ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް މިއަދު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، އެޖެންޑާ އިން ބިލް އަނބުރާ ނަގައިފިއެވެ.

ބިލް އަނބުރާ ނެގި ސަބަބެއް މަޖިލީހުގެ އިދާރާ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ސޯލިހް ފެކްޝަނަށް ނިސްބަތްވާ އެމްޑީީޕީގެ މެންބަރުން ވެސް ބޭނުން ވަނީ ބިލް އިސްލާހް ކުރާށެވެ. ނަމަވެސް ނަޝީދު ފެކްޝަންގެ މެންބަރުން ބޭނުންވަނީ ބިލް އޮތްގޮތައް ފާސްކުރާށެވެ.

އަދި މަޖިލީހުގެ ދިހަ މެންބަރަކު ވަނީ ބިލް ފާސްކުރުމާއި ދެކޮޅަށް ރޭ ބަޔާނެއް ވެސް ނެރުއްވާފައެވެ.

މެމްބަރުން ވިދާޅުވި ގޮތުގައި ޖުޑިޝަރީ ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތަކަށް ބަލާއިރު ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ހައްލަަކަށް ވުމުގެ ބަދަލުގައި އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އަދި ބިލުގެ ސަބަބުން ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ގެއްލި ހަމަނުޖެހުން އިތުރުވުމުގެ ބިރުއޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ ބިލަކަށް މަޝްވަރާ ހޯދަން ޖެހޭ ވަރަށް ކޮމިޓީ މަރުހަލާގައި އެކަން ވެސް ކޮށްފައެއް ނުވެ އެވެ. މިބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން ފަދަ އިދާރާތަކުން ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ނުކޮށް ކޮމިޓީން ބިލް ފާސްކުރުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ބަޔާނުގައިވެ އެވެ.

އެ މެމްބަރުން ގޮވާލެއްވީ ބިލް ފާސްކުރުމުގެ ކުރިން އަދިވެސް ވީހާވެސް ފުޅާކޮށް މަޝްވަރާކޮށް އިސްލާހުތައް ގެނައުމަށެވެ.

ކޮމިޓީ މަރުހަލާގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް، ބިލު ނިންމި ގޮތާމެދު ފާޅު ކުރަމުންދާ ކަންބޮޑުވުންތައް ހައްލުކުރަން ސަރުކާރުން އެ ބިލަށް އަނެއްކާވެސް ބޮޑެތި އިސްލާހުތަކެއް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    ﷲ އަކްބަރު! ﷲގެ ކުޅަދުންވަނަތަކަމާއެވެ!

    10
  2. ކޮރަލް

    ހިސާން އަދި އަންނި އަށް ލިބުނު ނާކާމިޔާބެކެވެ. ތާއީދެއް ނެތެވެ.

  3. ށ

    ސަރު ކާރުން ބިލް ހުށަހާޅާ އިރު ސަރުކ ކާރު މެންބަރުން ނަށް ނުދައް ކާތަ....މިއީ ހަމަގަސްތުގާ ކުރާ ކަމެއް...

  4. ސަލީމް

    ގާނޫނު ހަދާމަޖިލީހުގައި ތިއްބެވި މެމްބަރުން ގާނޫނު ހައްދަވާއިރު އެގާނޫނުތައް ހެދެނީ އެއްވެސް މިންވަރަކަށް އިސްލާމްދީނާއި ފުށޫއެރުމެއް ނުވާގޮތަށްކަން ބައްލަވައި ކަށަވަރުކުރައްވަން ޖެހޭ.!! އެހެންނޫންނަމަ އެކުރެއްވެނީ ވަރަށް ނުބައި، ނުރައްކާތެރި ކަމެއް- އެއީ އޭރުން ﷲ އަށާއި އެކަލާގެ ރަސޫލާ(ސ.ޢ.ވ) އަށް ގޮންޖެހެނީ، ﷲ ތަޢާލާ ވަކިގޮތަކަށް ކަޑައަޅުއްވައި އަންގަވާފައިވާ ކަމެއްގައި - ނޫނެކޭ އަހަރެމެން ބޭނުންވަނީ، ނުވަތަ ގަބޫލުކުރަނީ މިގޮތޭ- މިހެން ބުނެ ގާނޫނުހަދައި، އެގާނޫނުތައް ބުނާގޮތަށް ޢަމަލުކުރަން ރަޢްޔަތުން ނަށް މަޖުބޫރުކުރުމަކީ ﷲ ގެ ކޯފާއަށް އެދި ގޮވުންފަދަ ކަމެއްނޫންތޯ؟