ސެކުއިރިޓީ ނިޒާމާއި އިންޓެލިޖެންސްގެ ނިޒާމު ހަރުދަނާ ކުރަން ފެންނަ 45 ހުށަހެޅުމެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގި އިންކުއަރީގެ ރިޕޯޓް އެކުލާވަލައި ނިންމައި ކޮމިޓީން ފާސްކޮށްފިއެވެ.

241 ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ރިޕޯޓް ފާސްކުރީ އެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 13 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިންކުއަރީއަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެން އެމަނިކުފާނުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގި އިންކުއަރީއަކީއެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނެއެވެ.

އިންޓެލިޖެންސްއާއި ކައުންޓަ ޓެރަރިޒަމަށް ހުރި ހުށަހެޅުންތައް

 1. ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިންޓެލިޖެންސް ރައްކާތެރި ކަމާ އެކު ބަދަލު ކުރެވޭ ނިޒާމު އަދި އޮނިގަނޑު ވީހާވެސް އަވަހަކަށް ފާސްކޮށް އެއަށް އަމަލު ކުރަން ފެށުން
 2. ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފްއާއި ފުލުހުންގެ ޚިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެ މެދުގައި ޚިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމްއެއް ވީ އެންމެ އަވަހަކަށް އެކުލަވާލުން
 3. އިންޓެލިޖެންސް އެއްކުރުމާއި ބެލެހެއްޓުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާ އެކު ބަދަލު ކުރެވޭނެ ގޮތަށް އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލުން ވަކިކޮށް ބަޔާން ކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުން
 4. ޓެރަރިޒަމް ގާނޫނުގައި އިދާރާތަކަށް ހަވާލުކޮށްފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށް އެ މަސައްކަތްތަކުގެ އޮޑިޓެއް ހެދުން އަދި އޭގައި އިދާރާތަކުގެ ގާބިލްކަން ދެނެގަތުމާއި ބަޖެޓުން ކުރެވޭ ޚަރަދާއި ނެރެފައިވާ ނަތީޖާ ބެލުމަށް ފަހު ބަޖެޓް މުރާޖައާ ކުރުން
 5. ހަރުކަށި ފިކުރު ފެތުރުނަ ނުދޭން، އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާގައި ހިމެނޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރުން
 6. އެމްއެންޑީއެފްއާއި ފުލުހުން މަޝްވަރާކޮށް ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ނޭޝަނަލް ސެކުއިރިޓީ އެޑްވައިޒަރެއް އައްޔަން ކުރުން
 7. ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުނަ ނުދޭން ކުރާ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު ހަރުދަނާކޮށް ތަންފީޒުކުރުން
 8. ކައުންޓަ ޓެރަރިޒަމްގެ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ޑޭޓާ ހޯދުމުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް މުރާޖައާކޮށް އެ މަސައްކަތްތަކަށް ހައްލު ހޯދުން.
 9. ހަނގުމާވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލެއް ހިންގައިފި ހާލަތެއްގައި، އެމްއެންޑީއެފްއާއި ފުލުހުން އެކުމުގައި މަސައްކަތް ކުރަންވީ ގޮތުގެ އުސޫލު ސާފުކޮށް ބަޔާން ކުރުން
 10. ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަ ޓެރަރިޒަމްގެ ދައުރު ފުޅާކޮށް މުވައްޒަފުންނާއި ވަސީލަތްތައް އިތުރު ކުރުމާއި އެކަށޭނަ ބަޖެޓެއް ދިނުން
 11. ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިންގެ ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުން
 12. އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަން ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަދާހަމަ ކުރުން
 13. ރައީސް ނަޝީދުގެ ބޮޑީގާޑުން ކަމުގައިވާ ސާޖެންޓް އިލްހާމް އާދަމް، ޕްރައިވެޓް މުހައްމަދު ރިޝްވާން، ކޯޕަރަލް މުހައްމަދު ނިޔާޒްގެ މަސައްކަތް ގައުމީ ފެންވަރުގައި ފާހަގަކުރުން
 14. އިންޓެލިޖެންސްގެ ދާއިރާއަށް ޒަމާނީ ކުރިއެރުން ގެނެސްދޭން، އެނަލިިސިސް މަސައްކަތްތަކާއި އެއް ފަހަރާއި ގިނަ މައުލޫމާތު ރައްކާ ކުރެވޭނެ ބޮޑެތި ޑާޓާ ސިސްޓަމްތަކާއި އާޓިފިޝަލް އިންޓެލިޖެންސްއާއި ފޭޝަލް ރެކޮގްނިޝަންގެ ޒަމާނީ ވަސީލަތްތައް ހޯދުން
 15. އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި ހައިބްރިޑް ތްރެޓް އެންވަޔަރަމަންޓްގައި މަސައްކަތް ކުރުމަށް ޓަކައި ސެކުއިޓީ އެނަލިސިސްގެ ދާއިރާއިން މީހުން ބިނާ ކުރުން
 16. ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރަން ޚަރަދު ކުރާ މީހުނާއި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ޑޭޓާބޭސްއެއް ނުވަތަ ވޮޗްލިސްޓްއެއް ގާއިމް ކުރުން
 17. ހަރުކަށި ފިކުރު ފަތުރާ މީހުން ސިސްޓަމަށް ފްލެގް ވުމަށް ފަހު، ހުރިހާ އިދާރާއެއް މެދުގައި މި މީހުންގެ ތަހުގީގު މަރުހަލާ، ޝަރުއީ މަރުހަލާ، ބަންދުގެ މަރުހަލާ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން
 18. ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅޭ ކަންކަން ޚިއްސާ ކުރުމާއި ޝަރުއީ ނިޒާމުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަށް މި ދާއިރާއާ ގުޅޭ ތަމްރީންތަކެއް ދިނުން
 19. ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް ފާހަގަ ކުރެވޭ ހިސާބުން ފެށިގެން އެ މީހުން ރިހެބިލިޓޭޓް ކުރުމުގެ ކަންކަން ފެށި އެ މަރުހަލާ ނިމެންދެން އަމަލު ކުރާނެ ގޮތުގެ ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒު ކުރުން
 20. ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް ފާހަގަކޮށް، ހިންގާ ރެހިބިލިޓޭޝަންގައި ބައިވެރިވާ އެފަދަ ފަރާތްތަކުގެ ވިސްނުން މޮނިޓާކޮށް، ވިސްނުމުގެ މައްޗަށް އެ ފަރާތްތައް ގިންތިކޮށް ވަކިވަކި ޕްރޮގްރާމްތައް ހިންގުން
 21. ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހްތިސާސްތައް މުރާޖާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުން
 22. ހަރުކަށި ފިކުރުގެ މީހަކު ފާހަގަވުމުން ރިޕޯޓް ކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް އާންމުންނަށް ސާފުކޮށް އޮޅުން ފިލުވައިދިނުން
 23. ސޯޝަލް މީޑީއާ މެދުވެރިކޮށް ހަރުކަށި ފިކުރުގެ ވިސްނުމަށް ބާރު އަޅައި ހުށަހެޅުންތައް ދެމުންދާ މީހުންތައް ދެނެގަނެ އެ މީހުނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުން
 24. ސަލާމަތީ ޚިދުމަތްތަކުގެ އިދާރާތަކުގައި މަސައްކަތް ކުރާ ފަންނީ ފަރާތްތަކަކީ އެފަދަ ދާއިރާތަކުގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތައް ކަން ކަށަވަރު ކުރުން
 25. ހަރުކަށި ފިކުރަށް މަގުފަހި ވެދާނެ ގޮތަށް ތައުލީމީ ނިޒާމުގައި ހިންގާ އެކި ކަންކަން ދެނެގަނެ އެފަދަ އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން
 26. ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ގޮތް ދެނެގަނެ، ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރަން ޚާއްސަ އިންތިޒާމެއް ހަމަޖައްސައި ބެލެހެއްޓުން
 27. ޖަލުގައި ހިންގާ ޕްރޮގްރާމްތަކުގައި ދީނީ ހަރުކަށި ފިކުރުގެ ފަލްސަފާ ފަތުރާ މީހުން ދަރުސް ދިނުމުގައި ބައިވެރިނުވާ ކަން ކަށަވަރު ކުރުން
 28. ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުން
 29. މި އިންކުއަރީގައި މަގާމުގެ ޒިންމާ އަދާ ކުރުމުގައި އިހުމާލުވި ކަމަށް ފާހަގަކުރެވުނު ފަރާތްތަކާ މެދު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފަރާތްތަކަށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުން
 30. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްއާއި އެހެން އިންޓެލިޖެންސް އިދާރާތަކާއެކު މަސައްކަތް ކުރެވޭނެ ގޮތަށް އަދި ބައިނަލް އަގްވާމީ އެންމެ ރަނގަޅު އުސޫލުތައް ހިމެނޭ ގޮތަށް އެ ޔުނިޓްގެ އޮނިގަނޑު މުރާޖައާ ކުރުން
 31. ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރާ ހުރިހާ އިދާރާތަކެއް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދައި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުން
 32. މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފާސްކުރިތާ ހަތް އަހަރުވެގެން ދިޔައިރު ވެސް ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާއިރު ޒަމާނީ އުސޫލުތައް ހިމެނޭ ގޮތަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން
 33. މަނީ ލޯންޑްރިންނާއި ޓެރރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އިދާރާތަކަށް ހުރި ހުރަސްތައް އަދި ގާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަންނަން ގައުމީ ފެންވަރުގައި ހިރާސް އެސަސްމަންޓްއެއް ހެދުން
 34. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރު ކުރުން
 35. އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ މައުލޫމާތުތައް ޕްރޮސެސް ކުރަނީ މެނުއަލްކޮށް ކަމުން، މި ކަމަށް ބޭނުންވާ އޮޓޯމެޓޭޑް ޓޫލްސްތައް ހޯދަން ބަޖެޓް ފޯރުކޮށްދިނުން

ނަޝީދުގެ ސެކުއިރިޓީއަށް ހުރި ހުށަހެޅުންތައް

 1. ނަޝީދުގެ ތްރެޓް ލެވެލްއާ އެއްވަރަށް ސެކުއިރިޓީ ފޯރުކޮށްދިނުން
 2. ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ތްރެޓް އެސަސްމަންޓްތަކަށް ފަހު ދެވޭ ހުށަހެޅުންތައް ތަންފީޒު ކުރުން
 3. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގެ ހުރިހާ މެންބަރުންނަށް ގަވާއިދުން ތަމްރީންތައް ދިނުން
 4. ނަޝީދު ގޭގައި އުޅުއްވާ ވަގުތާއި ބޭރުގައި އުޅުއްވާ ވަގުތު ވެސް ގާޑުން ހަތިޔާރާއެކު ތިބުން
 5. ނަޝީދުގެ ގެކޮޅުގެ ސަރަހައްދު ސިސީޓީވީން މޮނިޓާ ކުރުން
 6. ނަޝީދުގެ ގެކޮޅުގެ ކްލޯސް ޕްރޮޓެކްޝަން ޕްރޮސީޖާ ކަނޑައަޅައި އެއަށް ގާޑުން ތަމްރީން ކުރުން
 7. ނަޝީދަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުން
 8. ނަޝީދުގެ ކާރުކޮޅަކީ ސްޓެންޑަޑް އާމަން ކާރުކޮޅެއް ކަން ކަށަވަރު ކުރުން
 9. ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމުގައި އީއޯޑީ ތަމްރީން ހުރި ފަރާތްތައް ހިމެނުން
 10. ނަޝިދުގެ ކްލޯސް ޕްރޮޓެކްޝަން ޓިމުގެ ފަރާތްތައް އަހަރަކު އެއް ފަހަރު މުރާޖައާ ކުރުން

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނާޝިޒް

  އިންތިހާބަކާ ނުލައި ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް އައީ ދޯ.. މީ މިކަލޭގެ މަކަރުވެރިކަމަކީ...

 2. ހިޔަޅު

  ހިޔަޅުގެ ބުއްދީގައި ހަދާފައި އޮތް ރިޕޯޓެއް. ހަރުކަށި ފިކުރު އުފެދެނީ ލާދީނީ ފިކުރުގެ ސަބަބުން. ލާދީނީ ފިކުރު ހުއްޓުވާލުމުން ހަކުރަށި ފިކުރަށް އޮތް ފުރުޞަތު ހަނިވެގެންދާނެ. އޭގެ އެއްވެސް ވާހަކައެއް ނެތްތާނގައި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާގެ ފެންވަރުގެ ސެކިއުރިޓީ ދޭން ހަދާފައި އޮތް ރިޕޯޓެއް.

 3. ސސ

  އަސްލަމާގެ ބޮޑު ގޮހޮޑާ ވާހަކަ ނެރެލައިފި ، ދެން އެވާހަކަ މީޑިޔާތަކުގައި ކިޔާލަ !

 4. ނނ

  އެންމެ ކަށި ހަރު މީހުންގެ ހަރުގެޔަކީ ތިޔަމަޖިލިސް ތިޔަތާގައި ގިނައީ ބޭރުން ފަންޑުކުރާ ކަށި ހަރު މީހުން ، ތިމީހުން ރިހިބިލިޓޭޓް ކުރަން ޑރ ޢިޔާޒު އާއި ހަވާލު ކުރަންޖެހޭ 6 މަސް ދުވަހުގެ ކޯސްހިންގަން !