ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ފެތުރޭނެ ކަމަށް ބެލެވެނީ ވެކްސިން ނުޖަހާ އުމުރު ފުރާގެ މެދުގައި ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ނުޖަހާ އުމުރު ފުރާއަށް ބަލީގެ ނުރައްކާތެރިކަން އެބައޮތް ކަމަށާއި އެ އުމުރު ފުރާއަކީ 17 އަހަރުން ދަށުގެ އުމުރުފުރާ ކަމަށެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގައި މިހާރު އެންމެ ބޮޑަށް މި ބަލި ފެތުރެމުން އަންނަނީ ކުޑަކުދިންގެ މެދުގައި ކަން ނަޒްލާ ފާހަގަކުރެއްވިއެވެ. އެގޮތުން މި ބަލީގެ އެކި ވޭރިއެންޓްތައް އުޅުނު ކަމުގައި ވީނަމަވެސް ވެކްސިން ޖަހުމުން ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް ހަށިގަނޑަށް ލިބިގެންދާނެ ކަމަށާއި، ވެކްސިން ނުޖަހާ މީހުން ބައްޔަށް ހުށަހެޅުމަކީ ގާތް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ވެކްސިން ނުޖަހާ އުމުރުފުރާތަކުގެ މެދުގައި އެންމެ ބޮޑަށް ދެން ބަލި ފެތުރޭނެ ކަމަށް ބެލެވެނީ" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާ ކަމަށެވެ. މި އުމުރުފުރާގެ ކުދިންނަށް ޖަހަން އަދި ހުއްދަ ދީފައިވަނީ ހަމައެކަނި ފާއިޒާ ވެކްސިން ކަމަށާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މި އުމުރުފުރާގެ ކުދިންނަށް ފާއިޒާ ވެކްސިން ޖެހޭނެކަން މިއަދު އިއުލާނު ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލލ

    2020 ގައި ކޮވިޑް ބުނީ ކުޑަކުދިންނަށް ޖެހޭ އެއްޗެއް ނޫނޭ 2021 ގައި ބުނީ ކޮވިޑް ކުޑަކުދިން ނަށަސް ޖެހެޔޯ، ކަލޭމެން ހަދަނީ ހަމަ ހުސް ދޮގު 1980 ގައި ޢޭޑުސް ބަލި ފެނިގެންވެސް ދެއްކީ މިޒާތުގެ ދެއުޅިޔެއް ނުވާ ދޮގުވާހަކަ މީހުން ނަފުސާނީގޮތުން ހަލާކުވީ !

  2. ޙހހހ

    ދައުލަތުން ތި ދަރުބާރުގޭގައި ތިބޭ ފަރާތްތަކަށް 500 ރ ގެ އިލެވެންސް ދޭހާ ހިނދަކު ތި ވޭރިއަންޓް މަރެއް ނުވާނެ