ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގައި ހާއްސަ ކެމްޕެއިން އެއް ކުރަން ތައްޔާރުވެެއްޖެއެވެ.

" ވަގުތު " އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހަފްތާގެ ތެރޭގައި ކެމްޕެއިން ޓީމުތަށް އަތޮޅުތެރެއަށް ފުރުމަށް ވަނީ ހަމަޖެހިފައިކަށެވެ.

" މިހާރުވެސް އަޅުގަނޑުމެންގެ ބައެއް ޓީމުތަށް ދަނީ އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން , އިންތިހާބާއި ދިމާކޮށް ގިނަ ހަރަކާތް ތަކެއް ހިންގަން ވަނީ ރޭވިފައި އެގޮތުން އިންތިހާބުގެ ކުރިން ބޮޑެތި ރެލީތަކެއް ބާއްވަން މިދަނީ ތައްޔާރުވަމުން " އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތާއީދު ހޯދުމަށް " ގޯއްޗަށް " މި ނަމުގައި ރައީސް ޔާމީނުގެ އަނބިކަނބަލުންގެ އިސްނެންގެވުމާއެކީ 2000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވާ 'ޑޯޓު ޑޯ' ހަރަކާތެއް މާލޭގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.

މާލޭގައި ކުރިއަށް ގެންދާ މި ހަރަކާތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އިރު މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިނގިލީގެ ގެތަކަށް ޒިޔާރަތް ކޮށް ރައީސް ޔާމީނަށް ތާއިދު ހޯދުމަށް ކެމްޕޭން ކުރިއަށްދާނެ އެވެ.

ގޯއްޗަށް ކެމްޕޭނުގައި ސަރުކާރުގެ ވަޒިރުންނާއި ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ އެވެ. އަދި މި ކެމްޕޭނުގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނާވެސް ބައްދަލުކުރާނެ ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު