ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާން ޖެހޭނީ ޑީލްއަކުން ނޫން ކަމަަށާއި، އެ ޑީލްގެ ދަށުން ބަރުލަމާނީ މަޝްވަރާއަށް ވަޑައިނުގަންނަވާނެ ކަމަށް ޕީީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށެވެ. އަދި އިދިކޮޅު ލީޑަރުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން އޮތީ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައި ކަމަށާއި، އެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީ ވެސް އެ މަޝްވަރާއަށް ނުދާނެ ކަމުގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ އެ ކޯލިޝަނުން ބަރުލަމާނީއަށް ތާއީދު ނުކުރާކަން ހާމަކުރައްވާފައެވެ. ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވަނީ ރައީސް ޔާމީން މިނިވަންކޮށްފި ނަމަ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއަށް ދާނެ ކަމަށް ވިދާލުވިއެވެ.

"މަޝްވަރާ އަށް އަބަދުވެސް ފުރުސަތު އޮންނާނެ. ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމް ބާތިލް ކޮށް އެ މަނިކުފާނު މިނިވަންކުރޭ،" ޝިޔާމް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޕީއޭ ހިންގެވި ދުވަސްވަރު އެ މަނިކުފާނު ވަނީ ބަރުލަމާނީއަށް ތާއީދު ކުރައްވައިފައވެެ. ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ބަރުލަމާނީއަށް ތާއީދު ކުރީ ޕީއޭއާއި އެމްޑީޕީއިން އެކަނިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނު އޭރު ހިންގެވި ޑީއާރުޕީން ތާއިދުކުރީ ރިޔާސީ ނިޒާމަށެވެ.

ދެހާސް ހަތްވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 އިންސައްތަ ލިބިގެން ރާއްޖޭގައި އޮންނަން ފެނުނީ ރިޔާސީ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮވިޑް

  ރައީސް ޔާމީން މިނިވަން ވާން އެދެން އެކަމް ޑީލެއްގެ ދަށަކުންނޫން ޑީލް ހަދަން ޖެހޭވަރު ކަމެއްނޫން ރޔ އެހުރީ ނުހަޤު ޖަލުހުކުމެއްގަ، ބޭއިންސާފުން އަނިޔާ ދެމުން އެދަނީ. ބަރުލަމާނީ އޭ ވެރިކަމޭ ކިޔާނެކަމެއްނެތް ނަޝީދު . ﷲގެ ރަޚުމަތް ފުޅުން ދެން މިޤައުމުން ފެންނާނީ ރޔ ގެ އިޤްތިސާދީ ވެރިކަމެއް ރައްޔަތުން އުފާކުރާ ވެރިކަމެއް. އިންޝާ ﷲ.

  5
  1
 2. ާަެެައބދ

  މިނިވަންވާން ޖެހޭނަމަ އެކައުންޓުގަ އެހާގިނަ ރުފިޔާ ހުރިކަމުގަ އެއްބަސް ވެފަ ނޯންނާނެ. މާވަހަރެއް ހޮވީބާ؟؟؟؟؟؟ ވާރުތަ މުދަލުން 15 ޓަނު ރަން ލބުނީބާ؟؟؟؟؟؟؟؟

  2
  13
 3. Anonymous

  އާ ރަނގަޅު. ޙު ކުން ތަންފީޒު ކޮށް ނިމިގެން މިނިވަންވާންވާނީ

  1
  1