އޮޅުވެލިފުށި ރިސޯޓުން ފަތުރުވެރިން ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ކަނޑުމައްޗަށް ހުއްޓިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހުއްޓުނު އެ ލޯންޗްގައި 11 މީހުން ތިބި ކަމަށެެވެ.

ކަނޑުމެދަށް ހުއްޓުނު ލޯންޗަކީ ސަންސެޓް3 ނަމަކަަށް ކިޔާ ލޯންޗެކެވެ. އެ ލޯންޗްގެ ހުއްޓުނީ އިންޖީނުގެ ބެޓަރީ މައްސަލަ ޖެހިގެންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗް ހުއްޓުނީ ސިނަމާލެ ބްރިޖް ކައިރިން ކަަމަށެވެ.

އަދި އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗްގައި ތިބީ ފަތުރުވެރިން ކަމަށެވެ.އަދި އެ މީހުން ކޯސްޓްގާޑް ލޯންޗްގައި ހުޅުލެއަށް ގެންގޮސް ދީފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު