ރާއްޖޭގެ އެންމެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ.އައިޝަތު އަލީ ނާޒް އަށް ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފިރިމީހާގެ އަނިޔާތައް ތަހަންމަލް ކުރަން ޖެހުނު ކަން ޑރ.ނާޒް ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަނިޔާ ލިބުނު ފިރިމީހާގެ ކައިރިން މިހާރު ވަރިވެފައިވާ ޑރ.ނާޒް ވިދާޅުވީ މީގެ 16 އަހަރު ކުރިން އެއް ދުވަހަކު އޭނާގެ އެއް މަހުގެ ދަރިފުޅު މޫދަށް ލާ އޮޔާ ދާން ފިރިމީހާ ދޫކޮށްލީ ޑރ.ނާޒް އަށް ކެތްކުރެވޭނެ ވަރެއް ބަލަން ވެގެންނެވެ.

ދަރިފުޅު މޫދަށް ދޫކޮށްލުމުން ދަރިފުޅު ސަލާމަތް ކުރީ ޑރ.ނާޒް އެވެ. ޑރ.ނާޒް ވިދާޅުވީ އޭރު ސިޒޭރިއަން ހެދި ފާރުގަނޑު ވެސް ރަނގަޅެއް ނުވެއެވެ.

"އެއީ އަޅުގަނޑުގެ ހަށިގަނޑާއި ހިތާއި ފުރާނައިގެ ކޮންމެ އިންޗިއެއްގައި ވޭން އަޅަމުން ދިޔަ ދުވަސްތަކެއް" ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ.

ޑރ.ނާޒް ލިޔުއްވާފައިވާ ސްޓޭޓަސް އާއި އެކު އޭނާ ވަނީ އަންހެން ދަރިފުޅު މޫދުގައި އޮތް އިރު ޑރ.ނާޒް ދަރިފުޅަށް ބަލަން އޮންނެވި ފޮޓޯ އަކާއި އިންޑިއާގެ ތާޖުމަހަލްގެ ކައިރީގައި ދަރިފުޅާއި އެކު ނަގާފައިވާ ފޮޓޯއެއް ވެސް އާންމު ކުރައްވާފައެވެ. ޑރ.ނާޒް ވިދާޅުވީ"ދެ ފޮޓޯގައި ދެމައިންގެ މޫނުމަތިން ފެންނަ ދެ މަންޒަރުން ވެސް ކިޔައިދެނީ ހަގީގީ ވާހަކައެއް" ކަމަށެވެ.

ހިތާމަވެރި ހަނދާންތައް އާކުރެއްވުމަށް ފަހު ޑރ.ނާޒް ވިދާޅުވީ "ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި ބަހުގެ އަނިޔާ އިން ސަލާމަތްވެ އުފާވެރިކަމުން ފުރިގެންވާ ހަޔާތަކާ ދިމާއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް." ކަމަށެވެ.

ޑރ.ނާޒް ވިދާޅުވީ އަނިޔާ ތަހައްމަލްކުރުމުގެ ބަދަލުގައި އޭނާ އިޚްތިޔާރުކުރެއްވީ ވޭނާއި ކެކުޅުމުން ސަލާމަތްވެ އުފާވެރި ހަޔާތެއް އާރާސްތުކުރެއްވުމެވެ. އެއާއި އެކު މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ.

ނަފްސާނީ އަނިޔާ ލިބިފައިވާ އެތައް ބަޔަކަށް އެހީތެރިވެދެއްވާފައިވާ އަދި ނަފްސާނީ ކަންތައްތަކާއި މެދު މީހުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ.ނާޒް ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަން އޭނާ ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ADS BY SHEESHA

 

36 ކޮމެންޓް

 1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ

  އަނބި މީހާއަށް ހެޔޮކޮށް ހިތައި ހެޔޮ ފޯރުކޮށް ނުދެވޭ މީހާއަކީ، ކާވެންޏަށް ތަޞައްރަފު ފުދޭ މީހެއްނޫނެވެ. އެބަހީ، ކާވެނީގެ ޚުޠުބާގައިވެސް ފިރިމީހާގެ މައްޗަށް އަމުރުކުރަނީ، އަނބިމީހާއަށް ހެޔޮކޮށް ހިތުމަށެވެ. ޔަޢުނީ، ތިމާގެ އަމިއްލަ ފައިކެޓަށް ރުފިޔާ އަޅައި، ހޮޓާތަކުން ރައްޓެހިންނަށް ކާންދީ ކޮފީދީ ހަދަމުން ދާއިރު، އަނބި މީހާއާއި ދަރިން ތިބެނީ، ދެކޮޅުނުޖެހޭ ދިރި އުޅުމެއްގައެވެ. ފަޤީރުންގެ ލިސްޓުން ޖާގަ ލިބޭފަދަ ޙާލަތެއްގައެވެ.

