ދިހަ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ގދ. ތިނަދޫއިން ކަރަންޓު ކަނޑައިގެންގޮސްފިއެވެ.

ތިނަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުން ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ މިރޭ 7:30 ހާއިރު ކަމަށާއި އަދިވެސް ކަރަންޓު ނުލިބޭ ކަމަށެވެ. އަދި މިގޮތަށް ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑައިގެން ދާ ކަމަށްވެސް އޭނާ ބުންޏެވެ. މިފަހަރު ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ ކަރަންޓު ނުކެނޑި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން ކަމަށް އެމީހާ ބުންޏެވެ.

ތިނަދޫގައި މިހާރު ބޭނުން ކުރަމުން ދަނީ އެރަށު އިންޖީނުގޭގައި ރޯވި ފަހުން އެރަށަށް އަލަށް ގެންދިޔަ ޖަނެރޭޓަރުތަކުގެ ތެރެއިން ޖަނެރޭޓަރަކަށް ލޯޑު ބޮޑުވެގެންނެވެ. އެރަށުން ކަރަންޓު ކަނޑައިގެން ދިޔަ ފަހަރު ތިން ރެއާއި ހަތަރު ދުވަސް ވަންދެން ކަރަންޓު ނުލިބި ރައްޔިތުން ނިދީ ކަނު އަނދިރީގައެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަން

    ކަރަންޓެއް ނެތް. ފެނެއް ނެތް ކުއްލި ހާލަތު އިއުލާން ކޮއްގެން އިހްމާލް ވި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަން