ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނެރުއްވި އަމުރުގައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއް ދޫކޮށްލުމަށް އަންގާފައެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަހުމީ އަލީ، ޔާސީމް އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުފާނު ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން މިހާތަނަށް އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ހަމަލާއާއި ގުޅުން ހުރި އަށް މީހަކު މިހާތަނަށް ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ. އެހެން ނަމަވެސް ފުލުހުން އެ ހުރިހާ އެންމެންގެ ވަނަވަރެއް ހާމަ ކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނަވަރު ހާމަ ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯހަލާކު

    މިހާރު ކަމަކީ ޑުކުރުން ، ހައްޔަރު ކުރުން ، އުންސުރު ، އިސްތިއުނާފް ، ނަޝީދު ، ސޮދަޣައްﷲ ހުލް ޢަލީން، ކިހާ ދެރަވަރު ކަމެއް މީ؟

    2
    1
  2. Anonymous

    ފުލުހުން ބުނީ އެއީ ހަމަލާ އާއި ގުޅުން ހުރި ބައެއް ނޫން ކަމައް. ހިއެއް ނުވޭ އެއިން އެކަކުވެސް ހަމަލާ އާއި ގުޅުން ހުރިކަމަކައް. އިލްޔާސް ލަބީބާއި ލާދީނީ އެމްޑީޕީއިން ފަންޑު ކުރީ.