ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމި މައްސަލަ މާދަމާ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.

އެ މައްސަލަައިގެ އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ބޭއްވުމަށް ހަމަ ޖެހިފައިވަނީ މެންދުރު ފަހު 15:15 ގައެވެ. މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވެ ހުރީ ކޮންތަނެއްގައި ހުރެކަން ނޭނގޭތީއެވެ.

ޕީޖީން ވިދާޅުވީ، އޭނާ ހުރީ ރާއްޖޭގެ އިހްތިސޯސުން ބޭރުގައި ކަމުން، އެކަމާ ދެކޮޅު ހަދައި އެކަން ހިނގާފައިވާ ގޮތާއި މެދު ޝަރީއަތުގައި ސުވާލުކުރި ކަމަށެވެ

ޕީޖީ އޮފީހުން ވިދާޅުވެފައި ވަނީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އެހެންވެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. އެފަދަ ގޮތަކަށް ޝަރީއަތް ހިނގާފައިވާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވޭނެ 12 ގޮތެއް ކަނޑައަޅާފައިވީ ނަމަވެސް އަލީގެ މައްސަލަ އެތަނުން އެއްވެސް ހާލަތަކަށް ނުފެތޭ ކަމަކަށް ޕީޖީ އޮފީހުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޫޓުވާ

    ޕީޖީއާއި ޖޭއެސްސީއާއި ކްރިމިނަލްކޯޓާއި ގުޅިގެން ހިންގާ ޖަރީމާއެއް. ޖިނާއީ އިޖުރާތުގެ ބާރު ކަނޑުވާލައިފި. އަދުލުއިންސާފު ގާއިމްވ ނިމިއްޖެ.

  2. ާަެެައބދ

    މީހެއްގެވެސް ގައުމެއްގެވެސް އެއްމެ ބޮޑު ބަދުނަސީބަކައްވާނީ ހައްގުބަސް ނުބުނެވޭފަދަ ހާލަތެއް މެދުވެރިވުމް. މިގައުމު މިވަނީ އިންސާފު ގެ މަގު ގެއްލިފަ މިހާރު މިދުނިޔޭގަ މިތިބަ ރިސްވަތުގެ ލޭ އާއްމުވެފަ ތިބި ދިވެހިންނަކައް އެމަގެއް ނުފެންނާނެ .