19:05

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ކަރަންޓީނުގައި ތިބި މީހުންނަށް ވެސް ލުއި ލިބޭނެ ކަމަށް ސަރުކާރުން ހާމަ ކޮށްފި.

18:13

ބަންގްލަދޭޝްގައި ކޮވިޑް-19ގެ ވޭދަނަތައް އިތުުރުވެފައިވާ މި ދަނޑިވަޅުގައި އެގައުމުން އޮކްސިޖެން ހުސްވެ، ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފި

16:14

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ދޭން ނިންމައިފި

15:37

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ، ކާފިއު މާދަމާ އިން ފެށިގެން އުވާލުމާއި އެކު ކެފޭ / ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ދެވޭ ގަޑި އިތުރު ކުރަން ސަރުކާރުން ނިންމައިފި

15:34

ރިސޯޓު މުވައްޒަފުންނަށް ރަށްރަށަށް ދެވޭނެ އުސޫލެއް ކަނޑައަޅައި، އެގޮތަށް ސަރުކާރުން ލުއި ދީފި

15:30

ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ފެތުރޭނެ ކަމަށް ބެލެވެނީ ވެކްސިން ނުޖަހާ އުމުރު ފުރާގެ މެދުގައި ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ

15:11

ކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން އަންނަ މީހުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރާ ގޮތަށް ހަމަޖައްސައިފި

15:03

މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމަށް ހުއްދަ ދިން ނަމަވެސް، ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

14:48

އިންޑިއާ ފަތުރުވެރިން ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތައް ހުޅުވާލަން ނިންމައިފި

14:35

މާލެ ސަރަހައްދުގައި 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމައިފި

14:28

ރާއްޖެ އިން ބޭރުން އަންނަ ބިދޭސީން ގެތަކުގައި ކަރަންޓީން ކުރުން މަނާކޮށްފި

14:17

ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމައިފި.

14:13

ކޮވިޑް-19 ގެ ދެ ޑޯޒް ޖެހި މީހުންނަށް ރަށްރަށަށް ދެވޭ ގޮތަށް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި.

14:08

މިވަގުތު ރާއްޖޭގައި 60،000 ޑޯޒްގެ ވެކްސިން އެބަހުރި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފި

12:53

ރަޝިއާއިން ކޮވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިން މެކްސިކޯގައި އުފައްދަން ފައްޓައިފި.

12:29

ވެކްސިން ފުރިހަމަ ކުރުމުން ރިސޯޓް މުވައްޒަފުންނަށް ރަށަށް ދިއުމުގެ ހުއްދަ ދޭން ނިންމައިފި.

09:19

އަންނަ ހަފްތާގައި ކަރަންޓީންގެ މުއްދަތު ދިހަ ދުވަހަށް ކުޑަކުރާނެ!

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާއިއެކު ހާލަތު ކޮންޓްރޯލް ކުރެވި، އޭޕްރީލް މަހު އަދަދުތައް ހުރި މިންވަރަށް ގާތްގަނޑަކަށް އަދަދުތައް މަދުވީއެވެ.

ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. މާސްކް ފުރިހަމައަށް، ރަނގަޅަށް އަދާކުރަން ޖެހޭނެއެވެ. ގައިދުރުކަން ބެހެއްޓުމާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 105 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 23 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 74 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން ހަތް މީހުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން އެކަކު މިއަދު ފައްސިވިއެވެ.

ފާއިތުވި 81 ދުވަސް ތެރޭގައި އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހަށް މިއަދު ވިއިރު މިހާރު ކޮވިޑް ޖެހިފައި ތިބީ 3148 މީހުންނެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އޭޕްރީލް މަހުގެ 23 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

މިއަދު 4200 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.50 މީހުންނެވެ. މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި ނިސްބަތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 25 މީހުންނަށެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުށްތަން

    ފަރުދީޒިންމާ އަދާކޮށް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކްއެޅުމުގެ ކަންތަކުގައި ދަރުބާރުގޭގައި މަސައްކަތްކުރައްވާ ބޭބޭފުޅުންގެ އަމަލުފުޅުތައް ހުންނަގޮތް ދަރުބާރުގޭ ދޮށުގައި އެބޭފުޅުން އުޅުއްވާގޮތް ދުށް މީހަކަށް އެނގޭނެ. ވީމާ އާންމުރައްޔިތުންގެ ކަންތައް ހުންނާނެ ގޮތް އޮތީ ހަމަ ހީކޮށްލުން. މިދަރަޖައިގައި ކަންތައް ހުރެގެން ރާޅަކަށްފަހު ރާޅެއް ބޯމައްޗަށް ބިންދަމުންދާނީ. މިހާރު މިދިރިއުޅޭ ގޮތަކީ ކުރިމަގުގެ ދާއިމީ "ނޯމަލް"ކަމުގައި ނިންމާފައި ހިތްހެޔޮކޮށްލުން ބުއްދިވެރީ.

  2. މަރީ

    ކުދީންނޭ! މިހާރު ޢަދަުތައް މި މަދުވަނީ އީދު ޗުއްޓީއަށް ބޮޑުންނަށް ފުރުޞަތު ދޭން. އީދަށް ފަހު އަނެއްކާ އަދަދުތައް މައިމޫނާއާި ޒުވާން ނަސީމު އިތުރުކުރާނެ. މިކަމުން ސަލާމަތްވާނީ 2023ގެ އިންތިޚަބުގައި ވާނެ އެއްޗެއް ވީމާ. މިއީ ވެރިކަން ދިފާޢުކުރާން އެމްޑީޕީއިން ކުޅޭ ގޭމެއް.

    6
    1
  3. ގަންޖަ

    ކޮވިދުންސަލަމަވަނިވެރިކަންބަދަލުވުމުން

  4. އައްޑޫ ޝަކުވާ ބޯޓު

    ހަމަތެދެއް
    ޗުއްޓީ ނިމެންވާއިރަށް ދެން ކިޔާނެ ޑެލްޓާވޭރިއެންޓް ފެތުރެނީއޭ.
    ބަލަންތިބޭ
    އެވެސް ފަތުރާނެ