އައްޑޫސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އެ ސިޓީން އިތުރު ހަތް މީހަކު ފައްސިވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 499 އަށް އަރާފައެވެ.

އެސިޓީން އަލަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ. އެ އެންމެން ފައްސިވެފައިވަނީ ހިތަދޫންނެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 434 މީހަކު ބަލިން ރަނގަޅުވެ މިވަގުތު ބަލި ޖެހިފައި ތިބި ކަމަށް ރިކޯޑް ކުރެވިފައިވަނީ 63 މީހެކެވެ. އޭގެ ތެރެއިން ވެސް ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން 11،108 ސުންކު ވަނީ ނަގާފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް އެސިޓީގައި ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް، ބައެއް އަވަށްތަކުން ބަލި ޖެހުނު މީހުން ރަނގަޅުވުމާއި ގުޅިގެން މިވަގުތު ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފަައެވެ.