މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރަން ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކުުރުމަށް ނިންމާފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދަށްވާއިރު، ބުރިޖުގެ އަމަލީ މަސައްކަތް ކުރިޔަށް ދާއިރު މާލޭގެ ވަރކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީވެސް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުކަމަށްވުމުން އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑުބައެއް އެމަސައްކަތަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ވަގުތީގޮތުން އެކިކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަން ފަށާފައިވަ ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި އެ ސަރަހައްދުގައި ހިމެނޭ ވަކިފަރާތަކާއި ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތައް ނަމަވެސް އެ ބިންތަކާއި، އެ ސަރަހައްދުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ވެއެވެ. އެ މިނިސްޓްރީން ވަނީ ވެހިކަލްތައް ނަގައި އެތަންތަން ހުސްކުރަން ބޭނުންވާ ކަމަށް ބުނެފައެެވެ.

މިނިސްޓްރީން ވަނީީ، އެ ސަރަހައްދުގައި ވެހިކަލްތައް ބަހައްޓަވާފައިވާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން ވެހިކަލްތައް ނެގުމަށް އެދިފައެވެ.

އަދި އެ މުއްދަތުގެ ފަހުން މިނިސްޓްރީގެ ފަރާތުން ވެހިކަލްތައް ނަގައި ބިން ހުސްކުރާނެކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މާލެ-ތިލަފުށި ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޓ

  ތިޔަ އީ ދޮގެ އް އެއަޕޯޓް މަސްރޫވއު އެންމެ ބޮޑީ

  30
  2
 2. ކަލްޓް މަރިއާ

  ބްރިޖް އަޅާ ނަމުގަ މާލެ ސަރަހައްދަށް ގެންނަ މީހުން ނަކީ އިންޑިއާ ގެ ރޯ ނުވަތަ ސިފައިން ތޯ ބަލަން ޖެހެނޭ، މިސަރުކާރުުން ރ،ނަށީދު ހިމެނޭ ގޮތަށް ވަގު ޑީލް ތައް އޮތީ ހެސްކިޔާފަ އިންޑިއާ ސަރުކާރާ އެކީ ހަދާފަ! ރައްޔިތުން ފިސާރި ރަގަޅަށް ބަލަން ވާނެ މިކަން ތަށް، އިންޑަސްޓްރިއަލް ވިލެޖް އިންޑިއަން ވިލެޖަކަށް ހަދާނެ ހެން ހީވާތީ މިބުނީ!! ރައްޔިތުން ނޭ ހޭ އަރާ!!

  41
  5
 3. މަބޭ

  ހުޅުލެމާލެ ބްރިޖްގެ މަސަތްކަތްކުރި ޗައިނާމީހުން މަސަތްކަތްނިމި ފުރަންދެންތިބީ އެމީހުންގެ އެކޮމަޑެސަންގަ ވަރައް ޑިސިޕްލިންކޮއް ރައްޔިތުންގެ ފަރާތުންސަކުވާއެއް ނާދެ .އިންޑިޔާމީހުންގެ އަމަލުތައް މިގޮތައް ބެހެއްޓޭނެތޯ

  12
  1
 4. ަަަަަަަަަައަބުދު

  ބުރިޖު ނިމޭއިރު މިނިވަންކަން އަބަދައްގެއްލި އަޅުވެތިވެ ދިދަ ދަނޑިތަކުގަ ހުރި ދިދަތަކަކީ ކަސްމީރުގަހުރި ކަސްމީރުދިދަ ފަދަ ބާރެއް އަގެއްނެތް އެއްޗަކައްވެގެންދާނެ . އެއަށްފަހު ދެކޭނީ އަންޑަމަން އާއި މަލިކާއި ކަސްމީރު ފަދަ ހިންދޫންނާ ނުގުޅޭ ސްޓޭޓް ތަކައް ވެފަ އޮންނަ ކަހަލަ ނިކަމެތި ގޮތްތަކެއް ....... ޗައިނާއާއި އިންޑިޔާ އަކީ މިހާރު ދުނިޔެ އަތްދަށުލުމުގެ ހުވަފެންދެކޭބައެއް.

 5. އަފްޝީމް

  ބްރިޖް އަޅަނިއްޔޭ ކިޔައިގެން މަންޒަރު ދެއްކިދާނެ! ކުރިޔަށްއޮތް 10 އަހަރުންވެސް ތިކަން ނުނިމޭނެ! ތިޔައަޅާކަމަށްބުނާ ބްރިޖަކީ ލޯނު ނުނަގައި ރައްޔިތުން ނުދަރުވާ އަޅާ ބްރިޖެއްތޯވެސް ބަލަން ޖެހޭ! ހުޅުމާލޭ ބްރިޖް އެޅިއިރު މިހާރު ސަރުކާރުގައިތިބިމީހުން ރައްޔިތުން ވާވައްދަން ދެއްކި އެންމެ ނުބައި ވާހަކައަކީ އެއީ! އެކަމަކު އެ ބްރިޖަށް ރާއޖެއިން ލޯނުގެގޮތުގައި ޚަރަދުކުރީ 85 މިލިޔަން ޑޮލަރު! މިހާރު ތިޔަކިޔަނީ 500 މިލިޔަން ޑޮލަރުގެ ލޯނުގެ ވަހަކަ!