ދެކުނުގެ ރަށެއްގައި ކުޑަ ކުދިންތަކަކަށް ފައިސާ ދީގެން ޖިންސީ އެދުން ފުއްދަމުންދާ ކަމަށް ބުނާ އަންހެނަކު ރަށުން ބާލައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، އެ އަންހެން މީހާއަކީ އެ އަތޮޅަށް ނިސްބަތްވާ މީހެކެވެ. އޭނާ މީގެ ކުރިން އެރަށަށް ގޮސް އުޅުނެވެ. އެފަހަރު އޭނާ އެރަށަށް ގޮސްފައި ވަނީ އެރަށުގައި އުޅޭ ފިރިހެން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެއެވެ. އެއިރު އެރަށް ގޮސްވެސް އޭނާ އެރަށުގެ އިތުރު ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށް އުޅުނެވެ.

އެހެންވެ ކައުންސިލުން އޭނާ އެފަހަރުވެސް އޭނާ އެރަށުން ބޭލިއެވެ. އެރަށުން އެފަހަރު އޭނާ ބޭލުވީ ކޮވިޑްގެ ވޭދަނައެއް ފެނިގެން އެރަށް ބަންދުކުރުމުންނެވެ.

މިފަހުން އޭނާ އެންމެ ފަހުން ރަށަށް އައިސްފައި ވަނީ އެރަށް ހުޅުވާލުމުންނެވެ. އެއީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އެފަހުން އޭނާ އައިސް ރަށުގެ ކުޑަކުދިންނަށާއި ރަށުގެ މީހުންނަށް މަސްތުވާތަކެތި ދީގެން އުޅުނުއިރު، ރަށުގެ ކުޑަކުދިން އޭނާ ގާތަށް އެ އެދުން ފުއްދަން ދެއެވެ. އަދި މި ކުދިންނަށް އޭނާ ފައިސާ ދެމުން ދެއެވެ.

މި މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސާބިއާ

    މިފަހަރު ޔަގީންކަމާ އެކު ބުނަން ކެރުނު ހަސިވިއްކާގެން ރުފިޔާ ހޯދީ އޭ އެހެންނޫނީ ހައްތަހާ ވެސް ގަދަކަމުން ރޭޕްކޮށްފިޔޯ

    23
    1
  2. އެޑިއުކޭޝަން

    ކޮބާ އެއްކަލަ ޓީޗަރ މިހާރު..؟

    33
  3. ތުނިޔަ

    ކުޑަ ކުދިން އެދުން ފުއްދާތަ؟

    43
    5
  4. ކަރުނަގޭސް

    އޭނާ އޭނާ ދެކުނު ރަށެއް ނަމެއްނެތް! ރަށެއްގެ ކައުސިލުން ބޭރުކޮށްފި ރަށުން ބާލައިފި1 ނަން ހާމަނުކުރެވޭ ވަރުގެ ރަށެއްތަ؟ ރަދުން ގޮސްއުޅުއްވާ ރަށެއްތަ!

    42
    1
  5. ޢިޔާބު

    ފައްކާ ހަބަރެއް. ނެތް ރަށެއްގަ ނެތް ބަޔަކު ކުރިކަމެއްތަ

    35
  6. ދިވެހި

    ކުޑަކުދިންނަކަށް ނޭނގޭނެ ޖިންސީއެދުން ފުއްދައިދޭކަށް

    44
    2
    • ލޮލް

      ކުޑަކުދިންނަކީ 18 އަހަރު ނުފުރޭ ކުދިން. އެމީހުންނަށް ނޭނގޭ އެއްޗެއް ހުންނާނެ ހެން ހިޔެއްނުވޭ!

  7. ކޭ

    ކޮން ޖިންސެއްގެ ކުދިންތަކަކާތަ ގުޅުން ހިންގީ ރަށް ހާމަކޮށްބަލަ

    27
  8. ރަބަރޭ

    18 އަހަރު ނުވާނަމަ އެއީ ކުޑަކުއްޖެއް ވަރިހަމަ ކިތަންމެ ވަރަަކަށް އެދުން ވެރިކަން ހުއްޓަ ސް އެދުން ވެރިކަން ބޮލަށް އަރާފައި ހުއްޓަ ސް 3 ދަރިން
    ލިބުނަ ސް

    47
  9. ޑިމޮރަސީ

    ޖިންސީ ފު ރައްސާ ޖިންސީ އަނިޔާކު ރާ އަންހެނުންގެ ވަކިތަކުން ފި ރިހެނުން ސަލާމަތް ކު ރަން މަޖިލީހަށް ބިލެއް ހުށައަޅަންޖެހޭ. ފި ރިހެނުންނަށް ރަޢްކާތެ ރިކަން ކަށަވަ ރުވާން ކު ރޭ.