ޖަމްޝީދު (ވ) ފުލުހަކާއި ސެޓްފިކެޓެއް ހަވާލު ކުރަނީ – ފޮޓޯ : ޕޮލިސް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް ދެފަހަރަށް ޑީމޯޓްކޮށް މިހާރު ސްޕްރިންޑެންޓެއްގެ ރޭންކްގައި ހުރި މުހައްމަދު ޖަމްޝީދު ޑީމޯޓް ކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ޒަހަރު ނުދިނުމުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވި ވާހަކަފުޅު ފުލުހުން ދޮގުކޮށްފިއެވެ.

މަހްލޫފް ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖަމްޝީދު ޑީމޯޓް ކުރަން ނިންމީ އަދީބަށް ޒަހަރު ދީގެން މަރާލަން އެންގުމުން އެކަމާއި ނޫޅެ އެމެސެޖް އަދީބަށް ރައްދުކޮށްދިނުމަށް މަސައްކަތް ކުރުމުން ކަމަށް އަޑުއިވިއްޖެ ކަމަށެވެ.

"އަދި ޑިމޯޝަން މަޑުޖައްސާލާފައި އޮތީ އޯޑިއޯއެއް ޖަމްޝީދު އަތުގައި އޮތުމުން ކަމަށް ބުނޭ." މަހްލޫފް އިތުރަށް ވިދާޅުވިއެވެ.

މަހްލޫފްގެ ވާހަކަފުޅާއި ބެހޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާން ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ފުލުހުންގެ ތެރޭގައި ފުލުހަކާއި މެދު ތަޙްޤީގެއް ކުރެވޭނަމަ އެކަން ރައްދުވާ ފަރާތައް އެކަން ސާފުކޮށް އެނގޭނެ. ފުލުހުންގެ އިންޓާނަލް އިންކްއަރީ އަކީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާއި ހިލާފަށް ކުރެވޭ އަމަލަކާއި މެދު ޤާނޫނީ މަރުހަލާތަކެއްގެ ތެރެއިން ކުރެވޭ ޓްރާންސްޕޭރަންޓް ތަޙްޤީޤެއް. ފުލުހުންނަށް ރައްދުވާ ގޮތައް ހަޤީޤަތާއި ހިލާފު ވާހަކަފަތުރާނަމަ އެމީހަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނަން." ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވިއެވެ.

ADS BY SHEESHA

މަހްލޫފް އަކީ މީގެ ކުރިން ވެސް ފުލުހުންނާއި ބެހޭ ގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަތައް އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ދައްކަވާފައިވާ ބޭފުޅެކެވެ.

ADS BY ASTERS

29 ކޮމެންޓް

  1. ހުސައިން ރަޝީދު

    ބޮޑު ވަގެއްްދޯ މިޖަމްޝީދުއަކީ . މިވަރު މީހަކު ޑީމޯޓް ކުރުން ހުއްޓުވަން މިނިސްޓަ މިއުޅެނީ. މިކަހަލަ މިނިސްޓަރ ރައީސެއް ނުބަހައްޓާނެ

  2. އަދި ކޮބާ ދޫނިދޫ މިސްކިތަށް ހޯދި ފައިސާ އިންވެސް ކަޓް ނެގިކަމަށް. އަހަރެމެން މުވައްޒަފުން ދޯ ތަން ހެދީ. އެކަމަކު5 މިލިޔަން ދިޔައޯ. ހުރިހާ ތަކެއްޗެއް ދޫނިދޫ އަށް ގެނައީ ހިލޭ . ނޭނގޭ އެވަރު އަރަންވީ ގޮތެއް.

  3. ޙުސއިން އަލިމްނިކު

    މިކޮރަޕްޝަން ޓީމް ގެ މައްްސަލަތައް ބަލާ ފިޔަވަޅު އަޅާ އަވަހަށް. މިއީ ފިތުނަ ފަސާދައިގެ ބައެއް. ޢަހަރެން ކަނޑަާލީވެސް ތި ޖަމްޝީދު ގެ ބާރުގައި

  4. އޭ މިހާރު ސައުދީ ސީޕީ އަކަށް ވީތޯ ޖަމްޝީދު ޑީސީ އަކަށް ހަދާފައި.

  5. މަހުލޫފް އާއި ޖަމްޝީދު ހައްޔަރު ކުރަން ގޮވާލަން. ޖަމްޝީދު ޑީމޯޓް ކުރުމުން އޭނާ އެމްޔޯ އޯ އަށް މަހުލޫފް އައި އެކު ދާން ެއެއުޅެނީ.

  6. މަހުލޫފް އާއި ޖަމްޝީދު ހައްޔަރު ކުރަން ގޮވާލަން. ޖަމްޝީދު ޑީމޯޓް ކުރުމުން ޢެމްޔޫއޯ އަށް ވަންނަން އޭނާ އެއުޅެނީ މަހްލޫފް އާއި ގުޅިގެން

  7. މި ޖަމްޝީދުގެ ކަންކަން އަދި ކިރިޔާ މިފަޅާ އަރަނީ. ވަގަކަށް ހާސްދުވަސް ވެރިއަކަށް 1 ދުވަސް

  8. އަނެއްކާ މިނިސްޓރ އަޒްލީން ހުރީ ޖަމްޝީދުގެ ކޮރަޕްޝަނާ ގުޅިފަ ތޯ އޭނާ ޖަމްޝީދުގެ ޑި މޯޝަން ހިފަހައްޓާގެން މިއުޅެނީ.

