ވެކްސިން ފުރިހަމަ ކުރުމުން ރިސޯޓް މުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދިއުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

ޓްއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހެދުމަށްފަހު ކަރަންޓީނުވާން ނުޖެހި ރަށަށް ދިއުމުގެ ހުއްދަ ދޭން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް ވެކްސިން ފުރިހަމަކޮށް 14 ދުވަސް ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ވެސް ދަތުރު ކުރެވޭނީ މޮނިޓަރިންގައި ނޯންނަ ރަށްތަކަށާއި ރިސޯޓްތަކަށެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ރިސޯޓް މުވައްޒަފުންނަށް ރަށްތަކަށް ދެވޭނެ އުސޫލުގެ ތަފްސީލް އަދި އެޗްޕީއޭ އިން މިނިސްޓްރީއަށް ނާންގާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭއިތުރު ލުއިތައް އިއުލާން ކުރަން މިއަދު 14:30 ގައި ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އާއި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނިހާ

  ބޭކާރު ވާހަކަ ނުދައްކާ. އަހަރުމެން ރައްފުށު މީހުން ވެސް 2 ޑޯޒް ޖަހައިފިން. ބޭނުން ކަރަންޓީން ނު ވެ ދަތުރު ކުރެވޭނޭ ގޮތެއް

  3
  1
 2. ޙަލީމުސަރ

  ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަ ކުރަންޖެހޭ! އެކަމު މާލޭގެ ބޭފުޅުން ޗުއްޓީއަށް ރައްރަށައްދާންވީމަ ހަމަ ދާންވީ ވެކްސިން ނުޖެހިޔަސް، ކޮވިޑް ޖެހިފަ ހުރެއްޖެއްޔާ ނޫނީ ޚާއްޞަ ހުއްދައެއްގެ ދަށުން!

 3. ރިޒޯޓް ބޯއި

  ކޮބާ މާލޭގައި ތިބި ޑޮކްޓަރ ދައްކަން ތިބިމީހުން 2 ޑޯޒު ޖެހިމީހުންނަށް ވެސް ލުޔެއް ދޭތި އިނގޭ ، ނެގެޓީވް ޓެސްޓަކާ އެކު ދަތުރު ކުރެވޭ ގޮތަށް ، ކަރަންޓީނާ ނުލާ

 4. ސސ

  ތިޔަލުއި ދެ ފުޅި ވެކްސިން ޖެހި އެންމެނަށްވެސް ލިބެންވާނެ !

 5. އަހި ހު

  ޔެސް... ފައިނަލީ...

 6. އާދިލާ

  ބަލަ އަހަރެމެން 2 ޑޯޒް ފުރިހަމަ ކުރީމަ މޮނިޓަރިންގ ނެތް ރައްރަށް ނުދެވޭންވީ ސަބަބަކީ ކޮބާހޭ..ކިހިނެތް ވެގެންތަ ތިއުޅެނީ

  1
  1
  • މޮޔަ އާދިލާ

   ބަލަ އެބުނަނީނުން ނޫސްވެރިންގެ ބައްދަލުވުމުގަ ލުއިތައް އިއުލާން ކުރާ ވާހަކަ. ހަމަ ޖެހިބަލަ.

 7. ޒާ

  މާލޭގައި ތިބީ މަތިމައްޗަށް ވެކްސިން ޖެހިޔަސް ނުގުޑާ ވޭރިއަންޓްގައި ތިބި ހުރަގޭގައި ބަންދުވެފައި ތިބި މީހުން. ކޮވިޑަށްވެސް އެނގޭ ރިސޯޓްގައި އުޅުނު މީހުންނާއި މާލޭގައި އުޅުނުމީހުން. ވަރަށް ޒާތީވުމާއި ތަފާތުކުރުން ބޮޑުކޮށް ފެތުރެން އެނގޭ ބައްޔެއް އެއީ.

 8. އުވާލާ

  ކަރަންޓީނު 7 ދުވަހަށް ކުޑަކުރޭ.

 9. Anonymous

  ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައި ތިބި އެންމެނަށްވެސް ތި ފުރުޞަތު އޮންނަންވާނެ.
  ކޮވިޑް ފެތުރުމުގެ ފުރުޞަތު ރަށްރަށަށްވުރެ ރިސޯޓުތަކުން އަންނަ ފަރާތްތަކުން ފުރުޞަތު ބޮޑުވާނެ. ގެސްޓުންނަކީ ކަރަންޓީނުވުމެއްނެތި އަންނަ ބައެއް.

 10. Anonymous

  ރިސޯޓް ކުދިއްނައް ލުއިދިނީ އަމާ ބުނީތީ ފަރައްދާ އުސޫލުން