ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ %80 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހިނގާ ސަރަހައްދު ގާއިމު ކުރުމުގެ މަސައްކަތުގެ %91 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ގާއިމުކުރުމާއި، 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ގާއިމުކުރުމާއި، 19،679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.