2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެކަމަކު އެންމެ ބޮޑަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކާސް" ޕްރޮގްރާމްގައި 2023 ގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އާންމުންގެ މީހަކު ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވީ، އެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ހުންނެވި ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ތާއީދު ކުރައްވާނެތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ނަޝީދު ވިދާޅުވީ "2023 ގައި ރިޔާސީ އިންތިޚާބު އޮންނަނަމަ، އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އަޅުގަނޑު ކަމަށް ދެކޭ،" ކަަމަށެވެ.

އެހެން ނަމަވެސް ރިޔާސީ ނިޒާމު ކުރިއަށް ގެންދިއުމަށް ވުރެ އެމަނިކުފާނު ބޮޑަށް ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ގޮތުން 2023 ގެ ވަކި ހިސާބަކުން ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ބޭނުންތެރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ކަން ކުރާނީ ރާއްޖޭގެ އެންމެ މައި ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީން ނަޝީދު ބަލިވެއްޖެނަމަ ކާމިޔާބުވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނަންތޯ އަދި އެއީ ރައީސް ސޯލިހްނަމަ ތާއީދު ކުރައްވާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އަބަދުވެސް ތާއީދު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ނާދިރާ

    ﷲ ގެ އިރާދަފުލުން ބަލިވާނެ އންތިހާބުގަ. އާމީން

    43
    1
  2. ސަސި

    ކަލޭ މޮޔަވެ ބަލަ. މިރާއްޖެއަށް ކަލެއަށް ހޯދަ ދެވޭނެ ރަގަޅެއް ނެތް

    42
    1
    • ޏަވިޔަނި

      ބީރުބުލް ވަޒީރު ދޯ މީ

  3. އަހުމަދު

    އެމް.ޑީ.ޕީ ގެ ފެއިލްވުން ދެކި ރައްޔިތުން ބޭނުމެއްނުވޭ ދެނެއް ނަޝީދެއް. ރެކޯޑު ބަޖެޓުތައް ކައިގެން ކީއްކޮއްދެވުނީ؟ ދީނައް ފުރައްސާރަ ކޮއްފަ ސަޅިބައިސާ ކަނޑަން އެކަނި ކެރެނީ

    38
  4. ސަމާ

    ހައް ހައް !
    ﷲގަންދީ މިބުނީ ވޯޓެއްނުދޭނަން.
    ކުރީގެ އެއްވެސް ވެރިޔަކު ވެރިކަމަށް ކުރިމަތިލާން ނުފެނޭ.

    27
    1
  5. ވިސްނާލުމަށް އެދެމޭ

    2023ގަ ރިޔާސީ އިންތިޙާބެ ބާއްވަފާނެކަމާމެދު ޝައްކު..ޔަގީންވަނީ ނުބާއްވާނެކަން.. ރައްޔިތުން އަތުން ވޯޓުކަ ރުދާސްކޮޅުވެސް އަތުލާން އެއުޅެނީ...މިއީ އަހަ ރެމެންގެ ހައްގަށް އަ ރައިގަތުން..ހު ރިހާ ރައްޔިތުން ހޭލާ....ޕޕމ މޑޕ އާ ޑީލްނުހަދާނެ އަދި ރޔާމީން އަކީ ޑީލްހަދައިގެން ކަންކު ރާނެ ބޭފުޅެނޫން..އެއީ ދިވެހިންގެ ގަޓް ރައީސް..

    62
    2
  6. އައްމަޑޭ

    ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ހުވަފެން ދޫކޮށްލާ. ވަރަށް ސާފު ސީދާ ދިވެހި ބަހުން މިބުނީ.

    73
    2
  7. މއކ

    ނުދޭނަން ވޯޓެއް

    59
    1
  8. ޑީމަކްރަތީ

    ބަލަ މިގައުމަކުން ތިޔަ ރީދޫ ބައިގަޑަކައް ތާއީދެއްނެތް މިފަހަރު މުޅި ގައުމާ މަޖުލީސްދިނީ ވީހަރާމްކޯރު ދެން ސާލިހިވެސް ކެނެރީގެ ނަސީދުވެސް ހަދާނައްތާލާ ދެހާސް ތޭވީސް ތީސްއަހަރުގެ މައުމޫނު ނައިބު ފަސްޓުލޭޑީނަސް؟

    51
    5
  9. ދީދީ

    ބޭނުމީ ބީރުބުލް ވަޒީތު ކަމޯ ލަ

    39
    • ސީގަލް އޮން އެއަރ

      ބީރުބޮލު ވަޒީރުގެ ވާހަކަތަކުން އެނގޭގޮތުގައި ބީރުބޮލުވަޒީރަކީ ވަރަށް ހިކުމަތްތެރި ތެދުވެރިއެއް. މީގަ އެކަމެއްނެތް… ދެން ބީރުބޮލުވަޒީރަށްވެސް ނުވެވޭނެ..

  10. ގުދުގުދާބެއްޔާ

    ހެހެހެ! މޮޔަފުޅުވީތޯ! މިގައުމުގެ ރައްޔިތުން ވަނީ ވޯޓަކުން ރިޔާސީ ނިޒާމަކަށް ވެރިކަން ހިންގުން ހޮވާފައި! މިހެން މިކަން އޮއްވާ ގަމާރު ނަސީދުއަށް ބަރުލަމާނީ އަށް ފުރޮޅާލާކައް ހަމަ ހިލާ ފުރުސަތެއް ނުދެވޭނެ! އެކަހަލަ ކަމެއް ރައްޔިތުންގެ ބަސްނެތި ކޮއްފިނަމަ އެމްޑީޕީ އެއް ނޯންނާނެ!

    56
    1
  11. ޢަލިބެ

    ކަލޭ މީރުއެއްޗެއް ބޯންވީނު.

    16
    1
  12. ލޮލް

    ނަން ވާނީ އުމަރު ނަސީރު

    13
  13. މުހަންމަދު

    ނަޝީދު ބޭނުންހާ ކަމެއް ބޭނުންވެލާއިރަކައް ދޭންތިބި ޚާދިމުންތަކެއް ނޫން ދިވެހި ރައްޔިތުންނަކީ. އޮޅިގެން އުޅެންޏާ އޮޅުންފިލުވާގަނޭ. މިތާކައް އެއްވެސް ލާދީނީ ވެރިޔަކު ބޭނުމެއްނޫން.

    21
  14. ޖިންނި

    ދެން މި ޤަޥްމްގެ ވެރިކަމަކަށް ތި ލާދީނީ ބައިގަނޑަކަށް ނާދެވޭނެ ، އިންޝާﷲ

    28
  15. Anonymous

    ވާދަ ކުރަން އޮޥޭ ކޮޓަރި ތެރޭ ވޯޓު ހޯދަން ނުދުވާތި ނުލިބޭނެ، މަ ވޯޓު ޔާމިނައް ވާދަ ނުކުރެވުނަސް.

    18
  16. Anonymous

    ވަޒީ ރުކަން ލިބޭނެ މަނިކުފާނަށް ވޯޓު ދޭނަން ހަމަ ޔަގީން

    3
    24
  17. ހުސޭނުބެ

    ތާއިދު! ޔަގީން ހޮވާދޭނަން މަނިކުފާނު

    4
    25
  18. Anonymous

    މަގޭ އާއިލާ އެއްކޮށް ރައިސް ނަޝީދުއަށް ވޯޓް ގެ ރެންޓީ

    3
    30
  19. ސަޓޯ

    އިރާދަ ކުރެއްވިއްޔާ ނުލިބޭނެ.

    22
    3
  20. އުސްމާނުބެ

    އަޅިގަޑުވެސް ބޭނުން މަޖިލިސް ރައީސްކަން ކޮއްލަން ، އެލިބޭ ބޮޑުމުސާރަ، ސަލާންޖަހާލާފަ ގޭގަ ޗުއްޓީހަދާލާފަ ، ބަލި ވީމަ ސިންގަޕޫރުން ބޭސް ކޮައްލައިގެން ، ދެން ފޫހިވީމަ މަޖްލިސްގަ ފިލްމެއް ކުޅެލާ............ ވަރައް ސަޅިވާނެ

    18
    2
  21. ކާފަބޭ2020

    ރަސްމީކޮށް ތިޔައިންޒާރުދިނީ ރައީސަށް! ޑީލުހަދައިގެން ބަރުލަމާނީގެންނާށޭނޫނީ ތިމަންނަ ރައީސްކަމަށްކުރިމަތިލާނަމޭ! އަވަހަށްދެފައިތަޅާފަރޯންފަށާ ނޫނީ ރައީސްޔާމީނާޑީލުހެދޭތޯކޮޅުކޮޅަށް ގުންފައިޖަހާފަދުވޭ ބޮޑުވަޒީރުގެބަހުރުވަ ބަޔާންކުރަށްވައިފި!

  22. ޒާ

    ހެޔޮނުވާނެ 😂😂😂 މަނިކުފާނު މޮޔަފުޅުވީތޯ !!!

