ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްެދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ކާފިއު އުވާލަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ދަނީ ދަށް ވަމުންނެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލޭއިން ކޮވިޑަށް ފައްސިވެފައި ވަނީ 23 މީހެކެވެ. މިއީ ވަރަށް ބޮޑު ދަށް ވުމެެކެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވި ނަމަވެސް، މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓު ކުރާ އަދަދު ދަށްކޮށްފައި ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 1500 އެއްހާ ސުންކު ނަގަަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގައި ކާފިއު އިއުލާނުކުރީ ފައްސިވާ އަދަދުތައް ރެކޯޑް އަދަދަކަށް މައްޗަށް ދިއުމުންނެވެ.

ރާއްޖެ އިން މިހާތަނަށް 74،5985 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓަކިބެ

    ކީއްވެ؟ އައްޑޫއަށް ވުރެ މާލެ ސަރަހައްދުގަ ކޭސްތައް ގިނަ. އައްޑޫގަވެސް އަންނަނީ މަދުވަމުން. ދެން ކީއްވެ މާލެ އެކަނި؟

    5
    8
    • މީރާ

      އާބާދީއާއި ބަލާފަ ބްރޯ

      5
      2
  2. Anonymous

    ސާބަހޭ ރައީސް ސާބަހޭ މަބޫ ސާބަހޭ ކެނެރީ.

    8
    19
  3. ޙހހހ

    އީދުތަ ކާއި ބަންދުތައް އަންނަންޏާ ކޮވިޑް އުޅެނީ ވަރަށް ފިލާގެން. ޢެ ކަމަ ކު ރަމަޟާން މަސް ފަދަ މާތް މުނާޞަބަތުތަ ކަށް ކޮވިޑް އުޅެނީ ބިރަ ކާއިނުލާ

  4. ގުބަޑި

    އައްޑޫ ކުދިން ޖޭނުވޭ

    3
    2
  5. ސައްތާރު

    ދޮނެ ބައްޑާ

  6. އަފޭ

    ވަރައް މޮޔަ ކަމެއް