑު ކުޅޭތާ އަހަރެއްވީ. ވަގުތުން ކުދިން ގޮވައިގެން އަޅުގަނޑު ރާއްޖެ އައީ. އަނބި މީހާއެއްނައި. ފަހުން ރާއްޖެ އައިސް ވަރިވެސް ކޯޓަށް ގޮސްގެން އަޅުގަނޑު އަތުން ނެގީ. މަންމައަށް ވީތީ ކުދިންގެ ޙަޟާނަތުވެސް އޭނައާއި ޙަވާލު ކުރީ. ދެން އަޅުގަނޑަށް ލިބިފައިވާ ތަނެއްގައި ކުދިންނާއިއެކު މީނާ ބޭންދީ. ކުދިންގެ ޕާސްޕޯރޓް ހޯދަން ކޯޓަށް ދިޔައީ. ލަންކާއަށް ކުދިން ގޮވައިގެން ދާން. މިހެން އުޅެފަ އަނެއްކާ މީނަ އެކަނި ލަންކާ އަށްގޮސް އެންމެފަހުން އެޑްރައިވަރު ބޭރުފުށަށް އިސްލާމް ކޮށްގެން މީގެ ދެމީހުން އިނީ. އިދެފަ އައިސް ދަރިންގާތު މިހާރުވެސް އެބައުޅޭ. ދަރިންގެ ޕާސްޕޯރޓް ހިފެހެއްޓީ ކީއްވެކަން ކޯޓުގަ ރަނގަޅަށް ބަޔާންކޮށްދިނިން. މިހާރު ވަރިކޮށްފިޔޯ.

    12
  17. ހަސަނު

    ކީވެބާ މީގައި ޕާޓީގެ ނަން ނެތީ އެޢީ ޕީ ޕީ އެމް ވީމަބާ؟ އެހެން ނޫނީ ފުރަތަމަވެސް އަންނާނީ ޕާޓީ ގެ ނަން

    14
    10