ޖިނާއި އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި އެކި ކުށްތަކުގެ ތުހުމަތު ކުރެވޭ ގިނަ ބަޔަކު ޝަރީއަތް ނިމެންދެން ބަންދުގައި "ވާނުވާ ޖަހާފައި" ތިބޭ މައްސަލައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު މި އަހަރުގެ ޖޫން މަހުގެ 15 ނިޔަލަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެކުލަވާލަފައިވާ ރިޕޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ހާލަތު ސާފެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން، އެމީހެއްގެ ބަންދުގެ މުއްދަތު 30 ދުވަސްވާ ހަމަ ކޮންމެ މީހެއްގެ މައްސަލަ ވަކިން ނަގައި، އެމީހަކީ ބަންދުގައި ހުންނަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ދެނެގަނެ، އެމީހެއްގެ ބަންދާ މެދު އިތުރު ގޮތެއް ނިންމަން ޖެހެއެވެ.

މި މަސައްކަތުގެ ތެރޭގައި އެ މައްސަލައެއްގައި އެ ވަގުތުގެ ހާލަތަށް ބަލައި ލުއި ދެވެން ހުރި މީހުންނަށް ޕީޖީން ދަނީ ލުއިދެމުންނެވެ.

ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ، ހަމަ ކޮންމެހެން ބަންދުގައި ތިބެންޖެހޭ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކޮށް، ކުދިކުދި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުންނާއި އެމީހުންގެ ސަބަބުން މުޖްތަމައަށް ނުރައްކާވާނެ ކަމުގެ އިހްތިމާލެއް ނެތް މީހުންނާއި، އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަންނާނެ އަދަބާއިބަންދުގައި އެހާތަނަށް ހުރި މުއްދަތާ ދާދި ހަމަހަމަވާ ހާލަތުގައި ތިބި މީހުން، ޝަރުތުތަކާއެކު ބަންދުން ވީއްލުމަށް އިސްކަންދީފައިވާނެ ކަމަށް ޕީޖިން މަޖިލީހާ ހިއްސާކުރި ރިޕޯޓުގައިވެއެވެ.

އެކަމަކު ޕީޖީން ދޭ ޔަގީންކަމަކީ ޖިންސީ ގޯނާކުރުމުގެ ތުހުމަތާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ ކަމުގެ ތުހުމަތާއި، މީހުން މެރުމުގެ ތުހުމަތާއި މަސްތުވާތަކެތީގެ ނެޓްވޯކް ހަދައިގެން ވިޔަފާރިކުރާކަމުގެ ތުހުމަތުވާ މީހުންނާއި، އެމީހެއްގެ ސަބަބުން މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުރި މީހަކު ދޫކޮށްލާފައި ނުވާނެކަމެވެ.

ވާނުވާ މީހުންގެ ތަފާސް ހިސާބުތައް

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޕީޖީގެ ރިޕޯޓު މަޖިލީހާ ހިއްސާކުރީ މުއްދަތުގައި 343 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ.

މީގެ ތެރެއިން 38 މީހުންނަކީ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 219 ދުވަސް ވެފައި ތިބި މީހުން ވެސް އެބަތިއްބެވެ.

ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 135 މީހުން، މާފުށި ޖަލުގައި 150 މީހުން، ހުޅުމާލެ ޖަލުގައި 12 މީހުން، ގޭ ބަންދުގައި 7 މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނެއެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތަފާސް ހިސާބުތައް

ވާނުވާ ޖަހާފައި ތިބި މީހުންނަށް ހައްލެއް

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރަން މަގާމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ޕީޖީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖައާގެ އަޑުއެހުމެއް، ކޮންމެ މަހަކު އެއްފަހަރު ބާއްވާން ޖެހޭނެއެވެ.

މިމަސައްކަތް ކޯޓުތަކުން ކުރިއަށް ގެންދެއެވެ. އެގާނޫނު ލިޔުނުއިރުގެ ތަސައްވުރަކީ، ބަންދު ރިވިއު އަޑުއެހުމާއެކު، މައްސަލައިގެ ޝަރީޢަތުގެ
ބާއްވާނެތީ، މައްސަލަ އަވަހަށް ނިންމުމަށް ބާރަކަށްވުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވެއެވެ.

"ނަމަވެސް، އަމަލީ ގޮތުން އެކަން އެގޮތަކަށް ނުހިނގި ދުވަސްކޮޅަކު، ބައެއް މައްސަލަތަކުގައި ބަންދު ރިވިއު، ޝަރީއަތުގެ އަޑުއެހުމަކާއެކު ހިނގި" ބަންދު މުއްދަތާއި ގުޅޭ ގޮތުން ރިޕޯޓުގައި ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހިމެނޭ މައްސަލަތަކީ ޖިނާއީ ބޮޑެތި މައްސަލަތަކަށްވާއިރު އެ މައްސަލަތަކުގެ ޝަރީއަތްތައް އޮންލައިންކޮށް ހިންގުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

ޝަމީމް އުއްމީދުކުރައްވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލިބޭ ލުޔާއެކު މައްސަލަތައް އަވަހަށް ނިންމޭނެ ގޮތެއް ހޯދުމެވެ. އެކަމަށް ހައްލެއް ހޮދަން ޖޭއެސްސީއާއެކު މަޝްވަރާތަކެއް ކުރެވޭކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސސ

    މިރާއްޖޭގައި ބަޔެއް މީހުން ގޭގައި އަމިއްލަޔަށް ޖަލު ހަދައިގެން ގޭގައި ބަންދުވެގަނެފައި ވެސް އެބަތިބި ، ވާނުވާ ޝަމީމް ކޮބައިތޯ !

    4
    1
  2. ޒާ

    ކޮންމެފަދަ ނުބައި ކުށެއް ކުރިޔަސް މިނިވަން ނުވެ ދޫނުވެ ޖަލުގައި ހުރީ ނިކަމެތި މީހާގެ ދަރިން. އެނޫން މީހުންތިބީ ދޫކޮށްފައި. ޝަރީޢަތް ހިންގަނީވެސް ރާއްޖޭން ބޭރުގައި މަތީ ފެންވަރު ހޮޓާތަކުގައި މަޖާކުރަން ތިބެގެން. މީ އަދުލު އިންސާފު އޮތް ހިސާބު.

  3. ޢބދ

    މިއިން މިއެނގެނީ ބޮޑުވަޒީރުކަން ނުލިބިގެން އުޅޭ މީހާގެ ފެންވަރު މަޖިލިސް ހިތކައް ' ސަރުއީ ނިޒާމު ހިތަކަށް ސަރުކާރު ހިތަކަށް . އެކަމަކު ތިމަންނާޔަކީ ކަންކުރެވޭ މީހެކޭ އަމިއްލަޔައް ހީވެފަ އޮންނަނީ. އެމްޑީޕީ މީހުން މިރާއްޖޭގެ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ.

  4. ޖާބެ

    ޖަންގަލީގެ ޤާނޫން... ކޮރަޕްޓް ދައުލަތް ލޫޓުވާލާމީހުން ގޭގެ މަޤާމްތަކުގަ... ކުދި ކުއްތަ ނުވަތަ ނިކަމެތިން ޖަލުގަ ސަރީއަތް ނުކޮށް.... މިޤައުމުގަ މުޖްތަމަޢު މިދަސްކޮށްދެނީ ކޮންމެގޮތައްކައްވެސް ފައިސާހޯދާށޭ އެކަމަކު މިލިއަނުން ކޮރަޕްޓްމީހުން ގަނެވޭވަރައް އެއިރުން އެއީ ޝާހީ ބޭފުޅެއްގެ ލަޤަބްލިބިގެންދާނެޔޭ...

