މާލެ ސަރަހައްދުގައި 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ހަފްލާތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

އެ ހުުއްދަ ދޭން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކޮވިޑްގެ ޓާސްކްފޯސްއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެ ނިންމުންތައް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާނުކޮށްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މީހުން އެއްވެ ބާއްވާ އިވެންޓްތައް ބޭއްވުމުގައި 30 މީހުންނަށްވުރެ މަދުން އެއްވުންތައް ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ސިނަމާތައް ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ހުއްދަތައް ދޭން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދާންވާން ފެށުމުންނެވެ. އެގޮތުން ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލެ އިން ފައްސިވާ އަދަދުތައް އުޅެނީ 100 އިން ދަށުގައެވެ.