މިއަދު ރާއްޖެ އިން އިތުރު 105 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 23 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 74 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ހަތް މީހުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން އެކަކު މިއަދު ފައްސިވިއެވެ.

ފާއިތުވި 81 ދުވަސް ތެރޭގައި އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހަށް މިއަދު ވިއިރު މިހާރު ކޮވިޑް ޖެހިފައި ތިބީ 3148 މީހުންނެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އޭޕްރީލް މަހުގެ 23 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

މިއަދު 4200 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.50 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި ނިސްބަތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 25 މީހުންނަށެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަދިވެސް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވާދޫ

  ރެކޯޑް ނޫން އަދަދެއް މިނޫހުގަ އޮވޭތަ؟

  8
  2
 2. ބައިބައި

  ކޮވިޑް މިގައުމަށް ބައިބައި ކިޔަނީ ކަމަށްވާނީ.

 3. ކޮވިޑް

  މަދުވީކީ ނޫން ޖެހުނަސް މިހާރު ނާންގަނީ...14 ދުވަސް ވީމަ ރަނގަޅު ވިޔަސް ނުވިޔަސް ދޫކޮށްލާ ވިއްޔަ