 2. ކައުންސިލަރަކާ މަޝްވަރާ ކުރައްވަން ފެނޭ

 3. ނައިފަރު ބަކުރު ބޭ

  ސުވާލެއް އެބައޮތް ސުވާލުގެޖަވާބްދެއްވާ ގެވެށި އަނިޔާ ދެމަފިރިންދޭތެރޭ ގިނަފަހަރު ދިމާވަނީ ސުވާލު ބޭވަފަތެރިކަން ކަންކަމުގައި ދެމީހުންގެ ފަރުވާކުޑަކަން ނޫނީ ލޯބި އެހެންދިމާލަކަންބަދަލިވުން މސްތުވާތަކެތިބޭނުކުރުން މިކަންކުރަނީނަމަ އަވަހަންވަކިވާންވީ ޖަވާބުދެއްވާ

 4. ޚަޤީޤަތް ހާމަތިކުރީ %50 . ކުރީގެ ފިރިމީހާއަކީ ބިދޭސީ އެއް ކަމާއި ސައިކޯ މީހެކޭ ބުނަން ލަދުގަތީތަ ؟ ތިހެން ވާހަކަ މަޢުލޫމާތު ދިނީމަ ގޯސް މިވަނީ އަހަރެމެން ދިވެހި ފިރިހެނުން.
  ކުށްވެރި މިވަނީވެސް ހަމަ އަހަރެމެން.
  ކަލޭމެންނަށް ލިބޭނެ ކޮންމެވެސް ފައިސާގަނޑެއް.

 5. މިވެރިންނަށް ނޭގެ މިވެރިންނަށް އުޅެވޭ ގޮތެއް.... އަބަދުވެސް އެހެން މީހުން ކުއްވެރި ކޮށްފަ މަޝްހޫރުވާން ބޭނުންވާނީ....

 6. ތާކުނ މީހަކު ފެނުނީމަ ހޭބަލި ވާތީ ތިހެނ ވަނީ

 7. ދިވެހި ގިނަ ފިރިހެނުންނަކީ އަންހެނުންނަށް އަނިޔާ ކުރާ މީހުން-ޖިސްމާނީ، ނަފްސާނީ، ޖިންސީ ނުވަތަ ބަހުގެ އަނިޔާ. މިއީ ހަމައެކަނި ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ލިބޭ އަނިޔާ އެއް ނޫން. ރަށްޓިހިވެގެން އުޅޭއިރު ވެސް ފިރިހެނުން އަންހެނުންނަށް އެކި ކަހަލަ އަނިޔާ ކުރޭ. (އަންހެނުންގެ ފަރާތުން ފިރިހެނުންނަށް އަނިޔާ ނުލިބެއެކޭ ނޫން. ގިނައީ އަންހެނުންނަށް ލިބޭ އަނިޔާ.)
  ފިރިހެން ކުދިން ކުޑައިރުއްސުރެން ގެންގުޅެފަ ހުންނަ ގޮތުން، ބޮޑުވާ ފަހުން ވިސްނިފަ ހުންނަނީ އަންހެނުންނަކީ އެމީހުންގެ އަޅުންނޭ ނޫނީ އެމީހުންނަށްވުރެން ދަށް ބައެކޭ. އަންހެނުންނަށް އިހްތިރާމް ކުރަން ނޭނގޭ ފިރިހެނުންނަކީ ގިނަފަހަރު އަމިއްލަ މަންމަ އަށްވެސް ގޯސްކޮށް ހަދާ މީހުން.
  އިނުމުގެ ކުރިން ފެންނަ ކަންކަމަށް(ރެޑް ފްލެގް) އަޅާލުން މުހިންމު. ބައެއް އަންހެނުންނަށް ހީވަނީ އިނުމުގެ ފަހުން ދެން އަނިޔާދޭ މީހާ ފަރާތުން ސަލާމަތް ނުވެވޭނޭ. އަންހެނުންނަށް މިފަދަ ކަންކަމުން ސަލާމަތްވުމަށް އެހީތެެރިވާނެ ބައެއް ނުވަތަ ޖަމިއްޔާއެއް އެކުލަވާލުން މުހިންމު.

 8. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށް ނޫންކަމުގައި ވާނަމަ، ނާޒްގެ ކުރީގެ ފިރިމީހާ ( އިންޑިޔާ މީހާ) މިހާރު ނިޔާވިތާ އަހަރުތަކެއް ވެއްޖެ އެވެ. އެ މީހާޔާ ނާޒު ކައިވެނި ކުރި އިރުވެސް ނަފްސާނީ ދާއިރާގައި ހަރަކާތްތެރި ވާތާ ކިތަންމެ ދުވަހެކެވެ. އެއީ އެކުގައި އުޅެން ހެޔޮވާވަރު މީހެއް ނޫންކަން ނާޒް ފަދަ ބޭކަނބަލަކަށް ދެނެނުގަނެވުނީތީ ޙައިރާން ވަމެވެ. އެހެންކަމުން ތިދާއިރާއިން ފުރިހަމަގޮތުގައި ކައުންސިލިން ދެއްވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.

 9. ހުރިހާ ޙަޤީގަތެއް ހާމަ ނުކުރީ ކީއްވެބާ. އެފިރިމީހާ އެއްނޫންތަ ރިހެިބިލިޓޭޝަންގެ ޑރ އެއްގެ ގޮތުގައިހުރީ. އޭރު އާއިލާ ކޮބާ. ތިޔަފަދަ ކަމަކަށް ދޫކުރާނޭ ކަހަލަ އާއިލާއެއް ނޫންދޯ އެއީ؟ ކޮބާ އެމީހާ މިހާރު. ވާހަކަ ހަދައިގެން މަޝްހޫރުވާން މަސައްކަތް ކުރުން އެއީ ސްކޫލް ދައުރުގައިވެސް މީނާގެ މަސައްކަތެއް. ހާދަ ހީވެޔޭ ކަމަކަށް ސެޓްކުރާ ވާހަކަތަކެއްހެން މިއީ.

 10. ޑރ. ނާޒުމެންނަށް މިކަހަލަ ކަންކަން ވާއިރު ދެން އާދައިގެ ނިކަމެތިންގެ ހާލުހުންނާނެގޮތް ވިސްނާލަބަލަ.

 11. ހަމަ އަންހެނުންނެކޭ އެއްފަދައިން އަލިޔާލިބޭ ފިރިހެނުންވެސް އެބައުޅޭ. އަނިޔާއޭ ބުނީމަ ގިނަމީހުނަށް ހީވަނީ އެއީ ތަޅައިގެން ކުރާއަނިޔާކަމަށް. ނަފްސާނީގޮތުންވެސް އަނިޔާދެވޭނެ. ބޭވަފާތެރިވުމަކީވެސް ދެވޭ ފާޑެއްގެ އަނިޔާއެއް( ނަފްސާނީގޮތުން) އިނުމުގެ ކުރިން ފިރިހެނުންގެ ގޮތްވެސް ބަލާލުން ބުއްދިވެރި ރުޅިގަދަމީހެއްތޯ ވެސް ޓެސްޓް ކުރެވިދާނެ.

 12. ކަނބުލޯ ކަނބުލޮމެން ނަށް އުޅެވޭގޮތް ހަމަ ނޭނގެނީ ، މާސްޓަރެއް ކުރޫއެއް ކިޔާނެ ކަމެއް ނެތް ، މާމޮޅު ނަފުސާނީ އިލްމެއް ، ޖިސްމާނީ އަނިޔާއެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް ، ކޮން ބައްޕަޔަކަށް ތޯ ތިމާގެ އަމިއްލަ ދަރިފުޅު އޮޔާ ދުއްވާލަން ކެރޭނީ ، ހަމަ ހޭ ގަ ހުރި ދިވެހި ބަފަޔަކަށް ތިޔަފަދަ ކަމެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ، ތިޔާ އުޅެނީ ކޮންމެވެސް ބޭވަފާތެރި ކަންތައްގަނޑެއް ، ކޮންމެހެން ދިވެހި ފިރިހެނުން ގެ އަގު ވައްޓާލަން ނޫޅޭ ، ކަނބުލޮ އެކަންޏެއް ނޫން ނަފުސާނީ، ޖިސްމާނީ މި ގައުމުގަ ކިޔަވާގެން ހުރީ ކީ ،،،، ޔަހޫދިއްޔަ އަދި ސޮލީބިއްޔަ މަކުތަބުތަކުން ޑރ ކަމުގެ ފާހެއްލިބުނަސް އެބަޖެހޭ މި މާތް އިސްލާމު ދީނުގައި ކަނބުލޮމެންގެ ދަރަޖަ ވެސް ދެނެގަން ނަން ، ފިރިމީހާގެ ހައްގުތަކެއް ވޭ މި ދީނުގައި ، ކަނބުލޮމެން ނަށް ވެސް ހައްގު ތަކެއް ވާހެން ،

 13. އަންހެން ފުރޭތައިން ވެސް އުޅޭ.....!!!!

 14. ދެން އިބްރަތް ލިބުމުގެ ބަދަލުގައި މީހުންގެ ނިކަމެތިކަމުގެ ނަހަމަ ފައިދާ ތިޔަ މިޕްސްޓާރ ކިއާ ތަނުން ނަގަނީ ކީއްވެ؟ ތާކުންތާކު ނުޖެހޭ ޓެސްޓްތައް ހައްދައި މީހުން ފެލުން ނޫންކަމެއް ނުކުރޭ!!

 15. ކޮން،މެ އިރެއްގެވެސް އެކަހަލަ ކަމެއް ހިނގާފަ ވަނީނަމަ އެކަން ބެލެންޖެހޭނެ. ކޮބާ ޒިންމާދާރު ފަރާތްތައް ؟ ކޮބާ ދަރީގެ ހައްގު. މީހަކު ރިޕޯޓް ނުކުރިޔަސް އެކަން އިނގުމުން ބެލެންވާނެ..

 16. މިފޮޓޯ ނެގީ ފިރިމީހާތަ ނިވަތަ ފަހުން ކުޅެފަތަ؟

 17. މީނަ މި އުޅެނީ އަނެއްކާ ކޮންކަމެއް ހާސިލްނުވެގެންބާ.ޒެނީޝާ އިޖްތިާއީ މަސައްކަތްކުރީމާ މިނިސްޓަރުަކަން ދިނީމަ މީނަވެސް އެކަހަަ ަމެއްވޭތޯ އުޅެނީބާ.ދެން ނަފްސާނީ ބަލިޖެހިފަ ހުރި މީހަކު ނަފްސާނީ ބައްޔަށް އެހެން މީހުނަށް ދޭނެ ފަރުވާއެއް ނޯންނާނެ.ފުރަތަމަ ކަމަކީ ޑޮކްޓަރ މުޒުނީއަށް ދެއްކީވެސް އެހެން ބައެއްގެ ހައްގަށް އަރައިގަނެގެން. މީ މާ ހަމަޖެހޭ މީހެއްނޫން

 18. ފޭކް!

 19. އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ރާއްޖޭގައި މާގިނަ. ހަގީގަތް ބަލާފަ ވާހަކަ ފަތުރާތި. ފުންކޮށް ދިރާސާއެއް ހަދާ. ތޯތޯ ނުކިޔާ.

  • ތިޔަބޭފުޅާ ވަރަށް ފުންކޮށް ދިރާސާއެއް ކުރައްވާފައިތޯ ތިޔަ ވިދާޅުވަނީ އަންހެނުންނަށްވުރެ ފިރިހެނުންނަށް ލިބޭ އަނިޔާ ގިނަކަމަށް؟ އެފަދަ ދިރާސާއެއް ކުރައްވާފައިވާނަމަ
   ނަތީޖާ ހާމަކޮށްދެއްވުން އެދެން.

 20. މިރާއްޖޭގަ ވެސް ރަނގަޅު ފިރިހެނުން އބަތިބި އެކަމަކު އަންހެން ކުދިން ބޮޑަށް ލޯބިވަނީ އެެން މީހުން ދެކެ

 21. ނާޒް ފޭސް ބުކް ޕޯސަޓުތައް ބަލާލުމުން އަޅުގަނޑަށް ވިސްނުނީ ނާޒް އަށަ ނަފްސާނީ ދާއިރާގައި މަސައްކަތް ކުރުމަށް ވުރެެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް ..

 22. ދިއްދޫ އާދަނު

  ނޫސްކިޔާ މީހުނަށް އޮޅޭގޮތަށް އެއްޗިހި ނުލިޔާށެވެ. ނާޒު އަށް ގެވެހި އަނިޔާ ދިނީ ކުރީގެ ފިރިމީހާއެވެ. އެއީ ބިދޭސީ އެއް. ދިވެއްސެއްނޫން.

 23. ނާޒް އަށް އަނިޔާ ކުރި ފިރިއަކީ އިންޑިއާ މީހެއް

 24. އެއީ ހުސްދޮގު އެގޮތަކައްނޫން ކަންތައްވީ ނާޒް ދަރިފުޅުދެކެ ލޯބިވާވަރު ބަލައިލީ އެގޮތަކައް ކަންތަކެއްނުކުރާނެކަންވެސް އެގޭނެ......ފިރިމީހާލޯބިވަންޏާ ވަރައްގިނަ ޓެސްޓްތައްކުރާނެ ..... ދިރިއުޅުމުގައި ރަގަޅު ގޮއްގޮތައް ވިސްނާތިއް......

 25. ނާޒްް އަށް އަނިޔާ ކުރި ނާޒްގެ ކުރީގެ ފިރިއަކީ އިންޑިއާ މީހެއް. ރާއްޖެ މީހެއް ނޫން.

 26. ނާޒު އެބުނާ ފިރިމީހާއަކީ ބިދޭސީއެއް. އެމިހާއާ ކައިވެނި ކުރިއިރުވެސް އެމީހަކީ މުޅިން ހަމަނޫން މީހެއްކަން ނާޒު އަށް އެގޭނެ. އޭނާއަކީ ނާޒުގެ ޕޭޝަންޓެއް. ސައިކޯ މީހެއް. އިންއިރުވެސް ނާޒުއަށް އެމީހާގެ ސައިކޯކަން އެގޭނެ

 27. ނާޒް ވީމަ އެއޮށް ނާޒުކު ދަނޑިވަޅުގަ ފޮޓޯވެސް އެބަހުރި. ޢަހަރެމެނަނަށް ކަމެއްވާހާ ފަހަރަކު ނުލިބޭ ފޮޓޯއެއް

  • މަގޭ ހިތަށް ވެސް ތިހެން އެބަ އަރާ. ގައިމު މި ކިޔަނީ 2017ގެ ވާހަކައެއް ނޫންވިއްޔަ.

 28. ހާދަލަހަކުން ތިޔަ ހާމަކުރެއްވީ... ޙަމްދަރުދީވަން ނާޒްއަށްވެސް ތިކަމުގައި.

 29. ދިވެހި ރައްޖޭގައި ފިރިހެނުންނޭ ކިޔާފަ އުޅެނީ ފުރޭތައިން. ދެރަކަމަކީ މިކަހަލަ ފުރޭތައިންގެ ދާވަނީގައި ނިޔަނެތި އަންހެނުން ޖެހޭތީ. އަދި އެޔައްވުރެވެސް ދެރަ ފުލުހުންނާއި ކޯޓުތަކުން މިކަމާ އަޅާކަހާނުލާތީ.

 30. ސައިކޮލޮޖިސްޓް

  ސްޕަރ ހިތްވަރުގަދަ. ގެވެށި އަނިޔާއަށް އެއްގޮތަކަށްވެސް ޓޮލަރޭޓް ކޮށްގެން ނުވާނެ. ކޮންމެ މީހަކީވެސް ގެވެށި އަނިޔާ އަށް ކެތްކެއްގެން ހުރުމަށްވުރެ މާ އަގުހުރި މުހިއްމު މީހެއް. އެކަމަށް ކެތް ކޮށްގެން ހުންނަނީ ފައިސާގެ ދަތިކަމަށް ބަލާފަ އެހެން ގޮތެއްނެތް ކަމަށް ވަންޏާ ބުނަން އޮތް ވާހަކައަކީ އަމިއްލަ އަށް މިނިވަންވެ އަމިއްލަ ކަހާތެދުވަން ފަސް ނުޖެހޭށޭ.