އިޖްތިމާއި ފޭރާން ރަނގަޅު ކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ސޯޝަލް އެތިކްސް ކޮމިޓީއާއެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާތަކުގައި ނައިބް ރައީސް ވަނީ ސްކޫލް ތެރޭގައި ކުދިންނަށް ހާއްސަކޮށްގެން ހިންގޭނެ ޕްރޮގްރާމްތަކާއި ސްކޫލުން ބޭރުގައި ހިންގޭނެ ޕްރޮގްރާމްތަކަކީ ކޮބައިތޯ ބަލައި، ގައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެއީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށް ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ޤައުމުގެ އިޖްތިމާޢީ ކަންކަން ރަނގަޅުކުރުމަށް އެއްބާރުލުންދީ މަސައްކަތްކުރެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ އެދިލެއްވުމެއް ކަމަށް ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސްކޫލްތައް މެދުވެރިކޮށް، ކުދިންނަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ރިވެތި އަދަބު އަހްލާގާއި، ހަމަތަކާއި އުސޫލުތައް ކުދިން ގައިގައި އަށަގެންނެވުމަށް ކުރެވިދާނެ ކަންކަމާއި ހިންގިދާނެ ހަރަކާތްތަކާއި މެދުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުންކަރާސް

    އިޖުތިމާއީ ފޭރާޏް ރަނގަޅުކުރަންޏާ މި ޤައުމުން އެމްޑީޕީއޭ ކިޔާ ލާދީނީ ޖަމާޢަތް ފޮހެލައި މުޅި ޤައުމު އިސްލާޙުކުރަންޖެހޭނީ މިޤައުމުގެ ވެރިކަމުގެ ދަހިވެތިކަމުގަ ގައުމު ހަލާޚޮކޮށްލައި އިސްލާމްދީން ނައްތާލުމަށް ޑިމޮކްރަސީއޭކިޔާފަ ބައިގަނޑެއްއުފެދި ނަސޯރާއިންގެ މަދަދާ އެހީތެރިކަމާއެކު މުޅިޤައުމު ހަލަބޮލިކޮށް ފިތުނަ އުފައްދައި މިޅި ޤައުމިގެ އިޖުތިމާއީ ފޭރަން ވަނީ ފުނޑުފުނޑުކޮށް އަޅިޔަށްހަދާފަ ދެން އެކަމެއް އަނބުރާ އިއާދަ ނުކުރެވޭނެ

  2. ދިވެހި ރައްޔިތުން

    އިޖުތިމާޢީ ފޭރާން ރަނގަޅުކުރެވޭނީ އަމިއްލައަށް އަޅާފޭރާން ރަނގަޅަށް އަޅަން އެނގޭމީހުނަށް!

  3. ހުސައިން އަފީފްބ

    އަހަރުމެން ކުޑައިރު ތިޔަފޭރާން ރަނގަޅުކުރަން ކިޔަވައިދިނީ އެންމެ ފޮތަކުން..އެއީ
    ދުރޫސުލް އަޚްލާޤު ކިޔާ ފޮތެއް... ތިހާގިން ބައްދަލުވުމެއްވެސް ބާއްވާކަށްނުޖެހޭ..އެކަކު އަނެކަކަށް ނުހަނު އިހުތިރާމް ކުރޭ..މިހާރު ސަކަރާތް ތިބޭ