ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްއަށް އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާސް" ޕްރޮގްރާމްގައި 2023 ގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކާއި ގުޅިގެން ނަޝީދުގެ ޖަވާބު ހުރި ގޮތުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ހުންނެވި ކަމަށާއި އެހެން ކަމުން 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި އެފަހަރު ރައްޔިތުން ރައީސް ނަޝީދަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

"ޕާޓީ އެކްޓިވިސްޓުން ޗާޖުކުރަން ދައްކަން ވެސް ނިޒާމުގެ ވާހަކަ މިހާރު ބާވެއްޖެ. އިންޝާالله، ނަޝީދުގެ ވެރިކަމެއް ދެން ރާއްޖެއަކުން ދުވަހަކުވެސް ނުފެންނާނެ." ޖަމީލް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ކުރިންވެސް ތިޔަކަހަލަ ގަދަ ބަސް ބުނެފަ އެބަހުރި...ތިޔަ ބުނާ ބަސްބަހުގެ އެއ އްވެސް ބުރަދަނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއް ނެތް.

  4
  7
 2. ނިއްކުރިބޮޑޭ

  މިދެންކާކުތަ

 3. ޙ

  ތެދެއް. ބަސްތައް ވަރުގަދަކަމުންގޮސް ނާކާމިޔާބުވަނީ. ލަފާކުރެވޭ ގޮތުގަ ރާއްޖޭގެ ވެރިކަން ދެންކުރާނީ ނަޝީދު. ނަޝީދައް އެގެނީ ދިވެހިންގެ ގޮތް. އޭނަގެ ޑްރާމާތައް ވަރަށްމޮޅު..

 4. މުހަންމަދު

  ކުރިންވެސް ތިހެންކިޔާފަ، އެމީހުންނަށް ވެރިކަން ހޯދައިދޭން ނުކުމެހުރީ....

 5. އައްޑޫ ޝަކުވާ ބޯޓު

  ޖަމީލު ބުންޏެއްކަމަކު އެއީ ހަމަ ތެދެއް.
  އިސްލާމްދީނުގައި ސާބިތުވެ ދިވެހިން ތިބިހައި ހިނދަކު ތިއާއިލާ އެކަކަށްވެސް ލާހިކައެއް ނޫން ދެނެއް ދިވެހި ތަހުތާއި ކައިރިވާކަށް!

  ކިހާ ދަޅަތަކެއް ދައްކައި ލަވަހަދައި ނާޗަރަންގީކުޅެ، 16 އަހަރު ދިވެހިން ވާވައްދައިފި.؟ ޥިލާތުގެ އެލީޓް ލޮބީއިން ފަންޑުކޮށްގެން، ގެންގުޅޭ އެވެރިންގެ ޕަޕެޓް ބޯއި ނަޝީދުގެ އެޖެންޑާ ދަސްވެ، މާތްﷲ ގެ އިރާދުފުޅުން ގިނަ ދިވެހިން މިހާރު ލޯ ހުޅިވި ހޭއަރައިފި.

  އަދިވެސް ރީނދޫ ހުންޖެހިފަައި ތިބި ބަޔަކު ބައި ގިނަކަމަށް ދައްކަން ހަޅޭއްލަވައި ކިތަންމެ ވަރަށް ޗަރުކޭސް ދައްކަން އުޅުނަސް ތިބައިގަނޑަކަށް ނެތް ތާއީދެއް. ދިވެހި ދައުލަތް ލޫޓުވައި އަހަރެމެން ބިކަކޮށް ފި.

  ދުއްްވި ޢޮޮޑިގަނޑު ފެތި، 2023ގެ ޢިންތިހާބުގައި ފައިސާގެ ދަޅަދައްކައިގެން ރިޝްވަތުދީގެންވެސް ކާމިޔާބުވޭތޯ، ދައުލަތުގެ ހަޒާނާ ވެސް ދިރުވާލައިގެން މިހާރުން ރެޑީވަނީ. މުޅި ދުނިޔެ ކޮންޓްރޯލް ކުރާ ދައްޖާލުގެ އެލީޓް މާފިއާ އިން މިފަހަރު ކުރިއަށް ވުރެ މާބޮޑަށް ޑޮލަރު ބޮނޑިވެސް އޮއްސާލާނެ.
  ނިކަންބަލަން ތިބޭ ބޮޑުކަހީނަށް ބޮޑުތަނުން ދިވެހިން 2023 ގައި ނޫނެކޭ ބުނާނެ.

  މިހާރު އެހެން ހެވިފައި ހުއްޓަސް އޭރުން ރޮއެޙޭރި ބޮއެކޮޓް ކުރަންގޮވާލާ، ތަންތާ ހުޅުޖަހައި، ޢެސަކަރާތްވެސް ޖަހާނެ. ތީކާކު!. ދިވެހިން މަށަށް ކިޔާށޯ ބޮޑުވަޒީރު. ޙުން! ޙަނދާން ނައްތާލާ. ބޮޑުކަހީނު.

  މުޅި މިގައުމަށް ޖެހިފައި އޮތް، ކޯވިޑަށް ވުރެވެސް ނުރައްކާތެރި ބަލާ މުސީބަތެއް!.

  2
  1
 6. Anonymous

  ނައިބުކަންވެސް އޮންނާނީ ފޭރިގެންފަ ދެން ލަލަލާ

 7. ޖަވާދު

  މިހާރު ކުރިޔަށް ވާން ހުރި ކަންތައްވެސް އެގޭ ޣައިބުގައި ވާ ކަންތައެްވެސް އެގޭ ވަރަށް ކިޔެވީތޯ؟

 8. ހަވާސާ އިބޫ

  އިންޝާﷲ ދުވާއަކީތިޔައީ!

  1
  1