ރާއްޖެ އިން ބޭރުން އަންނަ ބިދޭސީން ގެތަކުގައި ކަރަންޓީން ކުރުން މަނާކޮށްފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކޮވިޑްގެ ޓާސްކްފޯސްއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން މީހުން ދިރިއުޅޭ ގޭގައި މަސައްކަތް ކުރާ ޑޮމެސްޓިކް ވަރކާސް ނުވަތަ ޓީޗަރުން ރާއްޖެއިން ބޭރުން އައުމަށްފަހު ކަރަންޓީން ވުމަށް ވަކި މިންގަނޑެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅާފައެވެ.

އޭގައި ވާގޮތުން މި ފަރާތްތަކުން މީހުން ދިރިއުޅޭ ގެތަކުގައި ކަރަންޓީންވުން މަނާ ވާނެއެވެ.

އެހެންކަމުން މިފަރާތްތަކުން ކަރަންޓީން ވާން ޖެހޭނީ އެޗްޕީއޭ ކަނޑައަޅާ ވަކި ކަރަންޓީން ފެސިލިޓީތަކެއްގައި ކަރަންޓީންވާ ގޮަތަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ރިސޯޓްތަކަށް ރާއްޖެއިން ބޭރުން ގެންނަ މީހުން އަމިއްލަ ތަންތަނުގައި ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް އެ ފެެސިލިޓީވެސް ވާން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތް ތަނަކަށް ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު