އެމަނިކުފާނަށް އަމާޒުވި ނިރުބަވެރި ހަމަލާއަށް ފަހު، މިއަދު ފޯނު ބޭނުން ކުރަން ފައްޓަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މެއި ހައެއްގައި އަމާޒުވި ބޮމުގެ ހަމަލާއަށް މިއަދަށް ދެ މަސްވެފައި ވަނިކޮށް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯނު ބޭނުން ކުރަން ފައްޓަވާފައިވާ ކަމަށާއި 7،862 މެސެޖު މި މުއްދަތު ތެރޭގައި ލިބިފައިވާ ކަމަށެވެ.

އެ މެސެޖް ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވަމުން ނަޝީދު ވަނީ ޖަވާބު ނުދެވި ހުރި ހުރިހާ މެސެޖެއް ވެސް ކިޔައިފި ކަން ހާމަކުރައްވައިފައެވެ.

“ސަލާމް. އަޅުގަނޑު މިއަދު ފޯނު ބޭނުން ކުރަން ފަށައިފިން. މިވަގުތު އަޅުގަނޑަށް ޖަވާބު ނުދެވި 7862 މެސެޖް އެބަވޭ. އެންމެ ބޭފުޅުންގެ ޓެކްސްޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ހުރިހާ ޓެކްސްޓް ކިޔައިފިން” ނަޝީދު ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ނަޝީދުގެ އިނގިއްޔާއި، ކަންފަތާއި ފައި ފަދަ ތަންތަނުގައި ކުޑަކޮށް މައްސަލަ ހުރިކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އެގޮތުން ވާތުގެ ތިން އިނގިލި އަދިވެސް ހުރީ އައްސިވެފައި ކަމަށާއި، އެ ތިން އިނގިލި ހަރަކާތް ކުރުމުގައި ދަތިފުޅު ކަމަށް ވިދާޅުވިއެވެ. އަދި މެދު އިނގިލި ބަޅުވެފައިވާ ކަމަށާއި ވާތު ކަންފަތަށް އިވުމުގައި ވެސް ދަތި ކަމެއް ހުރިކަމަށްވެއެވެ.

ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަރާ މޯލަޑިވްސް

    ޖަވާބު ނުދެވިގެން ތިއުޅެވެނީ އެ މެސެޖްތަކުގައި ހުރީ ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދޭށޭ ބުނެފަ އޮތީމަދޯ..

    12
    • އެއީ

      7862 މީހުންނަކީ ރާއްޖޭގައި މިވަގުތު ތިބި ގަމާރުންގެ އަދަދު. ފާޅުގައި ތިމާގެ ދީނަށް ފުރައްސާރަކުރާ، އަދި ރާއްޖެ އިންޑިއާއަށް އަޅުވެތި ކުރަމުން ނުވިތާކަށް މިހުރިހައި ކަމެއްވެސް އަރާމުގަ އެންމެ މޮޅެތި ކެއުންތަކާ ކުރުނީސްތަކާ ކާރުކޮޅުތަކާ ޕާރޓީތަކުގަ، ޒަރޫރީ ކަންތައްތައް ކޮށްފަ ދެކޮޅު ނުޖެހޭ އާދައިގެ މީހާ ފެލާލައިގެން، ލައިގެން އުޅޭ މީހަކަށް ތާއީދު ކުރާނީ ހަމަ ސީދާ ގަމާރުން

  2. އިބްރާހިމް

    ކޯލްތަކަށްބަލާއި ރު މީނައަށް ސަޕޯޓްކު ރާ މިއުޅެނީ އިންޑިޔާ މީހުން ހިމަނައިގެން ގާތްގަނޑަކަށް 7862 އެވެ. މީގެތެ ރޭގައި ރިޕީޓްކޮށްވެސް އެތަކެއް ކޯލް ވާނެ ނޫންތޯއެވެ.

    11
    1
  3. ގުއިފިއްތާހުންޒާ

    ކަލޯ މިއަދު ގަޑިން ކިހާއިރަކު ބޭފުޅާ މެސެޖުތައް ކިޔަންފެށީ؟ މިހަމަ އަހާލީ، ހަތްހާސް އަށްސަތޭކް ފަސްދޮޅަސް ދެ (7862) މެސެޖު ބޭފުޅާ ކިޔާލަން ހޭދަވި ވަގުތު ސާފުކޮށްލަންވެގެން.
    މިއަދު ފޯނުބޭނުންކުރަން ފެށިއްޔާ، މިއަދު ބޭފުޅާ ރާއްޖެ ގަޑިން 10:45ގައި ޓުވިޓަރޭގައި ތިޔަހެން ޖެހޭލުމުން ސިކުނޑި މަސައްކަތް ކުރާމީހަކު ވިއްޔާ އަހޭލާންބޭނުންވާނެ ދެއްތޯ! އަޅުގަނޑަށް ހަމަޔަގީން ތިބޭފުޅާ ތިޔަހަދޭލެއްވެވީ ވޯލްޑް ރެކޯޑެއްކަން.
    ހާމަ ކޮށްދޭންވާނެ އިނގޭތޯ، އަޅުގަނޑުމެންގެ ވަން އެންޑް އޮންލީ ކެރަފާ ގޯތި .......... މޮޔަސޮރު. މަންނީނގޭ ދެން ބުނާނެ އެއްޗެއް. ބޮނޑިބަތް ކޭބަޔަކު ކޭފި.