އިންޑިއާ ފަތުރުވެރިން ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތައް ހުޅުވާލަން ނިންމައިފިއެވެ.

މިގޮތަށް އަމަލު ކުރަން ފަށަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި، ޖުލައި 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓްތަކުގައި ދާއިމީކޮށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން އަންގާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ދެކުނު އޭޝިއާގެ ފަތުރުވެރިން 30 ޖުލައި އިން ފެށިގެން ދޭން ނިންމާފައިވާއިރު، އެޗްއީއޯސީން އާމާޒު ހިފާފައި ވަނީ ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގައި މަދުވެގެން އާބާދީގެ 60% ވެކްސިން ޖެހުމަށް ކަމަށެވެ. އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުަވައްޒަފުންގެ ތެރެއިން މަދުވެގެން 95% މުވައްޒަފުންނަކީ ވެކްސިން ޖަހާފައިވާ މުވައްޒަފުން ކަން ކަށަވަރު ކުރުމާއި، އަދި އާބާދީގެ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން 90% މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުންކަން އެޗްއީއޯސީން ކަށަވަރު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއީ ބަލި ފެތުރޭ މިންވަރު ދަށްކުރުން، ބަލިވާ ފަރާތްތަަށް ހޮސްޕިޓަލައިޒް ވުމުގެ ހިރާސް ކުޑަ ކުރުން". މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއަށް ދެކުނު އޭޝިއާ ފަތުރުވެރިން އައުން މަނާކޮށްފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުތަކުން އިންޑިއާ އާއި ސްރީލަންކާގައި ހަލުވިކަމާއެކު ފެތުރެން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދުނިޔެއިން ކޮވިޑް ފިލީ ދެއްތޯ...؟؟🤔

  2. ާއަލީ

    އިންޑިޔާ އައުޓް

    • ވަހީދު

      ތިޔައީ އިންޑިއާ މީހުން މެދުއިރުމަތީގެ ވަޒީފާތަކަށް ދާން ، ދޭ ފުރުސަތު

  3. މުސަންމާ

    30 އަށްވެސް މަޑުކުރާނެކަމެއްނެތް.މިހާރުވެސް އަންނަންވީ.ދިވެހިރާއްޖެ އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ގޮއްސި ދާކަށްނެތް.މިހާރުވެސް އިންޑިއާ މީހުންގެ ބާރުގަދަ.ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  4. ރިސޯޓް

    ރިސޯޓް ތަކުގަ ޓެސްޓް ކުރަން ސަރުކާރުން ހުއްދަ ނުދީ . ވަކި ބައެއްގެ މަސްލަހަތު އޮންނަ އަމިއްލަ ކުލިނިކް ތަކުން ޓެސްޓް ހަދަން އެޗްޕީއޭ އިން އެންގުމުން ކޮރަޕްޝަން ހުރިވަރު ހާމަވޭ. ވަކި ބައެކު މުއްސަނދި ކުރަންް ތިކުޅޭ ކުޅިގަނޑު ހުއްޓާލާ