  9. މީގެ ކުރިންވެސް ތި ޖަމްޝީދެއް އުޅުނު އަޑުތަކެއް ނާރާ ! " އަޑެއް ކިޔައިފީވިއްޔާ ރެދެއް ލާނެއޭ " މީހުން ބުނެ އުޅެނީ ކޮންމެވެސް ކަމެއް ވާތީ ! ޒަހަރުގެ ކަންތަކަކީވެސް މިހާރު ނުހިގާނެ ކަމެކޭ ނުބުނެވޭނެ ! ހައްތަހާވެސް ތިހިރީ ވެދާނެ ކަންތަށް ! އެއްބަޔަކު ދޮގުކުރާނެ ! އަނެއްބަޔަކު ތެދު ކުރާނެ ! އަތްފައިވެސް ތިމާކުރިކަންތަކުގެ ހެކި ދޭނެ ދުވަސް އެބައޮތް !

  10. މަހުލުފް ހައްޔަރު ކުރަން ގޮވާލަން. ރައްޔިތުންގެ ހިތްތަކަށް ބިރުވެރި ކަމާއި ނަފުރަތު އުފައްދަން މަސައްކަތް ކުރެވިގެން ނުވާނެ

  11. މަހުލޫފް ޓްވީޓް ކުރަންވީނުން ޖަމްޝިދު އާއި ޓޫފޯ އާއި ދެމީހުން ވަގަށް ނެގި މާސްޓަރ ކޯހުގެ ޓެސްޓް ޕޭޕަރުގެ ވާހަކަ. އިޔާޒް އައި ޓޫފޯ އާއި އެކު ހިންގި ލޯންޗް ކޮރަޕްޝަންގެ ވާހަކަ

  12. ބްރޯ އަށް އިންޓެލް ރިޕޯރޓް ވިއްކާގެން ހޯދި ލާރި އާއި، ލޯންޗް ކޮރަޕްޝަނުން ހޯދި ފައިސާއިން އުމުރާ އަށް މީނާ އާއި ޓޫފޯގެ މުޅި ފެމެލީ ވަނީ ފުރާފައި. އެވެސް އެއްއްހަރުތެރޭ 3 ވަނަ އުމްރާ

  13. މަހުލޫފް އަހަންވީނުން ޖަމްޝީދު ގާތުން ހުޅުމާލެ ގެސްޓްހައުސްގައި އޭނާ ކުޅުނު ފިލްމް ކޮބާތޯ އާޢި ލޯންޗް މަރާމާތަށް ލަންކާ އަށް ފޮނުވާގެން ނެގި ކަޓް ކޮބާތޯ

  14. ޕްރީޕެއިޑް އިއްސޭ

    މި ޖަމްޝީދަކީ އިންޓެލް ރިޕޯރޓް އަދީބް އަށް ވިއްކުމާއި، މަރާމާތަށް ލަންކާ އަށް ފޮނުވި ލޯންޗް ގެ ކޮރަޕްޝަނުން ފިރިގެންވާ މީހެއް އެމައްސަލައިގައި ފިޔަވަޅު ޢެޅީ. މިހާރު ޖަމްޝީދުމެން މިއުޅެނީ އެމްޑީޕީގެ ހިމާޔަތް ހޯދަން. އޯޑިޔޯ އެބައޮތޭ ކިޔާގެން. މަހުލޫފް އަހަންވީނުން ޖަމްޝީދު ގާތުން ހުޅުމާލެ ގެސްޓްހައުސްގައި އޭނާ ކުޅުނު ފިލްމް ކޮބާތޯ އާޢި ލޯންޗް މަރާމާތަށް ލަންކާ އަށް ފޮނުވާގެން ލިބުނު ކަޓް ކޮބާތޯ. އެލާރީގައި ތޯ އުމްރާ އަށް ތި ފުރީ 2 ރޭ ކުރިން.

  15. އަދީބަށް ޒަހަރު ދޭނީ ކަލެއެއްނު. ކަލޭ ވިއްޔަ އޭނަގެ ދުޝްމަނަކީ. މިހާރު އަދީބު އަދީބު ވެގެން ތިއުޅެނީ ހުންނަ ލުއްޗާ ކަމުންނެއްނު.

  16. މިހެން ބޭނުންހާ ވާހަކައެއް ހަދަހަދާގެން ދައްކާމީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ!

