ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ހީނަރުކަމުންް އަރައިގަތުމަށް ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.

ރާއްޖެއަށް ޕާކިސްތާން ސަރުކާރުގެ ފަރާތުން 386،432 ޑޮލަރު (ފަސް މިލިއަން ނުވަލައްކަ ފަންސާސް އަށްހާސް ހައްސަތޭކަ އައްޑެހަ އެއް ރުފިޔާ ސާޅިސް ހަތަރު ލާރި) ގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ ޢަބްދުﷲ ޝަހިދަށް ފައިސާ އެހީގެ ރަމްޒީ ޗެކް ދެއްވީ ޕާކިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރުއެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މާޗް 2020 ގައި ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ފަންޑެކެވެ.

ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީދެއްވައިގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ތި ދިން މީހާގެ ޖީބަށް ތި ވަންނާނީ. އަދި ތިހެން ލިބުނު އެއްވެސް އެހީއެއް ރައްޔިތުންނަކަށް ނުލިބޭ!

  1
  1
 2. ސުބަރަމާނިއަމް

  ތިޔައެހީ މިއިންދުވަހަކުވެސް ރަށްޔަތުންނަކަށް ނުފެންނާނެ އިންކަމްސަޕޯޓުވެސް ފޯމުހުރި ހުރިހާއެންމެންނަށް ދިންކަމަށް ބުނީވެސް އޮޅުވާލަންވެގެން ހިތުން މިވެރިން ހީކުރަނީ ރަށްޔަތުންތިބީ ދެބަންދިހާރުވެފަކަމަށް .

 3. މޯދީމޯ

  ޕާކިސްތާނުން ތިދިން ދީލަތިއެހީ ބަލައިގަތުމަށް މޯދީ ބޭބެ ޤަބޫލުވޭތަ؟