ދަތުރުކުރާ ކުޑަކުދިން ކަރަންޓީން ވާން ނުޖެހޭ ގޮތައް ސަރުކާރުން އުސޫލު ބަދަލު ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ދެންމެ ވިދާޅުވީ 18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު ދަތުރުކުރެވޭނެ ކަމަށެވެ.

ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމެއްނެތި ދަތުރު ކުރެވޭ ގޮތައް މިއަދު އުސޫލު ބަދަލު ކުރިއިރު ކުޑަކުދިން ދަތުރު ކުރާނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެނިންމުމުގެ ސަބަބުން ކުޑަކުދިންނަށް މައިންބަފައިންނާއިއެކު ދަތުރު ކުރުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ. އެހެންވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.

ފާޑުކިޔުން އަމާޒުވުމުން އުސޫލު ބަދަލުކުރިއިރު ފުރަތަމަ އުސޫލު އިއުލާން ކުރިތާ އަދިވީ ހައެއްކަ ގަޑިއިރެވެ.

ދަތުރުކުރުމުގައި ދިން ލުއިތައް އިއުލާނުކޮށް ދެންމެ ގެޒެޓްކުރި ލިޔުމުގައި ބުނެފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރް ނަތީޖާއެއް އޮތް ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ކުޑަކުދިންނަށް ދިނުމަށް ފައިޒާ ވެކްސިން މިހާރު ބައެއް ގައުމުތަކުގައި ދެމުން އެބަ ގެންދެއެވެ. އަދި ސިނޮފާމް ވެކްސިން ވެސް އަންނަނީ ކުޑަކުދިންނަށް ދިނުމަށް ތަހްލީލް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރަދީފް ހުސެން

  ކިޔޭ ނުކިޔޭ އެބައެނގޭތަ, މީވާ ސަރުކާރެއް

  7
  1
 2. ފިޔަވަޅު

  ތި ހުރިހާ އެއްޗެއް ނުކިޔަ އެއްކޮށް ދޫކޮށްލައިފީމޭ ބުނަންވީނު .
  އެކަމް މާދަމާ ކަރަންޓީން މުއްދަތު 14 ދުވަސް ހަމަވާމީހާ ވެްް ނިކުމެވޭކަޘް ނެއް މިމީހުން އައިސް ޓެސްޓް ކޮށް ނަތީޖާ ނޔލިބެނީހެއް.
  އަޖައިބެއްނު .
  މާދަމާ ރާއްޖެ އަންނަ މީހުންނަށްށޯ 7 ދުވަސް ކަރަންޓިނު މިއޮތީ .
  ކުރިން އައި މީހާ 18 ދުވަސް ވިޔަސް ނުނިކުމެ އޮންނަންވީ މިމީހުން ޓެސްޓް ކުތަން އައި ދުވަހަކުން ޓެސްޓްކޮށް ނަތީޖާ ލިބެންދެން .
  ލުއިދޭންވެސް ދަސްކުރަން ވެއްޖެ ދޯ މިހާރު .

 3. ފިޔަވަޅު

  ޢަނެއްކާ މީގަ ހެއްވާ ކަމަކީ ކުޑަކުދިން ކޮވިޑަށް އެނގޭތީ.
  މިހާރު ދހެނ ކޮނ ފިޔަވަެއްތަ މި އަޅަނީ .
  ޙުރިހާ ފިޔަވަޅެއް އުވުނީއެއް ނުންތަ މި

 4. ލުއިދިން ސަރުކާރު

  ގަވާއިދެއް ހަދާފަ ނެރޭއިރުވެސް މި ކިޔެނީ ކީކޭކަމެއް ނޭނގެ. ރައްޔިތުން އެއްޗެހި ގޮވަނީ ގޮވަންވެގެން. ކޮންމެ ކަމަކުން ފެއިލް.

  6
  2
 5. އިނާ

  ހުވާ މިބުނީ ތަމެން ތި އުޅެނީ ކޮވިޑު ފަތުރާނެ ގޮތެއް ނޭނގިގެން... އަަތަށް ނުގޮވިއްޔާ ކިތަންމެ ހާ ވެސް ރަނގަޅު..

 6. ޒިންމާ

  ޒިންމާދާރު ކައުންސިލްތަކަށް.
  މިލުއިތައް މި ދެވެނީ މާލެ ސަރަހައްދުން ކޮވިޑްގެ ކޭޝްތައް ނައްސިވުން މަދުވުމާއިގުޅިގެން... އަދި ކަރަންޓްބިލުންވެސް ފެންބިލުންވެސް ސަބްސިޑީ މި ލިބެނީ މާލެއަށް ކޮވިޑްގެ ނުރައްކާ ބޮޑުވުމާއިގުޅިގެން އެތަށް ރަށެއް ކޮވިޑްބަލި ފެތުރި ދެމަސް ތިންމަސްވެގެން ދާއިރުވެސް ރައްޔިތުންނަށް އެތަށްގުނައަކަށް ދަތިވެގެންދާއިރުވެސް ކަރންޓްބިލުން އަދި ފެންބިލުންވެސް ހައިރާތެއްނެތް. އަދި ވަރަށް އާދޭހާއެކު ކައުސިލްތަކަށް ދަންނަވަން. އެރަށެއްގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ގަވައިދުތަކެއްހަދާ ރަށަށް އަންނަ މީހުންގެ މައުލޫމާތު މޮނިޓަރކޮށް ކައުންސިލްއަށް އެނގިގެން ނޫން ގޮތަކަށް ރަށަށް އެރުން

 7. ރަށުމީހާ

  ރައްކާވެ ތިބިއްޔާ ދަތުރެއް. ސަރުކާރުން ލުއިތަކެއް ދިނުމުން. ރަށައްއަހިސް ބަރުވެގެން ނުދާނެގޮތަކަށް ކައުންސިލްތަކުގެ ގަވައިދުތަކެއް ހަދާ ޓާސްކް ފޯސް ޑެސްކެއް ބެހެއްޓުން ރަގަޅު.. ރަށަށް އަރާމީހުންގެ މައުލޫމާތު ބަލާ ޗެކްކުރުމަށް.

 8. ގިރާވަރު

  އުމުރު ބަލާތަ މިއުޅޭ ކޮވިޑް އުމުރު

 9. ޢަލީ ޢާމިރު

  ޤަވްމެއްގެ އިސްމަޤާމަކަށް އަންހެނަކު އިސްކުރީމަ ވާނެ ހައެތި މިވަނީ، ދޮންމީހުން ކަންކަން ކުރާގޮތައް ކޮންމެ ކަމެއްކުރަން އުޅެގެން އޮޑި ފަރަށް އަރާނީ، އިސްލާްދީނަކީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ފަރާތުން ބާވާލެއްވި ދީނެއް، އެ ދީނުގެ ތަރަހާގެ މަތީގައި ވެރިކަން ހިންގުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން މެނުވީ އަމާން އައްސޭރިއަކަށް އޮޑި ނުދާނެ، މަޤާމުތަކަށް ކުފޫ ހަމަވާ މީހުން އައްޔަންކޮށްބަ؟؟