  17. އެއްކަމެއްވެސް ނުކުރެވޭނެ ވަރައްސާފު

  18. މީނަ ގޮވައިގން ޝަރީޢަތަށް ދާކަށް އަދިވެސް ނުވޭތަ؟

  19. ފިޔަވަޅު އަޅާނެ ވާހަކަ ވިދާޅު ވުމަކުން އަދި ކަމަކުނުދޭ މިކަހަލަ ސާބިތުނުހިފޭ ދޮގުވާހަކަ ވެތުރުން މިހާރު ވަނީ ޢާއްމު ކަމަކަށް ވެފައި މިފަދަ ފަރާތް ތކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނަމަ މިފަދަ ވާހަކަ ދައްކާ ފަރާތްތައް މަދުވާނެ މަޙުލޫފާއި މެދު އަވަސް ފިޔަވަޅު އަޅަންޖެހޭ

  20. ޖަމްޝީދުތަ މިހާރު އަދީބަށް ކާންދީ ފެންވަރުވަނީ..

  21. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ޚިޔާލު ފާޅުކުރުމުގެ ދާއިރާގައި ނުވަތަ ސޯޝަލް މީޑިއާގައި ކަމެއް ދޮގުކުރުމަކީ، ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް މާތްﷲއަށް މަކަރެއް ނުހެދޭނެއެވެ. ދޮގުހަދާނަމަ މާތްﷲ ގެ ޙަޟުރަތުގައި ދޮގުވެރިއެއްގެ ގޮތުގައި ލިޔެވޭހުއްޓެވެ. ދެން ތެދެއް ނުހެދޭނެއެވެ. ދޮގުހެދުން ދޫކޮށްލެވޭނީ، ނާސިޔާ އެވެކިޔޭ ސަރަޙައްދުގައި (ނިތްކުރީގައި) އެކަމުގެ އެނގުމެއްވާއިރު، އެކަން ނުކުރުމަށް ހިތްނިޔަތް ޚަލާޞްކޮށް ތައުބާވެ، މާތްﷲ ގެ މަގުގައި ގަދައަޅައި މަސައްކަތް ކުރުމުންނެވެ. ދޮގުހެދުމުން މުޖުތަމަޢުގައި އަބުރު ގެއްލި އަގުވެއްޓެއެވެ. ބޭޒާރުވެ، ފަޟީޙަތްވެއެވެ. އިތުބާރު ގެއްލެނެއެވެ. ދޮގުހަދާނީ މުނާފިޤުންނެވެ. މުނާފިޤުންނަށް ތައްޔާރު ކޮށްފައިވަނީ، ޖަހައްނަމައެވެ.

  22. ތަނެއްގެ ހަލާކަކީ، ފިތުނައާއި ފަސާދަ، މިކަން ނުހުއްޓުވައިފިނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ނުއުފުލޭވަރުގެ ހިތާމަތައް ކުރިމަތވެދާނެ. ސަރުކާރުން މިހާރުވެއްޖެ އަވަހަށް ޤާނޫނެއް ހަދާ މިކަން ކުރާ މީހުންނަށް ބޮޑެތި އަދަބުތައްދޭން.

  23. ފަސާދަ އުފައްދާ މީހުންނަށް އަދަބު ދިނުމަށް މިހާރުވެއްޖެ ގާނޫނެއް ފާސްކޮށް ރަނގަޅަށް ގާނޫނު ތަންފީޒު ކުރަން.

  24. ދޮގުވާހަކަތައް ފަތުރާ ގައުމުގައި ފިތުނަ ފަސާދަ އުފައްދާ މީހުންނާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް ފިޔަވަޅެއްވިއްޔާ އަވަހަށް އެކަން ކުރުމަށް ގޮވާލަން.

  25. ޖަމްސީދުގެ އިޚްލާސްތެރި ބަސްފުޅުޅެއް ބޭނުން

    މިހެން މިބުނުއްވީ މަޚްްލޫފު ނުވަތަ ޕޮލިހުންގެ ވާހަކައަށް އިތުބާރު ނުކުރާތީއެއް ނޫްން

    މިޙާލަތުގައި އެއްފަރާތް އިގްނޯ ކޮއްލަން

    މީމައްސަލައެއް ނޫން / ބުރޯވެސް ރައީސް މަރާލަން އުޅުނުކަމަށްވަނީ.

  26. މަހްލޫފަކީވެސް ފިތުނައިގެ އައްޕަ. އޭނާގެ މައްސަލަ ތަހްގީގުކޮށްފައި ފިޔަވަޅުއަޅަން ގޮވާލަން.

  27. މަވެސް އަދޫ ޢެހިން މަހުލޫފް ޖަލުގެ ތިބި ބައެއް ސިޔާސީ ކުއްވެރިންނަށް ޒަހަރުދޭން ކަރެކްޝަންގެ ބައެއް މުވައްޒަފުންނާއި މަޝްވަރާ ކުރިކަމަށް

  28. ރަނގަޅަށްވިއްޔާ މަހުލޫފު ތިޔަ ޒަހަރު ތައްޔާރު ކުރާނީ! ދެން މިއުޅެނީ ފުލުހުންގެ ބޮލުގަ އަޅުވަން

  29. އިންސާނާ ހަލާކުވެގެންދަނީ އަމިއްލައެދުމާއިއަޅައި