ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއްދީ އެކަން މިއަދު ސަރުކާރުން އިއުލާން ކުރަން ތައްޔާރުވެއްޖެއެވެ.

ރައީސް އޮފީހުން ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް މިއަދު އިތުރު ލުއިތަކެއް ދޭނެ ކަމާއި، އެލުއިތައް މިއަދު އިއުލާން ކުރާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު މިއަދު 14:30 ގައި ނޫސްވެރިންނާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮވިޑްގެ ފިޔަވަޅުތަކަށްދޭ ލުއިތައް އެނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރާނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އިއުލާން ކުރާ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެޑޯޒް ޖެހުމަށްފަހު 14 ދުވަސް ވެފައިވާ ރިސޯޓް މުވައްޒަފުންނަށް ޕީސީއާރް ޓެސްޓެއް ހެދުމަށް ފަހު މޮނިޓަރިންގައި ނެތް ރަށްތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

އޭގެ އިތުރުން ރަށްތަކަށް ދަތުރުކުރާ ފަރާތްތަކުން 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭ އުސޫލު ބަދަލުކޮށް ކަރަންޓީން ވާން ޖެހޭނީ 10 ދުވަހު ކަމަށް ނިންމާ އެކަން ވެސް މިއަދު އިއުލާން ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާރު ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. އިއްޔެ ވެސް ކޮވިޑަށް ފައްސިވީ 105 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި 81 ދުވަސް ތެރޭގައި އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 3148 މީހުންނެވެ. އިއްޔެ އަކީ ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު އޭޕްރީލް މަހުގެ 23 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

އިއްޔެ 4200 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައި ވެއެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.50 މީހުންނެވެ. އިއްޔެ އަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވި ނިސްބަތް އޭޕްރީލް މަހުގެ 13 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 25 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދުންދަނޑި

    ލުއިދެނީ މީގެ ކުރިންވެސް ތިޔަ މަބުރޫކުބުނާ ޢަޑުއެހިން ދެ ޑޯޒް ފުރިހަމަކުރި މީހުނަށް ލުއިދެނީޔޯ އެކަމަކު އެކަން އަނެއްކޮޅަށް ދިޔައީ މީގެ އެންމެ ހެއްވާކަމަކީ ދޮންމީހުން ޕީސީއާރު ޓެސްޓާއެކު ރާއްޖެ އައިސް ކަރަންޓީނު ނުވެ ރާއްޖޭގަ އުޅެވޭ އަދި ދިވެހިންނަށްވެސް އާންމުކޮށް ދަތުކުރާ ބައެއް ޤައުމުތަކަށް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ދަތުރުކުރެވޭ އެކަމަކު ދިވެހިންނަށް މާލެއިން ރާއްޖޭގެ ރަށަކަށް ދެވޭނެ ހަމަ އެއްވެސް ގޮތެއްނެތް ކަރަންޓީނު ނުވެ ދޮންމީހުން އޯކޭ ދިވެނިން އޯކޭ އެއްނޫން ކިހާ ހެއްވާ ޤަވާޢިދެއް މި ހަދަނީ

  2. ދަންނަ ނުދަންނަ

    ބޮޑުއީދަށް ކޮވިޑު މަސްހުނި މޮޑޭނެ ގޮތެއް ނޭގިގެން އެތެޅެނީ މިހާރު!!!!

    4
    1
    • ޕިސް ޕިސް

      ރްނު އެދުރެއް ދޯ މިއުޅެނީ

  3. ތޯތާ

    ދިވެހި ރައްޔިތުންނަކީ ކޮލޯންއެއް ނުވަތަ ކުޅޭ އެއްޗަކަށް މިސަރުކާރުން ހަދައިފި ރިސޯޓް މުވައްޒަފުން ދެޑޯޒު މުރިހަމަކުރީ ކޮންވައްތަރެއްގެ ވެކްސިން އެއްތޯ އަހަރެމެންނަށް ދިނީ .......ތޯ