  23. ޔަންގބރޯ

    ފާހަގަކޮށްލެވޭ ކަމަކީ ނުފޮރުވައި ފާޅުކުރައްވާކަން. އޭގެެތެރޭގައި މީހުން ވަރަށް ހިތާނުވާ ކަންތައްވެސް ހުންނާނެތާ!.މިއީ ފަރުދީ ތަފާތަކީ.ރާއްޖޭގެ ކަންތައްތައް ހަމައަކަށް އެޅުވުމަށް މީހާރު ރަނގަޅުވާނީ ވަކި ކޮންނިޒާމެއްތޯ އަޅެވިސްނާލާފަ ބުނެދީބަލަ!

  24. އަލީ

    2023 ގެ ފަހުން ކަލޭމެންގެ ނަމުގެ ކުރިއަށް ދޭނެ ލަގަބަކީ [ގައްދާރު]

    14
  25. Anonymous

    ކަލޭ ވެރިކަމައް އިސްކުރާކައް ބަޔަކު ނޫޅޭ. އިންޑިއާގެ ބޮޑު ވަޒީރުކަން ކުރަންދޭ. މި ރާއްޖެ އަކު ދެން ލާހިކެއްނޫން ކަލޭ ވެރިކަމަކައް އަންނާކައް

  26. އަހްމަދު

    އަމިއްލަ އެދުން ވަރަށްބޮޑުކަމަށް ފެނޭ!
    އަޅުގަނޑަން ފެންނަނީ އިންތިހާބާ ގާތްވާވަރަކަށް އެންޑީޕީ ރޫޅީ ދެވަނަ ޕާތީއެއް އުފަންވެގެން އަންނަތަން! ދެޕާޓީން ކުރިމަތި ލާނީ ރައީސް އިބޫ އާއި ނަޝީދާއި ރައީސް ޔާމީން. ދެވަރަ ބުރަކަށް ދާއިރު އިބޫއާއި ނަޝީއަރަނީ އެއްގަލަކަށް ބާކީ ތިބިމީހުން އަރާނޯ ކޮންގަލަކަށް ކަމެއްނޭގޭ! މޮޅުވާނީ ގިނަމީހުން އަރާކޮޅު!

  27. ޙހހހ

    މަނިކުފާނު ނޫންތޯ ތި ޕާޓީގެ ޤަވައިދަށް އިސްލާހް ގެނައީ ޕާޓީން ވެރިކަން ކުރާނަމަ ވެރިކަން ކުރާ މީހަކަށް 2 ދައުރު ދޭން ، ދެން މިހާރު އެކަން ޤަބޫލުނުކުރައްވަނީތޯ

  28. ބަރުގޮނު

    ރައީސް ނަޝީދު ، ކެނެރީގޭ ނަޝީދު ، އަންނި މިނަންތައް ކިޔެނީ ކާކަށްކަމާ ، އެމީހަކު ބުނާ އެއްޗެއް މާނަ ކުރަންވާނީ ބުނާ ބަހާ ދިމާ އިދިކޮޅަށްކަން ޤަވްމުގެ ގިނަ މީހުން ވަނީ ތަޖުރިބާކޮށް ގަބޫލުކޮށްފައި. މިވެނިކަމަކާ ތިމަންނަ ޝަވްޤެއް ނެތޭ ވިދާޅުވެއްޖެއްޔާ މާނައަކީ އެންމެ ޝަވްޤުވެރިވާ ކަމަކީ އެޔޭ .. މިވެނި މީހަކު ތިމަންނައަށް ދެރަކަމެއް ކުރާނެ ކަމަކަށް ތިމަންނަ ޤަބޫލެއް ނުކުރަމޭ ވިދާޅުވާނީ ޤަބޫލުު ކުރައްވާތީ. ނަޝީދު ޤަބޫލު ނުކުރެއްވިޔަސް ނަޝީދުގެ ދަރިން ޤަބޫލުކުރޭ .. ނަޝީދަކަށް ދަރިންގެ ވާހަކައަށް ތިޔައީ ދޮގެކޭ ދަރިންނޭ ދޮގެކޭ ވިދާޅެއް ނުވެވޭ. !!! ކަޑައެޅިގެން ދޮގު ހެއްދެވުން ، ވާހަކައިން އޮޅުވާލުން ، ދެބޯގެރި ދުއްވުމޭ ބުނާގޮތަށް ވާހަކަ ދެއްކެވުން މިހިރީ ނަޝީދު ޢާންމު ސިފަތައްކަން އެންމެން ދަނޭ.