  5. އިއްބެ

    ޔަގީން ޖަލުން ބޭރު ކޮށްލަން ބޭނުންވާ ބަޔަކު ތިބެގެން ބޭރު ނުކުރެވިގެން ދޯ؟؟؟؟

  6. ޤުދްރަތު

    ވާނުވާ ގެ ވާހަކަ ޕީޖީ ށަމީމް ނުދެއްކީއާ ރަންގަޅު ވާނީ،ވާނުވާ ޖަހަނީވެސޮ ޕީޖީ އިން އެދޭތީ،ވައިލެންޓް ކުށެއް ނުކުރާ މީހާ ވެސް ވާނުވާގަ،މައްސަލައެއްގަ 2 މީހުން ތިބޭ އިރު އެކަކު ގޭގަ އަނެކަކު ބަންދުގަވެސް އެބަ ހުރި ބަހައްޓާފަ،އޭގަ ކޮބާ ތި ބުނާ އިންސާފެއް؟ދުނިޔޭގަ މި ނޫނަސް ގައުމުތައް އެބަ ތިބި،މިތަނުގަ އެކަނި މި ވާނުވާ އަކުން ނޭރިގެން މިއުޅެނީ،ށަރީއަތް ކުރަންށޭ ކިޔާފަ މީހުން ގެ ދަރިން އެއްވެސް ހުކުމެއް ނުކޮއް އެތައް އަހަރެއް ތަޅުވާ އިރު ކަލޭ މެނައް އެ ކުދިންގެ ހަޔާތުން އެ ގެއްލޭ ދުވަސްތައް އަނބުރާ ދެވޭނެތަ؟ އެ އާއިލާ ތަކައް އެ ލިބޭ ނިކަމެތިކަން ފޫބެއްދޭނެތަ؟ވާނުވާ ޖަހާފަ ތިބި މީހުން ދޫކުރަން ގޮވާލަން،މިއަދު އަޅާނުލާ ތިއްބާ މާދަން ކޮންމެ މީހަކައް ވެސް އެހެން ހަދާފާނެ،ހުރިހާ ރައްޔިތުން އެބަ ޖެހޭ މިއަދު އެކައްޗަކައް ވެގެން މިކަމައް ހައްލެއް ހޯދަން ނިކުއްނަން،މީ ކުޑަ ކަމެއް ނޫން،ފާޅުކަން ބޮޑު ގޮތެއްގަ ސަރުކާރުން ބަޔަކައް އަނިޔާތަކެއް ދެމުން އެ ދަނީ،ގާނޫން ބުނާ ގޮތުން ކުށެއް ސާބިތު ނުވާހާހިނދަކު ކޮންމެ މީހެއް ވެސް އެއީ މައުސޫމް މީހެއް،ވާނުވާ ޖަހާފަ ތިބީ ކުއް ސާބިތު ވެފަ ތިބި މީހުނެއް ނޫން،
    #ވާނުވާ_ގަ_ތިބި_މީހުންގެ_ހައްގުތައް_ކޮބާ

  7. އަހްމަދް

    ވާނުވާ ގަ ތިބި މީހުނައް އިންސާފް ހޯދަދީ

  8. މުހައްމަދް

    ކުއް ސާބިތުނުވެ ޖަލުގަ މީހުން ބޭތިއްބުމަކީ އިންސާނިޔަތާ ހިލާފް އަމަލެއް

  9. އިބްރާހިމް

    ގާނޫން އަސާސީ ބުނާ ގޮތުން ކުށެއް ސާބިތު ނުވާހާ ހިނދު ކޮންމެ މީހެއް ވެސް އެއީ މައުސޫމް މީހެއް ކަމައް،ވާނުވާގަ ތިބީ ކުއް ސާބިތު ނުވެ ތިބި މީހުން،ދެން ކީއްވެ މައުސޫމު ކަމައް ގާނޫނުގަ ބުނާ ބައެއް ޖަލުގަ އެ ތިބީ

  10. ހަމްދާން

    ވާނުވާ ޖެހުމަކީ ބުއްދި ގަބޫލް ކުރާ ކަމެއް ނޫން، ގާނޫން އަސާސީގަ އިން ގޮތަށޭ ތިމައްނަމެން މި ކަން ކުރަނީ ބުނާ އިރު ގާނޫން ގަ އޮތީ ކުށެއް ސާބިތު ނުވާހާ ހިނދު ކޮންމެ މީހެއްވެސް އެއީ މައުސޫމް މީހެއް ކަމައް،ދެން ކީއްވެ ބަޔަކު މީހުން މައްޗައް ކުށެއް އަދި ސާބިތު ނުވަނީސް ޖަލައް ލާފަ އެ ތިބީ،މި ދިވެހި ރާއްޖެ ދުއް އެންމެ ދެފުއްކެހެރި މީހާ އެއީ ޕީޖީ ށަމީމް،މަގާމައް އައުމުގެ ކުރިން ބުނަނީ ވާނުވާ އާ ދެކޮޅު ކަމައް،މަގާމައް އާދެވުނީމަ ޖަހާ ބެރު ބަދަލުވެ މިހާރު އެދެނީ ވާނުވާ ޖަހަން،ގޭގަ ބަންދު ކޮއްގެން ކީއްވެ އަޑު އެހުންތައް ކުރިޔައް ނުގެންދެވެންވީ؟ތިބުނާ ވަރައް ހެކި ހުރިއްޔާ ކީއްވެ ހުކުމް ނުކުރެވެން ވީ؟ 2އަހަރު 3އަހަރު ތަޅުވާފަ ސާބިތު ނުވެގެން ދޫކޮއްލަނީ؟ދޫކުރާ އިރު މުޖުތަމައު އެކުދިން ބަލައެއް ނުގަނޭ،ވަޒީފާ އެއް ނުލިބޭ ޕޮލިސް ރިޕޯޓް ގަ އެ މައްސަލަ އިނީމަ،ސަރުކާރުން މިތަނުގެ މީހުން އިސްލާހު ކުރުމުގެ ނަމުގަ މިތަނުގަ ކުއްވެރިން އުފައްދަނީ،މިކަމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެޙޭނެ